Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ރިހެބިލިޓޭޝަން

މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަޙައްދެއްގައި ފެށޭނެ: އެންޑީއޭ

23 ޖެނުއަރީ 2023 | ހޯމަ 08:29

ޑިޓޮކްސިފިކޭޝަނަށް ބޭނުންވާ ބޭސްވެސް މިހާރު ބަރާބަަރަށް ލިބެމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2023 | ހޯމަ 08:29
ނޭޝަނަލް ޑްރަގް އޭޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ނޭޝަނަލް ޑްރަގް އޭޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަޙައްދެއްގައި ފެށޭނެކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޭޖެންސީގެ ސީއީއޯ އިމާދު ސޯލިޙު ވިދާޅުވީ، މިދިޔަ 3 މަސް ދުވަހުގެ ތެރޭގައިވެސް އެ އޭޖެންސީން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިމާދު ވިދާޅުވީ، ކ ހިންމަފުށީގައި ހިންގަމުންދިޔަ އަންހެނުންގެ ރިހެބިލިޓޭޝަން ސަރވިސް މިހާރު ހުޅުމާލޭ ހާފްވޭ ހައުސްގެ ޚިދުމަތަށް ގުޅުވާލެވިފައިވާ ކަމަށާއި، މިވަގުތުވެސް 6 ކްލައިންޓުން އެބަތިބި ކަމަށެވެ.

އޭގެ އިތުރުން، އައްޑޫ ހުޅުމީދޫގައި މި ސަރުކާރުން ޤާއިމުކުރި ސެންޓަރަކީ ޒަމާނީ ވިސްނުމަކާއެކު ބިނާކުރެވުނު ސެންޓަރެއްކަން ފާހަގަ ކުރައްވައި އިމާދު ވިދާޅުވީ، އެ ސެންޓަރުގައި އަލަށް ތައާރަފު ކުރަން ޖެހޭ ޕްރޮގްރާމްތައް ތައާރަފް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރުން، މެތަޑޯން ޑިސްޕެންސް ޕްރޮގްރާމެއް މުޅިން އަލަށް ހޯމަ ދުވަހުން ފެށިގެން ފެށިފައިވާ ކަމަށާއި، ވެއިޓްލިސްޓް ކުރެވިފައިވާ ތަރުތީބުން ފުރުސަތު ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޓޮކްސިފިކޭޝަނަށް ބޭނުންވާ ބޭސްވެސް މިހާރު ބަރާބަަރަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫގެ ޑިޓޮކްސް ސެންޓަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާއިރު، މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން 15 ކްލައިންޓުންގެ ބެޗަކާއެކު އަލުން ޑިޓޮކްސިފިކޭޝަންވެސް ފެށޭނެކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ކ ގުޅީގައި ހިންގަމުން ދިޔަ ސެންޓަރުގައި ދިމާވި ދަތިތަކާއި ގުޅިގެން އެ ތަނުގައި ތިބި ކްލައިންޓުން މިހާރު ހިންމަފުށީ ޕްރޮގްރާމްގެ ތެރެއަށް އެންރޯލް ކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅުގައި އެ ޕްރޮގްރާމް ހިންގިއިރު ގެންދެވުނީ 10 ކްލައިންޓުން ނަމަވެސް، މިހާރު އެ އަދަދު ދެގުނަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި މިއަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަޙައްދެއްގައި ފެށޭނެ ކަމަށާއި، އޭގެ ފުރަތަމަ ފިޔަވަހި ހދ ކުޅުދުއްފުށީގައި މިމަހު 26 ގައި ފެށޭނެކަމަށްވެސް އިމާދު ވިދާޅުވިއެވެ. އެގޮތުން އެންޑީއޭގެ މުވައްޒަފުން މިހާރު ކުޅުދުއްފުއްޓަށް ފޮނުވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2022 ވަނަ އަހަރު އެންޑީއޭއިން ވަނީ 727 ފަރާތެއްގެ އެސެސްމަންޓު ހަދާފައެވެ. އޭގެ ތެރޭގައި ޑްރަގް ކޯޓުގެ ޙުކުމާއި ގުޅޭ މީހުންނާއި، އަމިއްލައަށް އަންނަ ފަރާތްތަކާއި އަދިވެސް އިތުރު ފަރާތްތައް ހިމެނެއެވެ.

އޭގެ ތެރެއިން 694 މީހުންނަކީ ފިރިހެނުންނެވެ. 33 މީހުންނަކީ އަންހެނުންނެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރު 257 ފަރާތަކުން ވަނީ ފަރުވާ ފުރިހަަމަކޮށްފައެވެ. އޭގެ ތެރޭގައި 24 އަންހެނުން ހިމެނެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް