Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްއެމްއީ ހަބް

އެސްއެމްއީ ހަބް: ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް

10 ޖެނުއަރީ 2023 | އަންގާރަ 06:31

މި ހަބުން އެކި ފަރާތްތަކަށް ފުރުސަތުތަކެއް ލިބިގެންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޖެނުއަރީ 2023 | އަންގާރަ 06:31
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް | އެސްއެމްއީ ހަބް

އެސްއެމްއީ ހަބުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަފާތު ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަމަށް އެސްއެމްއީ ހަބުގެ ޑެޕިއުޓީ މެނޭޖަރު މުހައްމަދު އީމާން އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އީމާން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ތަފާތު ޕްރޮޖެކްޓުތަކަކީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ވަރުގަދަ ޕްރޮޖެކްޓަކީ އޮތެންޓިކް މޯލްޑިވްސް ޕްރޮޖެކްޓް ކަމަށް އީމާން ވިދާޅުވިއެވެ. އެއަށްފަހު ސީޑް ބައި ބީސީސީގެ ނަމުގައި ކޯ ވާކިން ސްޕޭސްއެއް ވަޖޫދުކުރުމަށްފަހުގައި އެސްއެމްއީ ހަބުގެ ޕްރޮޖެކްޓު ކުރިއަށްގެންގޮސްފައިވާކަމަށް އީމާން ވިދާޅުވިއެވެ.

އީމާން ވިދާޅުވީ އެސްއެމްއީ ހަބް ވުޖޫދަށް ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް މާކެޓާ ހަމައަށް ނެރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދީ އެމީހުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން ގޭތެރެއިން ފެށޭ ވިޔަފާރިތަކަށް އެމީހުންގެ ތަކެތި ބޭރުތެރެއަށް ނެރެ، ވިއްކުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށް އީމާން ވިދާޅުވިއެވެ. މިގޮތުން މޯލްއެއްގެ ކޮންސެޕްޓަށް ހަދާފައިވާ މިތަނުން ތަފާތު ދާއިރާތަކަށް އެއް ތަނަކުން ފުރުސަތުތައް ދެވިގެންދާ ކަމަށް އީމާން ވިދާޅުވިއެވެ.

އެސްއެމްއީ ހަބުގެ އެންމެ ތިރީ ފަންގިފިލާގައި ކެފޭއެއް ހުރެއެވެ. ތަނުގައި ގަސް ވިއްކުމުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، ފޮތް ފިހާރައެއްވެސް އެންމެ ތިރީ ފަންގިފިލާގައި ހުރެއެވެ. ފުރަތަމަ ފަންގިފިލާގައި ފުޑް ކޯޓު ހުންނައިރު، އެތަނުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް ލިބިގެންދާކަން އީމާން ވަނީ ފާހަގަކުރައްވާފައެެވެ.

އީމާން އިތުރަށް ވިދާޅުވީ އެސްއެމްއީ ހަބުން ހުރިހާ ދާއިރާތަކަށްވެސް ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން ތަފާތު ފަންނާނުންނަށް އެމީހުންގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް ދެމުންދާކަމަށް އީމާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެސްއެމްއީ ހަބުގެ އެންމެ މަތީ ފަންގިފިލާގައި 25 މީހުންގެ ސިނަމާއެއް ގާއިމްކުރެވިގެންދާނެ ކަމަށް އީމާން ވިދާޅުވިއެވެ. މިއީ ތަފާތު ފުރުސަތުތަކެއް ފަހިވެގެންދާނެ ތަނެއް ކަމަށް އީމާން ވިދާޅުވިއެވެ.

އެސްއެމްއީ ހަބްއިކޮނޮމިކް މިނިސްޓްރީ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

23 ސެޕްޓެމްބަރު 2026
ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި
09 ސެޕްޓެމްބަރު 2026

ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދަން ވަކި ގައުމަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި

09 ސެޕްޓެމްބަރު 2026
ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދަން ވަކި ގައުމަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި
21 ޖޫން 2026

އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު

21 ޖޫން 2026
އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
03 މާރިޗު 2026

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

03 މާރިޗު 2026
އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު
16 ފެބުރުއަރީ 2026

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026
ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި
09 ފެބުރުއަރީ 2026

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ
12 ޖެނުއަރީ 2026

ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި

12 ޖެނުއަރީ 2026
ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި
25 ޑިސެމްބަރު 2025

މިނިސްޓަރ ސައީދު ވިދާޅުވަނީ މިދިޔަ ދެ އަހަރު 595 ކުދި ވިޔަފާރި އަށް 349 މިލިއަން ރުފިޔާގެ ލޯނު ދިން ކަމަށް

25 ޑިސެމްބަރު 2025
މިނިސްޓަރ ސައީދު ވިދާޅުވަނީ މިދިޔަ ދެ އަހަރު 595 ކުދި ވިޔަފާރި އަށް 349 މިލިއަން ރުފިޔާގެ ލޯނު ދިން ކަމަށް
25 ޑިސެމްބަރު 2025

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

25 ޑިސެމްބަރު 2025
ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް