Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ

ރައީސްގެ ރައްދު: ގާނޫނު އަސާސީ އާއި ނިޒާމު ބަދަލުކޮށްގެން ވެރިކަން ބޭނުންވަނީ ކާކުކަން އެންމެންނަށްވެސް އެނގޭ

ނަޝީދު ވިދާޅުވީ ދައުރު އެކީ ނިންމަވައި އެހެން ދައުރެއްގެ ވާހަކަފުޅު ރައީސް ސާލިހު ވިދާޅުވަމުން ގެންދަވާއިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަވެސް ވިދާޅުވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:38
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ގާނޫނު އަސާސީ އާއި ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެސްގެން ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްކަން ހުރިހާ އެންމެންނަށްވެސް އެނގޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހަށް ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މިމޭރުމުން ވިދާޅުވީ ރައީސްއާ ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ، މި ދައުރު އެކީ ނިންމަވައި އަނެއްކާ އެހެން ދައުރެއްގެ ވާހަކަފުޅު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވަމުން ގެންދަވާއިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ވިދާޅުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ނަޝީދުގެ ނަން ވިދާޅުނުވެ ރައީސް ޞާލިހު ވާހަކަފުޅުދެއްކެވީ ނޫސްތަކުން ފެނުނު ސުރުޚީތަކެއްކަމަށް ވިދާޅުވެއެވެ. އެގޮތުން ރައީސް ޞާލިހަށް އަމާޒުކުރައްވާ ވެރިކަމަށް ތިން ވަނަ ދައުރަކަށްވެސް ވަޑައިގެންނެވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައާ ގުޅިގެން ރައީސް ޞާލިހު ވަނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ ކާކުތޯ އައްސަވާފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ދެ ދައުރުކަމަށެވެ. ދެ ދައުރަށްވުރެ އިތުރަށް ކުރިމަތިލައްވަންވެސް އަދި ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ތެރޭގައި ދެމިހުންނަވަންވެސް ނެތިންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށެވެ.

ރައީސް ޞާލިހު ވެރިކަމަށް ގެންނެވީ އެމަނިކުފާނު ކަމަށާއި އެހެންކަމުން ވެރިކަމުން ބާލާނީވެސް އެމަނިކުފާނުކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށްވެސް ރައީސް ޞާލިހު ވަނީ ރައްދުދެއްވާފައެވެ. އެކަމަށް ރައްދުދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އިންސާނުންނަށް އޮންނަނީ މަސައްކަތްކުރުން ކަމަށާއި ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއްކަމަށެވެ. މަގާމުގައި ދެމި ހުންނަނީވެސް މާތް ރަސްކަލާންގެ އިރާދަފުޅުންކަމަށާއި މަގާމުގައި ހުންނަނީ އެންމެ މީހެއްގެ ތާއީދާއެކު ނޫންކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ޞާލިހާއި ރައީސް ނަޝީދެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ފޯރީގައި ހިނގަމުން އަންނައިރު ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރެވެމުންނެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދު ޚިޔާލު ތަފާތުވާ މައިގަނޑު އެއް ސަބަބަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ ހިމެނެއެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް އެމައްސަލަ ނިމިގެންދިޔަ އެމްޑީޕީ ކޮންގްރެސްއަށް ވެސް ނަޝީދު ހުށަހެޅުއްވިއެވެ. ނަމަވެސް ރައީސް ޞާލިހުއާ މަޝްވަރާކުރެއްވުމަށްފަހު އެވަގުތަށް އެކަން ވަނީ މަޑުޖައްސާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު