Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެއްކާބެހޭ ޤާނޫނު

ޝަރީއަތް ކުރުމާބެހޭ ނިޒާމު ފުރިހަމަވެގެން ދަނީ ހެއްކާބެހޭ ޤާނޫނާއެކު: ޕީޖީ

24 ޖެނުއަރީ 2023 | އަންގާރަ 07:46

ޖިނާއީ މައްސަލަތަކުގައި ސާބިތު ކުރުމުގެ މިންގަނޑު ތަފާތު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖެނުއަރީ 2023 | އަންގާރަ 07:46
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޝަރީއަތް ކުރުމާބެހޭ ނިޒާމު ފުރިހަމަވެގެން ދަނީ ހެއްކާބެހޭ ޤާނޫނާއެކުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ހެއްކާބެހޭ ޤާނޫނަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރާ މަސައްކަތުގެ މައިގަނޑު އެއް ވަސީލަތް ކަމަށެވެ.

Advertisement - newsAdvertisement

މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ދިމާވަމުން ދިޔަ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓަށް ހުށައަޅާ ހެކީގެ ތެރެއިން ބަލައިގަނެވޭނެ ހެއްކާއި، ބުރަދަން ދެވޭނެ ހެއްކާއި، ހެކި ބަލައި ނުގަންނަ ނަމަ ދެން އަމަލު ކުރަންވީ ގޮތާއި، އެކަންކަމާ ގުޅޭ ތަފްސީލުތައް ޤާނޫނެއްގައި ބަޔާންވެފައި ނެތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ މައްސަލަތަކުގައި ސާބިތު ކުރުމުގެ މިންގަނޑު ތަފާތުކަން ފާހަގަ ކުރައްވައި ޝަމީމް އިތުރަށް ވިދާޅުވީ، އެ މިންވަރަށް ސާބިތު ކުރަން ބޭނުންކުރާ އެއްޗަކީ ހެކި ކަމަށާއި، މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ އެ ހެކި ހުށައަޅާނެ ގޮތުގެ ތަފްސީލުތައް ނެތި ކަމަށެވެ.

2008 ވަނަ އަހަރުގައި ޤާނޫނު އަސާސީއިން ޖިނާޢީ އަދުލުގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން މައިގަނޑު ބޮޑު 3 ޤާނޫނެއް މިހާރު ވުޖޫދުވެގެން އައިސްފައިވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ފުރަތަމަ ޤާނޫނަކީ ޕީނަލް ކޯޑް ނުވަތަ ޤާނޫނުލްއުޤޫބާތު ކަމަށެވެ.

އަދި ދެވަނަ ޤާނޫނަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ކަމަށާއި، ތިންވަނަ ޤާނޫނަކީ ހެއްކާބެހޭ ޤާނޫނުކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މިހާރު މި 3 ޤާނޫނުވެސް ވުޖޫދަށް އައިސްފައިވާއިރު، ޝަރީޢަތްކުރުމާބެހޭ ނިޒާމު ފުރިހަމަވެފައިވާކަމަށެވެ. އެއީ ވަރަށް ބޮޑު ބަދަލެއް މުޅި ނިޒާމަށް އަންނާނެ ކަމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރު ޝަރުޢީ މަރުހަލާގައި ދިމާވާ ގިނަ ކަންކަމަށް ޙައްލު ހޯދޭނެ ގޮތްތައްވެސް ހެއްކާބެހޭ ޤާނޫނުން ފަހިކޮށްދީފައިވާ ކަމަށެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މިޤާނޫނު ގެޒެޓު ކުރެއްވީ 18 ޖުލައި 2022 ގައެވެ. ޢަމަލުކުރަން ފަށާން އޮތީ، އޭގެ 6 މަސްދުވަސްފަހުން، 18 ޖަނަވަރީ 2023 ގައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް