Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުން

މަގުމަތިން ލިބޭނެ އިންސާފެއް ނެތްކަމަށް ވިދާޅުވި ބޭބޭފުޅުން މިއަދު މަގުމަތީގައި ޗަރުކޭސް ކުޅުއްވުމުގައި!

ޕީޕީއެމްއިން އައީ މަގުމަތީގައި މުޒާހަރާކުރުމަށް ފާޑުކިޔަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޖެނުއަރީ 2023 | ހޮނިހިރު 14:32
އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން

އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން

ރާއްޖޭގެ ސިޔާސީ ހަޔާތުގެ ފިރުކެންފެށި ދައުރު ނިމި ސިޔާސީގޮތުން އުމުރުން ދޮށިވާ ވަރަކަށް ފެންނަ މަންޒަރަކީ, ސިޔާސީ ބޭފުޅުން ހާލަތާ އެއްގޮތަށް ބަހާއި ކުލައާއި މަންޒަރު ބަދަލުކުރައްވާ ގޮތެވެ. ވަގުތާއި ސާއަތު ބެއްލެވުމަށްފަހު، ރުހިވަޑައިގަންނަވާ ގޮތަކަށް ސިޔާސީ ފިކުރާއި އުސޫލުތައް ބަދަލުކުރެއްވުމަކީ ސިޔާސީ ބޭފުޅުންނަށް ނިކަން ފަރިތަ، އަދި އެހާމެ އާދައިގެ ކަމެކެވެ.

ސިޔާސީ ކަންކަމަށް ރާއްޖެ ލޯ ހުޅުވުނީއްސުރެ ރާއްޖޭގައި އޮތީ ދެ ފިކުރެކެވެ. އެންމެ ފުރަތަމަ އެ ފިކުރު ފެށުނީ ކުރީގެ ރައީސް މައުމޫން އަބްދުލްް ގައްޔޫމާއި އެމްޑީޕީ ހިމެނޭހެންނެވެ. އެހެންނަމަވެސް މިހާރު ފިކުރުތައް ބަދަލުވެފައިވާ މަންޒަރު ފެނެއެވެ. އެހެނަސް މިހާރުގެ ހާލަތަށް ބަލައިލިޔަސް ފެންނަނީ މައިގަނޑު ދެ ފިކުރެކެވެ. އެއީ ސަރުކާރު ހިންގާ އެމްޑީޕީގެ ފިކުރާއި އިދިކޮޅު ފިކުރެވެ.

ކޮންމެއަކަސް އަބަދުވެސް އެމްޑީޕީއަށް ފާޑުކިޔުމަށް އެ ޕާޓީގެ ފިކުރު ގަބޫލުނުކުރާ ފަރާތްތަކުން ދައްކާ ވާހަަކައެއް އޮތެވެ. އެއީ، އެމްޑީޕީއަކީ މަގުމަތީގެ ހަރަކާތަށް ފަރިތަ ޕާޓީއެއް ކަމުގެ ވާހަކައެވެ. މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމާއި ހަޅޭއްފަޅޭއް ޖެހުމަކީ އެމްޑީޕީގެ ސްޓައިލްކަމުގެ ވާހަކައެވެ. ސިޔާސީ އޮއިވަރާއެކު ރާއްޖޭގައި ކޮންމެ ވެރިކަމެއްގައިވެސް ވެރިކަމުގެ އިސްފަޑީގައި ތިއްބަވާ ބޭފުޅުންނާ ޖަލުގޮޅި ނިކަން ގާތެވެ. ލީޑަރުންގެ ގޮތުގައި ޕާޓީތަކުން ބަލައިގަންނަ ފަރާތްތަކުން އެންމެ ގިނައިން ޖަލުގައި ތިއްބަވަންޖެހުނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އޭރު ރެޔާއި ދުވާލު އިދިކޮޅު ފަރާތްތަކުން ދިޔައީ މަގުތަކަށް އެއްވެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އޭރު ބާރުވެރިކަމުގައި ތިއްބެވީ މިހާރު އިދިކޮޅު އޮޑީގައި ތިއްބެވި ބޭފުޅުންނެވެ. އެ ދުވަހު ކުރެއްވި މަލާމާތަކީ، ތަންތަނަށް އެއްވާހިތްވާނަމަ ހައްޖަށް ދާންވީނޫންހޭ ވިދާޅުވެ ރައީސް ޔާމީން ކުރެއްވި މަލާމާތެެވެ. މަގުމަތިން ލިބޭނެ އިންސާފެއް ނޯންނާނެ ކަމަށް ވިދާޅުވެ އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ، މުޒާހަރާކުރުމަކީ ސިޔާސީ ޗަރުކޭހެއް ކަމަށެވެ. އެދުވަހު އާއްމުން ދަމާކޫއްތާފައި މުޒާހަރާއިން ހައްޔަކުރުމުން ވިދާޅުވީ އެއީ ސިޔާސީ ފޮޓޯއަށް ކުޅޭ ސިޔާސީ ފިލްމު ކަމަށެވެ. އެ ދުވަހު ޕެޕަރސްޕްރޭގެ ދިލަ އާއްމުންނަށް ކުރިމަތިވުމުން ވިދާޅުވީ ފުލުހުންގެ ފަރާތުން އަނިޔާވަނީ މުޒާހަރާއަށް ދާތީ ކަމަށެވެ. ހައްޔަރުކުރަނީ މިސްކިތުގައި ތިއްބާތޯ ސުވާލުކުރައްވައި މިވެރިންގެ ރައީސް ދެއްކެވި ވާހަކަފުޅު އަދި ދިވެހިން ހަނދާން ހުންނާނެއެވެ.

ނަމަވެސް މިއަދުތޯއެވެ؟ ކުރިން މަގުމަތީގެ އެއްވުމާ ދެކޮޅު ހެއްދެވި ރައީސްގެ އަރިސް ބޭބޭފުޅުން މިއަދު ސިލްސިލާކޮށް މަގުތަކަށް ނުކުންނަވަނީ ހަމަ އެ ވިދާޅުވާ ސިޔާސީ ޗަރުކޭސްކުޅުއްވަން ނޫންތޯއެވެ؟ މުޒާހަރާއިން މީހަކު ހައްޔަރުކޮށްފިނަމަ އެ ވާހަކަވެސް ފޮޓޯއާއި ވީޑިއޯއާއެކު ދައްކަވައެވެ. މިއަދު އެއީ ސިޔާސީ ފިލްމަކަށް ނުވޭތޯއެވެ؟ މުޒާހަރާގައި ފުލުހުން އަމަލުކުރާ ގޮތް ހަރުކަށިވެގެން އެ ޝަކުވާވެސް ކުރައްވަނީއެވެ. މިއަދު މި ބޭފުޅުންނަށް ޖެހުނު ހާލަކީ، މިބޭފުޅުންގެ ރައީސް ޖަލުގައި ހުންނެވުމުގެ އުދާސް ބަންޑުންކޮށްލައްވަން ޖެހުނު ވަގުތު އަމިއްލައަށް ފާސްކުރި ގާނޫނުގައި ކަސްތޮޅު އެޅިފައިވުމެވެ. އެއްކަލަ އެއްވެ އުޅުމުގެ ހައްގުވެސް މިއަދު އޮތީ ހަނިވެފައެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑުގެ ތޫނުކަން އިހުސާސްކުރައްވަން ޖެހުނީވެސް ތިމާމެން އަމިއްލައަށެވެ. އިއްޔެ މަގުމަތިން ނުލިބޭނެކަމަށް ވިދާޅުވި އިންސާފު ހޯއްދަވަން މިއަދު އެތިއްބެވީ މަގުތަކަށް ނުކުންނަވައެވެ. އެއްވާ މީހުން މަދުވުން އެއީ އަދި މުޅިން އެހެން ވާހަކައެއް ނޫންތޯއެވެ؟

ޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު