Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

ޕްރެސްޓަން ނޯތު އެންޑް ބަލިކޮށް ޓޮޓެންހަމް ފަސް ވަނަ ބުރަށް

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2023 | އާދީއްތަ 06:50
ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕްރެސްޓަން ނޯތު އެންޑް ބަލިކޮށް ޓޮޓެންހަމުން މުބާރާތުގެ ފަސް ވަނަ ބުރަސް ދަތުރުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި އެ ޓީމުގެ ތިން ލަނޑު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ސައުތު ކޮރެއާގެ ސޮން ހެއުން މިން އެވެ. އެއީ އެ ޓީމުގެ ޓަންގަންޑާ ދިން ބޯޅައެއް އޭރިޔާ ބޭރު ހުރެ ގޯލަށް ފޮނުވާލައިގެން ސޮން ކާމިޔާބުކޮށްދިން ލަނޑެކެވެ. ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ވެސް ޖެހީ ސޮން އެވެ. އެއީ މެޗުގެ 69 ވަނަ މިނެޓުއި އިވާން ޕެރިސިޗް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖެހީ އާނައުޓް ޑަންޖޫމާ އެވެ. އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާ ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތެއްކަން ކުޅުންތެރިން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން މެޗުގައި ވެސް ފެނުނީ ޓޮޓެންހަމްގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅެފި ނަމަ، އެ ޓީމާ ދެކޮޅަށް ކުޅެން އިދިކޮޅު ޓީމަށް އުނދަގޫވާ މަންޒަރު ކަމަށެވެ. އިތުރަށް ކޮންޓޭ ބުނީ އަމާޒަކީ ރަނގަޅު ކުރަން ހުރި ކަންކަމާއެކު ކުރިއަސް ދިޔުން ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު