Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް ނަޝީދު ވޯޓް ލައްވައިފި

ރައީސް ނަޝީދު ވޯޓް ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓް ފޮއްޓަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖެނުއަރީ 2023 | ހޮނިހިރު 06:42
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓް ލައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރައީސް ނަޝީދު ވޯޓް ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓް ފޮއްޓަށެވެ. އެމަނިކުފާނު ވޯޓް ލެއްވުމަށްފަހު، މީޑިއާ ބައްދަލު ކުރައްވައި ވާހަަކަފުޅު ދައްކަވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00އާ ހަމައަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެއެވެ.

އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާފައިވާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާނެކަމަށް އެ ޕާޓީން މައުލޫމާތުދީފައިވެއެވެ.

އެމްޑީޕީން ބުނެފައިވާގޮތުގައި މި ޕްރައިމަރީގައި ވޯޓުލުމަށް މާލޭ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓާނީ; ސީއެޗްއެސްސީއާއި އަމީނިއްޔާ ސްކޫލާއި، ގައުމީ ޔުނިވަރސިޓީގެ މެއިން ކެމްޕަހާއި އިސްކަންދަރު ސްކޫލާއި، ހިރިޔާ ސްކޫލާއި، ފެކަލްޓީ އޮފް ހެލްތު ސައިންސާއި، އިމާދުއްދީން ސްކޫލާއި، މާފަންނު މަދުރަސާއާއި، އިއްޒުދީން ސްކޫލާއި، ތާޖުއްދީން ސްކޫލާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، މުހްޔިއްދީން ސްކޫލް އަދި ރެހެންދި ސްކޫލުގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު