Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓޯނިވަލް

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

14 ޖެނުއަރީ 2023 | ހޮނިހިރު 18:02

ޓޯނިވަލްގެ ޓިކެޓްތައް ލޯންޗުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖެނުއަރީ 2023 | ހޮނިހިރު 18:02
ޓޯނިވަލްގެ ޓިކެޓް ލޯންޗު ކުރުން

ޓޯނިވަލްގެ ޓިކެޓް ލޯންޗު ކުރުން

ޓޯނިވަލްގެ ޓިކެޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސޮލައިޓް ރެސްޓޯރެންޓުގައި އޮތް ރަސްމިއްޔާތުގައި ޓޯނިވަލްގެ ޓިކެޓްތައް ލޯންޗުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ފެށުން މިކަހަލަ ހަރަކާތަކުން ފެށުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށާއި، ދިވެހި ފަންނާނުންނާއެކު އެހެން ގައުމުތަކުގައިވެސް ޓޯނިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓޯނިވަލްއަކީ ސެލެބްރިޓީން ބައިވެރިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖޭގެ ފަންނާނުންނާއި އިންޑިއާގެ ބޮލީވުޑް ތަރިން ބައިވެރިވާނެއެވެ.

އެގޮތުން ޖެނުއަރީ 27 ވަނަ ދުވަހު، ރާއްޖޭގެ ފަންނާނުންނާއި އިންޑިއާގެ ބޮލީވުޑް ތަރިންގެ މެދުގައި ސޮކަރ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ޖެނުއަރީ 29 ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއުޒިކް ޝޯވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސޮކަރ މެޗާއި މިއުޒިކް ޝޯގެ ޓިކެޓްގެ އަގަކީ 249 ރުފިޔާއެވެ. އަދި މިއުޒިކް ޝޯގެ ތެރެއިން ފެޝަން ހައި ރޯޑްގެ ހަރަކާތެއްވެސް ފެނިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ފަންނާނުން ބުނީ، މިފަދަ ފުރުސަތެއް ލިބިގެންދިއުމަކީ ފަންނާނުންނަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ގަބޫލުކުރެވޭ ކަމަށެވެ.

ޓޯނިވަލް

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި

08 ޖެނުއަރީ 2018
އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި
11 އޮކްޓޯބަރު 2017

"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

11 އޮކްޓޯބަރު 2017
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި
02 އޮކްޓޯބަރު 2017

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

02 އޮކްޓޯބަރު 2017
"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ
25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
25 ސެޕްޓެމްބަރު 2017

"ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުން ދަނީ

25 ސެޕްޓެމްބަރު 2017
"ނޭދެން ވަކިވާކަށް" ގެ ޓިކެޓް ބާރަށް ވިކެމުން ދަނީ
12 ސެޕްޓެމްބަރު 2017

މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ

12 ސެޕްޓެމްބަރު 2017
މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ
03 އޯގަސްޓު 2017

އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ

03 އޯގަސްޓު 2017
އޮގަސްޓް 8ގައި "ހައްދު" ގެ ޓިކެޓް ވިއްކަން ފަށަނީ
09 ޖުލައި 2017

ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ

09 ޖުލައި 2017
ނޯޓީ 40 - ޓިކެޓް ވިއްކުން ހޯމަ ދުވަހު ފަށަނީ
05 ފެބުރުއަރީ 2017

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި

05 ފެބުރުއަރީ 2017
"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި
01 ފެބުރުއަރީ 2017

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށަނީ

01 ފެބުރުއަރީ 2017
"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް