Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުކްލިއަރ ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ

ނިއުކްލިއަރ ހަނގުރާމައެއް ކުރަން ދުނިޔެ އަށް ވަރިހަމަވީތަ؟

21 ޖެނުއަރީ 2023 | ހޮނިހިރު 10:51

ހަމަ ކޮންމެ ފަދަ ދުވަހެއްގައިވެސް ނިއުކްލިއަރ އެކްސިޑެންޓެއް ހިނގާފާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޖެނުއަރީ 2023 | ހޮނިހިރު 10:51
އައިއޭއީއޭގެ ޑައިރެކްޓަރ ޖެނެރަލް ރަފައެލް ގްރޯއްސީ

އައިއޭއީއޭގެ ޑައިރެކްޓަރ ޖެނެރަލް ރަފައެލް ގްރޯއްސީ

ނިމިދިޔަ 2022 ވަނަ އަހަރަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށްފަހު އާ އާންމު ހާލަތުގައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޤައުމުތަކުން ތެދުވަން ފެށި އަހަރެވެ. އަހަރަށް ފެށުނުތާ މާ ގިނަ ދުވަހެއް ނުވެ، އިވެން ފެށީ ރަޝިއާގެ އަސްކަރިއްޔާއިން ވަރުގަދަ ހަނގުރާމައަކަށް ތައްޔާރު ވަމުންދާ ކަމަށް، ހުޅަނގުގެ ޖާސޫސީ ބާރުތަކުން ބުނަން ފެށި އަޑެވެ. އެ ތުހުމަތުތަކަށް ރަޝިއާއިން ފުރަތަމަ ކުރީ އިންކާރު ކަމުގައި ވީ ނަމަވެސް، ފެބުރުއަރީ މަސް ނިމެން ދަނިކޮށް، ހުޅަނގުގެ ތުހުމަތުތަކީ ޙަޤީޤަތެއްކަން ރަޝިއާއިން ސާބިތުކޮށްދިނީ "ހާއްސަ އަސްކަރީ އޮޕަރޭޝަން"އެއްގެ ނަމުގައި ޔޫކްރެއިންއަށް އަރާ، ހަނގުރާމަ ފެށި ހިސާބުންނެވެ.

ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމާއެކު އެކަމުގެ ލޮޅުންތައް، އޭރުވެސް އިނދަޖެހިފައި އޮތް ދުނިޔޭގެ އިޤްތިޞާދަށް ފޯރަން ފެށިއެވެ. ހަނގުރާމައިގެ ހަވާސާގައި ތިބެގެން ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުން ޔޫކްރެއިންއަށް އެއްބާރުލުން ދެމުންދާ ދިއުމާއެކު، މުޅި ދުނިޔެއަށް ވަރުގަދަ ހަނގުރާމައެއް ފެތުރިދާނެ ކަމުގެ އިންޒާރުގެ ރަނގަބީލު އަޅަން ފެށިއެވެ. ރަޝިއާ ކޮޅަށްވެސް ބައެއް ޤައުމުތަކުން އެރިއިރު، އިންސާނިއްޔަތަށް އެންމެ ގެއްލުންދެނިވި ހަތިޔާރުގެ ގޮތުގައި ސިފަ ކުރާ ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ޤައުމުތައްވެސް ދެބަޔަކަށް ބެހިގެން ދިޔައެވެ. ހަނގުރާމައިގެ ކުރީކޮޅު، ނިއުކްލިއަރ ހަނގުރާމައެއްގެ ބިރު އެންމެންގެ ހިތްތަކުގައި އުފެދުނު ނަމަވެސް، ޔޫކްރެއިންގައި ކުރަމުން ދާ ހަނގުރާމައަށް އަހަރެއް ވުމާ ގާތްވެފައި ވާ އިރު، އެ ބިރު ނެތް ފަދައެވެ. 

ކަން މިހެން އޮތް އިރު، ޔޫކްރެއިންގެ އެންމެ ވަރުގަދަ ނިއުކްލިއަރ ޕްލާންޓް އޮތީ ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި މިއަދު ހަނދާން ހުރި މީހަކުވެސް ނެތް ފަދައެވެ. ޒަޕޯރީޒްއީއާ އެޓޮމިކް ޕްލާންޓް، ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުގެ ނުރައްކަލާ މެދު ދުނިޔެ ވަރިހަމަ ވެފައި އޮތުމާ މެދު، ނިއުކްލިއަރ ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ) އިން ޖެނުއަރީ 19 ވީ ބުރާސްފަތި ދުވަހު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ވިލާތުގައިވެސް ހުރި އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް ކަމުގައި ވާ ޒަޕޯރީޒްއީއާ އެޓޮމިކް ޕްލާންޓް، ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައީ މަރޗް 2022 ގައެވެ. އެ ސަރަޙައްދުގައި ހަމަލާ ބަދަލު ކުރުންތައްވެސް ކުރިއަށް ގެންދަނީ ސިލްސިލާ ގޮތެއްގައެވެ. ނުރައްކާތެރި ހާދިޘާއެއް ހިނގާ، އިންސާނިއްޔަށް ބޮޑު ގެއްލުމަކާ ކުރިމަތިވުން އޮތީ ދާދި ގާތުގައެވެ. ޒަޕޯރީޒްއީއާ އެޓޮމިކް ޕްލާންޓްގައި، ރައްކާތެރިކަމުގެ އިމެއް ކަނޑައެޅުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެކަކީ، އައިއޭއީއޭގެ ޑައިރެކްޓަރ ޖެނެރަލް ރަފައެލް ގްރޯއްސީއެވެ.

ޔޫކްރެއިންގެ ވެރިކަން ކުރާ ކިއޭވްގައި ހުންނަވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގްރޯއްސީ ވިދާޅުވީ، ހަމަ ކޮންމެ ފަދަ ދުވަހެއްގައިވެސް ނިއުކްލިއަރ އެކްސިޑެންޓެއް ހިނގާފާނެ ކަމަށާ، ޒަޕޯރީޒްއީއާ އެޓޮމިކް ޕްލާންޓްގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.

އައިއޭއީއޭގެ 4 ތަޖުރިބާކާރަކު އަބަދުވެސް ޒަޕޯރީޒްއީއާ އެޓޮމިކް ޕްލާންޓް ސަރަޙައްދުގައި ހަރަކާތްތެރިވެއެވެ. ގްރޯއްސީ މިހާރު މިސްރާބު ޖައްސަވާފައި ވަނީ، ރަޝިއާގެ އޮފިޝަލުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށެވެ.

ރަޝިއާއިން ނިއުކްލިއަރ ހަތިޔާރުގެ ބާރުގެ ބޭނުން ކުރާނެ ހަމައެކަނި ސަބަބަކީ، އެ ގައުމުގެ ދެމިއޮތުމަށް ނުރައްކާވުން ކަމަށް، ރަޝިއާ ސަރުކާރުގެ ތަރުޖަމާނެއް ކަމަށް ވާ ޑިމިޓްރީ ޕެސްކޯވް ވަނީ މަރޗް 2022 ގައި ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް، ވްލަޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އެރީ ފެބުރުއަރީ 24، 2022 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޕޫޓިން ވަނީ ރަޝިއާގެ ނިއުކްލިއަރ ފައުޖުތަކަށް އެންމެ މަތީ ފަންތީގެ އެލާޓް އިއުލާން ކުރައްވާފައެވެ.

ނިއުކްލިއަރ ހަނގުރާމައެއް ކޮށްފާނެ ކަމަށް މީގެ ކުރިން ޚިޔާލަށް ގެންނަން ދަތިވެފައި ވީ ނަމަވެސް، މިއަދު އެކަން އޮތީ ޙަޤީޤަތުގައިވެސް ހިނގާފާނެ ކަމަކަށް ވުމާ އިންތިހާއަށް ގާތުގައި ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ މާޗް 14، 2022 ވަނަ ދުވަހު ވިދާޅުވެ، އިންޒާރު ކުރައްވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2018

ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

16 މާރިޗު 2018
ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި
30 ޑިސެމްބަރު 2017

އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2017
އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
17 އޮކްޓޯބަރު 2017

ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

17 އޮކްޓޯބަރު 2017
ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
03 އޯގަސްޓު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް: ރަޝިއާ

03 އޯގަސްޓު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް: ރަޝިއާ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް