Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލަންޑްގެ އައު ބޮޑުވަޒީރު

ނިއުޒިލަންޑްގެ އައު ބޮޑުވަޒީރަކަށް ކްރިސް ހިޕްކިންސް؟

ހަ އަހަރާ ބައި ޚިދުމަތް ކުރެއްވުމަށްފަހު ޖަސިންޑާ އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 21 ޖެނުއަރީ 2023 | ހޮނިހިރު 09:05
ކްރިސް ހިޕްކިންސް

ކްރިސް ހިޕްކިންސް

ނިއުޒިލަންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން މަގާމުން އިސްތިއުފާ ދެއްވާކަން ބުރާސްފަތި ދުވަހު އިއުލާން ކުރެއްވުމާ ގުޅިގެން، އައު ލީޑަރަކު ހޮވުމަށް ލޭބަރ ޕާޓީގެ އެމްޕީންގެ މެދުގައި ނެގި ވޯޓުން ނޮމިނޭޓް ވެފައިވަނީ ކްރިސް ހިޕްކިންސްއެވެ. އަދި މަގާމަށް ހޮވިފައިވަނީވެސް ހަމައެކަނި ހިޕްކިންސްއެވެ. އެހެންކަމުން އާދީއްތަ ދުވަހު ހައުސް އޮފް ރެޕްރެޒެންޓަޓިވްސް އިން ރަސްމީކޮން އައްޔަންކޮށްފިނަމަ ކްރިސް ހިޕްކިންސް ވެގެންދާނީ ނިއުޒިލަންޑުގެ އައު ބޮޑުވަޒީރަށެވެ.

އުމުރު ފުޅުން 44 އަހަރުގެ ކްރިސް ހިޕްކިންސް މިހާތަނަށް ހުންނެވީ މިނިސްޓަރ ފޯ ޕޮލިސް އެޑިއުކޭޝަން އެންޑް ޕަބްލިކް ސަރވިސްގެ މަގާމުގައެވެ.

ކްރިސް ހިޕްކިންސްއަށް މަޖިލީހުގެ ރުހުން ލިބިއްޖެނަމަ ޖަސިންޑާ އާޑަން ރަސްމީކޮން ގަވަނަރ ޖެނެރަލްއަށް އިސްތިއުފާ ހުށަހަޅުއްވާނެއެވެ. އެއާއެކު އިގިރޭސި ރަސްގެފާނު ޗާލްސްގެ ފަރާތްޕުޅުން ގަވަނަރ ޖެނެރަލް ކްރިސް ހިޕްކިންސްއާ މަގާމު ހަވާލު ކުރައްވާނެއެވެ.

ވަރަށް އަސަރާއެކު ވާހަކަ ދައްކަވަމުން ޖަސިންޑާ އާޑަން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، ބޮޑުވަޒީރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މިވަގުތަށް އެންމެ ގާބިލު ފަރާތަކީ އެކަމަނާ ނޫންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، މިފަދަ މަގާމަކީ ނުހަނު ޒިންމާތައް ބޮޑު، އެކަމަށް އެންމެ އެކަށީގެންވާ ފަރާތަކުން އަދާކުރައްވަންޖެހޭ ޒާތުގެ މަގާމެއްކަމަށެވެ. އަދި ޖަސިންޑާ ވިދާޅުވީ، މަގާމު އެންމެ ފުރިހަމައަށް އަދާކުރެއްވުމުގެ ގާބިލުކަން މިވަގުތަށް ނެތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަމިއްލަ ނަފްސު "ދުއްވާ ވެހިކަލަކަށް" ނިސްބަތް ކުރައްވަމުން އެކަމަނާ ވިދާޅުވެފައިވަނީ، މިވަގުތު "ޓޭންކް"ގައި ފުދޭވަރަށް ތެޔޮ ނެތް ކަމުގައެވެ.

ޖަސިންޑާ އާޑަން ވިދާޅުވީ، މިހާރު އިންތިޒާރުކުރައްވާ އެއްކަމަކީ ބައިވެރިޔާ ކްލާކް ގޭފޯޑްއާ ކައިވެނި ބައްލަވައިގަތުން ކަމަށެވެ. އަދި ދަރިކަނބަލުންގެ ސްކޫލް ދައުރު މިއަހަރު ފައްޓަވަންވާއިރަށް ގެކޮޅުގައި މަޑުކުރެއްވުމަށް ބޭނުންވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖަސިންޑާ އާޑަންއާއި އޭނާގެ ބައިވެރިޔާ އެކުގައި ހަޔާތްޕުޅު ވޭތިކުރައްވަމުން ގެންދެވިނަމަވެސް އަދި ކައިވެނި ބައްލަވައިގެންފައެއް ނުވެއެވެ.  

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
15 މެއި 2017

ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

15 މެއި 2017
ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
09 އެޕްރީލު 2017

މިސްރުގައި ކްރިސްޓިއަން ފައްޅިއެއްގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ

09 އެޕްރީލު 2017
މިސްރުގައި ކްރިސްޓިއަން ފައްޅިއެއްގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު