Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އިތުރު ވަގުތުގައި ބުފޮންގެ ޕާމާ ބަލިކޮށް އިންޓަރ މިލާން ކުއާޓާ ފައިނަލަށް!

11 ޖެނުއަރީ 2023 | ބުދަ 03:44

އިންޓަރ މިލާން މޮޅުވީ 1-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 ޖެނުއަރީ 2023 | ބުދަ 03:44
އިތުރު ވަގުތުގައި ލަނޑުޖެހުމަށްފަހު އަކާބީ: ފޮޓޯ-އިންޓަރ މިލާން

އިތުރު ވަގުތުގައި ލަނޑުޖެހުމަށްފަހު އަކާބީ: ފޮޓޯ-އިންޓަރ މިލާން

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ބުފޮންގެ ޕާމާ ބަލިކޮށް, ޗެމްޕިއަން އިންޓަރ މިލާނުން އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

44 އަހަރުގެ ބުފޮން ގޯލް ބަލަހައްޓަމުން ދިޔަ ޕާމާ އަތުން އިންޓަރ މިލާން މޮޅުވީ 2-1 ނެވެ. މެޗު ފަށައިގެން ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީވެސް ޕާމާއިންނެވެ. އެޓީމަށް ކުރިހޯދައިދިނީ ސްޓާންކޯ ޖުރިކްއެވެ. އިންޓަރ މިލާނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނިޓަށް ވެފައިވަނިކޮށް ލައުޓާރޯ މާޓީނޭޒް ޖެހި ލަނޑުންނެވެ. މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން އިންޓަރ މިލާނުން މެޗު ކާމިޔާބުކުރި ލަނޑު ޖެހީ ފްރަންސެސްކޯ އަޗާބީއެވެ. އޭނާ ލަނޑު ޖެހީ 110 ވަނަ މިނެޓުގައެވެ.

މިމެޗަކީ އިޓަލީގެ ދެވަނަ ޑިވިޝަން ސެރީ ބީގައި ވާދަކުރާ ޕާމާއާއެކު އޮކްޓޯބަރުގެ ފަހުން ބުފޮން ނުކުތް ފުރަތަމަ މެޗެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ބުފޮން ވަނީ މީގެކުރިން ހަ ފަހަރު ކަޕް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ކާމިޔާބުކުރީ ފުރަތަމަ ސީޒަންގައި ޕާމާއާއެކުއެވެ. އޭގެފަހުން ޔުވެންޓަސްއާއެކު ފަސް ފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. އިންޓަރ މިލާން އަތުން ބަލިވި މެޗުގައި ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެން ޖެހުނީވެސް ބުފޮންގެ ހުށިޔާރުކަމުންނެވެ. އޭނާ ވަނީ އެޑިން ޒެކޯ ފޮނުވާލީ ބޯޅަތައް ހުއްޓުވާފައެވެ.

ބުފޮން އަލުން އޭނާގެ ފުރަތަމަ ކްލަބް ޕާމާއާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އެއީ އެކްލަބް ދޫކޮށްލިތާ 20 އަހަރު ފަހުންނެވެ.

އިޓާލިއަން ކަޕްއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް