Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ފުޓުބޯޅަ ފެޑެރޭޝަން

ފްރާންސް ފުޓުބޯޅައިގެ ރައީސް ލީ ގްރައެޓުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު

މީގެ ކުރިން އޭނާގެ މައްޗަށް އެކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ލީ ގްރައެޓް ވަނީ އެކަމަށް އިންކާރުކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2023 | ބުދަ 03:34
ލީ ގަރައެޓް

ލީ ގަރައެޓް

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް ލީ ގްރައެޓް އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.

ލީ ގްރައެޓް މިވަގުތު ހުރީ ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންފަ އެވެ. އެއީ ދާދި ފަހުން ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޒިނެދިން ޒިދާންއާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަތަކުގެ ސަބަބުން، ސަރުކާރުގެ އިސްވެރިންނާއި އާންމު ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެންނެވެ. ލީ ގްރައެޓްގެ ވާހަކަތަކާ ގުޅިގެން އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރުގެ ނުރުހުން ވެސް އޭނާ އަށް އަމާޒުވީއިރު، ލީ ގްރައެޓް ވަނީ ފަހުން މައާފަށް އެދިވަޑައިގަންނަވާފަ އެވެ. ރައީސްކަމުގެ މަސްއޫލިއްޔާތުން ލީ ގްރައެޓް އެކަހެރިވެ ވަޑައިގެންފައިވާއިރު، ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން އަންނަނީ ފިލިޕޭ ޑިއާލޯ އެވެ.

ޕެރިހުގެ ޕްރޮސެކިއުޓް އޮފީހުން އަންގާރަ ދުވަހު ބުނީ، ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލީ ގްރައެޓުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން، އެ މައްްސަލަ ތަހުގީގުކޮށް، ބަލަމުން އަންނަ ކަމަށެވެ. މީގެ ކުރިން އޭނާގެ މައްޗަށް އެކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ލީ ގްރައެޓް ވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ. އަންގާރަ ދުވަހު އެ ޤައުމުގެ ޕްރޮސެކިއުޓުން ލީ ގްރައެޓްގެ މައްސަލަ ބަލަމުން އަންނަކަން ރަސްމީކޮށް ހާމަކުރުމާއެކު، އޭނާގެ ބަހެއް ހޯދުމަށް އެ ޤައުމުގެ މީޑިއާތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ލީ ގްރައެޓާ ގުޅޭ ގޮތުން ޕޮރޮސެކިއުޓަށް މައްސަލަށް ހުށަހަޅާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް އެ އޮފީހުން ވަނީ މީޑިއާތަަކަށް މައުލޫމާތު ދީފަ އެވެ.

ލީ ގަރައެޓްގެ މައްސަލަ ބަލާކަމަށް ޕްރޮސެކިއުޓުން ހާމަ ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާ މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު