Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ ޝީންޖިއާންގް ޕްރޮވިންސް

ޝީންޖިއާންގްއަށް ދަތުރު ކުރެއްވި އިސްލާމީ ލީޑަރުންނާއި އިލްމުވެރިންގެ ވާހަކަފުޅުތައް މުޅިން ތަފާތު!

14 ޖެނުއަރީ 2023 | ހޮނިހިރު 16:22

ހައްދު ފަހަނައަޅައި ދިއުން ހުއްޓުވައި، ޓެރަރިޒަމްގެ އަމަލުތައް ކޮންޓްރޯލްކުރުމުގެ ނަމުގައި ޗައިނާ ސަރުކާރުން ޝީންޖިއާންގްގައި ވޮކޭޝަނަލް ސެންޓަރުތަކެއް ހިންގަމުންދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖެނުއަރީ 2023 | ހޮނިހިރު 16:22
އިސްލާމީ ލީޑަރުންނާއި އިލްމުވެރިން، ޝީންޖިއާންގްއަށް ކުރެއްވި ދަތުރުފުޅުގައި، އުރުމްޗީގައި ހިންގާ ޝީންޖިއާންގް އިސްލާމިކް އިންސްޓިޓިއުޓްގެ ދަރިވަރުންނާއެކު މިސްކިތްތަކުގައި ނަމާދުކުރައްވާފައިވޭ

އިސްލާމީ ލީޑަރުންނާއި އިލްމުވެރިން، ޝީންޖިއާންގްއަށް ކުރެއްވި ދަތުރުފުޅުގައި، އުރުމްޗީގައި ހިންގާ ޝީންޖިއާންގް އިސްލާމިކް އިންސްޓިޓިއުޓްގެ ދަރިވަރުންނާއެކު މިސްކިތްތަކުގައި ނަމާދުކުރައްވާފައިވޭ

ދުނިޔޭގެ 1 ނަމްބަރު މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސަކީ، ޓެރަރިޒަމާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާއެއް އެތަނުގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ ތަނެއް ކަމަށް ބުނެ، ހުޅަނގުގެ ނުފޫޒުގަދަ މީޑިއާތަކުން ތަސްވީރުތައް ތިލަ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މިނިވަންކަމާއެކު ޝީންޖިއާންގްއަށް ދަތުރުކޮށް، އެ ސަރަހައްދުގައި ކަން ހިނގަމުންދާ ގޮތް ބެލުމުގެ ފުރުސަތު، ކޮންމެ ކޮންމެ މީހަކަށް ޗައިނާ ސަރުކާރުން ނުދޭކަމީ، އެ ޝައްކު ޔަގީނަށް ބަދަލު ކުރުމަށް ގިނަ ބަޔަކަށް ލިބޭ ހިތްވަރަކަށްވެސްވެއެވެ.

ކަން މިހެން އޮތް އިރު، 14 ގައުމަކަށް ނިސްބަތްވާ 30 އިސްލާމީ ލީޑަރުންނާއި އިލްމުވެރިއަކު، ދާދި ފަހުން ޝީންޖިއާންގްއަށް 4 ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައެވެ. ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ އާބާދީ ބޮޑު، ޝީންޖިއާންގް ސަރަހައްދަށް ދަތުރުކުރެއްވި މުސްލިމް ލީޑަރުންނާއި އިލްމުވެރިންގެ ވަފުދުން، ދަތުރު ނިންމަވާލެއްވުމަށްފަހު އާންމު ކުރެއްވި ވާހަކަތައް މުޅިން ތަފާތެވެ. ޓެރަރިޒަމްގެ އިތުރުން، ހައްދު ފަހަނައަޅައި ދިއުން ކޮންޓްރޯލް ކުރުމަށާއި، އެކަން ކުރުމުގައި ދީނީ ސަގާފަތް ހިމާޔަތްކޮށް، ދެމެހެއްޓުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ޓީމުން ވަނީ ތައުރީފުކުރައްވާފައެވެ.

މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ވޯރލްޑް މުސްލިމް ކޮމިއުނިޓީޒް ކައުންސިލްގެ ޗެއަރމަން، ޑރ. އަލީ ރާޝިދު އައްނުއައިމީއެވެ. ޑރ. އަލީއާއި އޭނާގެ ޓީމުން ވަނީ، މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޓެރަރިޒަމްގެ އެތައް ހާސް އަމަލެއްގެ މަންޒަރުތައް ދައްކުވައިދޭ މައުރަޒަކަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

ޑރ އަލީ ވިދާޅުވީ، އެބައި މީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއެރުވުމަށްޓަކައި، ހައްދު ފަހަނައަޅާފައިވާ ބާރުތަކުން ނިވާފަތްގަނޑެއްގެ ގޮތުގައި ދީން ބޭނުން ކުރަމުން ދާކަމަށާއި، އެފަދަ ފަރާތްތަކުން، ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރާއި ނަފުރަތު ފަތުރަމުން ދާ ކަމަށެވެ.

ހައްދު ފަހަނައަޅައި ދިއުން ހުއްޓުވުމާއި ޓެރަރިޒަމްގެ އަމަލުތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާ ސަރުކާރުން ޝީންޖިއާންގްގައި ވޮކޭޝަނަލް ސެންޓަރުތަކެއް ހިންގަމުންނެވެ. އެއީ ވަކި ނިޒާމެއްގެ ތެރެއިން ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާ ސެންޓަރުތަކެއް ކަމަށް ޗައިނާގެ ސަރުކާރުން ސިފަކޮށްދިން ކަމުގައި ވީނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައަށް ހުޅަނގުން ތަސްވީރުކޮށްދެމުން ދިޔައީ އެހެން މަންޒަރެކެވެ. އިންސާނީ ކަރާމާތަށް އުނިކަން ދެނިވި، އަނިޔާވެރި މަންޒަރެކެވެ.

ޝީންޖިއާންގް ސަރުކާރުގެ އޮފިޝަލުންނާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެއްގައި، ސައޫދީގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ، އަބްދުﷲ އަލްއުބައިދު ވަނީ، ހަމަނުޖެހުންތަކާއި ހައްދު ފަހަނައަޅައި ދިއުމާއި ޓެރަރިޒަމް ނައްތާލުމަށް ޗައިނާގެ ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.

އިސްލާމީ ލީޑަރުންނާއި އިލްމުވެރިން، ޝީންޖިއާންގްއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އުރުމްޗީގައި ހިންގާ ޝީންޖިއާންގް އިސްލާމިކް އިންސްޓިޓިއުޓްގެ ދަރިވަރުންނާއެކު މިސްކިތްތަކުގައި ނަމާދު ކުރައްވާފައިވެއެވެ. އަދި ކަޝްގާރު ސިޓީގެ ރަށްވެހިންނާއެކު ޖަމާއަތުގައި ނަމާދުކުރެއްވިއެވެ. މި ދަތުރުގެ ތެރޭގައި، ވަފުދުގެ މެންބަރުން ވަނީ ޝިންޖިއާންގްގެ އާންމުންނާވެސް ވާހަކަދައްކަވާފައެވެ.

ޝިންޖިއާންގްގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މީހުންނަށް ޗައިނާއިން ލާއިންސާނީ އަނިޔާ ދޭ ކަމަށް ބުނާ މައްސަލައަށް ސިލްސިލާ ގޮތެއްގައި އިންކާރު ކުރެއެވެ.

ޗައިނާޝީންޖިއާންގްދުނިޔެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް