Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލަންޑްގައި ފެން ބޮޑުވުން

އޯކްލަންޑްއަށް މޫސުމީ ކާރިސާއެއް ކުރިމަތިވެ 3 މީހުން މަރުވެއްޖެ

ފާއިތުވި އެއް ދުވަހުގެ ތެރޭގައި 249 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ޖެނުއަރީ 2023 | ހޮނިހިރު 10:18
ނިއުޒިލަންޑްގައި ފެންބޮޑުވި އެއް ސަރަހައްދު

ނިއުޒިލަންޑްގައި ފެންބޮޑުވި އެއް ސަރަހައްދު

ނިއުޒިލަންޑްގެ އެންމެ ބޮޑު ސިޓީކަމަށްވާ އޯކްލަންޑަށް ބޯކޮށް ވާރޭވެހި، ބޮޑު ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި ތިން މީހުން މަރުވެ އެހެން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ހުކުރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށް، އަދި އޯކްލަންޑްގައިވާ ނިއުޒިލަންޑްގެ އެންމެ ބޮޑު އެއަރޕޯޓްވެސް ވަނީ ބަންދުކޮށްފައެވެ. 1.6 މީހުންގެ އާބާދީއެއް އޮންނަ އޯކްލަންޑަށް ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭ 249 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ރިކޯޑްތަކުން ދައްކާގޮތުގައި މިއީ އެންމެ ގިނައިން ވާރޭ ވެހުނު ފަހަރު ކަމަށްވެސް ވެއެވެ. މީގެ ކުރިން އެންމެ ގިނައިން އެހިސާބަށް ވެހިފައިވަނީ 161 މިލިމީޓަރުގެ ވާރޭއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ދެހަށިގަނޑު ފެނިފައިވަނީ އުތުރުގެ ރަށްފުށުގެ ހިސާބުގައި ފެންބޮޑުވި ސަރަހައްދުގައި އޮޔާ ދަނިކޮށެވެ. މަރުވި ކަމަށް މައުލޫމާތު ލިބުނު ތިންވަނަ މީހާގެ ހަށިގަޑު ފެނިފައިވަނީ ދެކުނުގެ ސަރަހައްދަކުންނެވެ.

އޯކްލަންޑްގެ އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން ރަގަޅަށް އަދި ސާފުވާނީ ހޮނިހިރު ދުވަހުގެ ފަހުންނެވެ. ކުއްލިއަކަށް ވެހިގަތް ބޯ ވާރޭގެ ސަބަބުން އޯކްލަންޑްގެ ގިނަ މަގުތަކެއް ކޯރުތަކަކަށް ބަދަލުވިކަމަށާއި، އަދި އެއާޕޯޓްގެ ގިނަ ޓަރމިނަލް ތަކުގައިވެސް ތަނބިކައްޓާ ހަމައަށް ފެންބޮޑުވެފައިވާތީ އެއަރޕޯޓްގެ މަސައްކަތްތައްވެސް ހުއްޓި، ފްލައިޓްތައް ކެންސަލްކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. ބޮޑު ސަރަހައްދަކުން ކިސަޑު ދެމިގެންގޮސް ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އޭއެފްޕީންވެސް ރިޕޯޓްކޮށްފައިވާގޮތުގައި ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރު ވަންދެން އޯކްލަންޑް އެއާޕޯޓަށް އެއްވެސް ފްލައިޓެއް ޖައްސައި އަދި އެތަނުން ބޯޓެއް ފުރާފައެއްނުވެއެވެ. އަދި ހުކުރު ދުވަހުގެ ރޭ އެކަނިވެސް 12 ވަރަކަށް އިންޓަރނޭޝަނަލް ފްލައިޓް އެހެން ތަންތަނަށް ފޮނުވާފައިވެއެވެ.

ފެންބޮޑުވި ސަރަހައްދު ބައްލަވާލެއްވުމަށް އައު ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވަޑައިގަންނަވަން އޮތް ދަތުރުފުޅުވެސް، މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. ނަމަވެސް ހާލުގައި ޖެހުނު މީހުންނަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ހާލަތު ވަރަށް ގާތުން ބައްލަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.  

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު