Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް މާރޗް މަހު ބާއްވަނީ

މި ކޮންފަރެންސް ބާއްވަނީ މާރޗް 18 އިން 20 އަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 06:53
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ މާރޗް މަހު ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސަ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ބޯޑުގެ ޗެއަރ އަހުމަދު ފަސީހު ވިދާޅުވީ މިއީ ފުލުހުންގެ ތާރީޚުގައި ބޭއްވޭ މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ އަންނަ މާރޗް މަހުގެ 18 އިން 20 އަށެވެ.

Advertisement - newsAdvertisement

ފަސީހު ވިދާޅުވީ 21 ވަނަ ގަރުނުގައި އިލްމީ ނަޒަރަކުން ކަންކަން ނިންމަން ވިސްނައިގެން ނޫނީ އެންމެ ރަނގަޅު އެދެެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ތަހުޒީބު މުޖުތަމައުގައި އަބަދުވެސް ކަންކަން ނިންމަނީ އިލްމީ ފަރާތްތައް ބައިވެރިކޮށްގެން ކަމަށާއި، ފުލުހުންގެ ތެރެއަށް އެންމެ އެކަށީގެންވާ ގޮތްތަކެއް ތައާރަފުނުވާކަމަށް އަބަދުވެސް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްމީ ބޭފުޅުންނާއި މިކަމާ ގުޅޭ ސްޓޭކްހޯލްޑަރުން އެއް މޭޒަކަށް ގެނެވިގެން މި ކޮންފަރެންސް ކުރިއަށްގެންދަން ނިންމާފައިވާއިރު، މި ކޮންފަރެންސްގެ މަގުސަދަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުން ކަމަށް ފަސީހު ވިދާޅުވިއެވެ.  

ފަސީހު އިތުރަށް ވިދާޅުވީ މި ކޮންފަރެންސްގައި 10 ދާއިރާއަކުން ރިސަރޗް ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެއީ ކްރައިމް ޕްރިވެންޝަން، ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަރ ޓެރަރިޒަމް، ފައިނޭންޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑްރިން، ސައިބަރ ކްރައިމް، ފޮރެންސިކްސް، ލީޑަރޝިޕް، އޯގަނައިޒޭޝަން ރެސިލިއަންސް އެންޑް އޮފިސަރސް ވެލްބީއިންގ، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ޓްރާންސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ، އެފިޝިއަންސީ އެންޑް އިފެކްޓިވްނެސް އިން ރޯޑް ސޭފްޓީއެވެ.

ފަސީހު ވިދާޅުވީ މި ކޮންފަރެންސަށް ރިސަރޗް ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 21 ވަނަ ގަރުނުގެ ކުށް ކުރުމުގެ ޓްރެންޑާ ވަރަށް ގުޅުންހުރި ދާއިރާތަކަކުން ކަމަށެވެ. މި ރިސަރޗް ޕޭޕަރުތައް ހުށަހަޅައި އެއަށް ބަހުސްކޮށް، މަޝްވަރާކޮށް ނުކުންނަ ނަތީޖާއިން ރިޕޯޓެއް އެކުލަވާލެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި ކޮންފަރެންސަށް ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު މިހާރުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އަދި މި ކޮންފަރެންސް ކުރިއަށްގެންދާނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދުވަހު ތަފާތު ދާއިރާތަކުން ޕޭޕަރު ހުށަހެޅިގެންދާނެ ކަމަށާއި، ދެވަނަ ދުވަހު މުޖުތަމައާ ގުޅިގެން ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށާއި، އަދި ސެކިއުރިޓީ ސެކްޓަރުގެ މަސައްކަތްތައް ޕަބްލިކަށް ދައްކާލުމަށް އެކްސްޕޯއެއް ބޭއްވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ކޮންފަރެންސަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު