Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލްތައް އަޕްގްރޭޑްކުރުން

5 ސްކޫލެއްގެ އަޕްގްރޭޑިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އޮމަދޫ ސްކޫލުގައި 20 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޖެނުއަރީ 2023 | އަންގާރަ 02:10
އޮމަދޫ ސްކޫލްގެ މަސައްކަތް ހަވާލުކުރުން

އޮމަދޫ ސްކޫލްގެ މަސައްކަތް ހަވާލުކުރުން

އަތޮޅުތެރޭގެ 5 ސްކޫލެއްގެ އަޕްގްރޭޑިން މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެއީ ތ. އޮމަދޫ ސްކޫލާއި، ތ. އަތޮޅު މަދަރުސާ، ފ. ބިލެއްދޫ ސްކޫލް، ފ. އަތޮޅު މަދަރުސާ އަދި ށ. މަރޮށި ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހޯމަ ދުވަހު މި ސްކޫލްތަކުގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މިގޮތުން ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތާއި މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫންއެވެ.

މީގެ އިތުރުން ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމް އިމާރާތާއި، ހެލްތް ރޫމް އަދި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މިއީ 9.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

ފ. ބިލެއްދޫ ސްކޫލް އަދި ފ. އަތޮޅު މަދަރުސާގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. އަދި އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޢަބްދުﷲ ސައީދެވެ.

ފ.ބިލެއްދޫ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތަކީ 2,385,299.93 ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 95 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ފ.އަތޮޅު މަދަރުސާ ސައިންސް ލެބް އިމާރާތުގެ މަސައްކަތުގެ އަގު 2,320,227.59 ރުފިޔާއަށް އަރާއިރު މި މަސައްކަތް 95 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެ އިތުރުން ށ. މަރޮށި، މުނައްވަރާ ސްކޫލްގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އިބްރާހިމްއެވެ.

މިއީ 2.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 145 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މިއީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު