Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެވަރޓަން ބަލިކޮށް، ޖެހިޖެހިގެން ހޯދި ހަތްވަނަ މޮޅާއެކު ޔުނައިޓެޑް ހަތަރު ވަނަ ބުރަށް

އެސްޓަން ވިލާ އަތުން ލީގުގައި ބަލިވި މެޗަށްފަހު، ޖެހިޖެހިގެން ކުޅުނު ވާދަވެރި ހަތް މެޗުވެސް ޔުނައިޓެޑުން ވަނީ ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2023 | ހޮނިހިރު 05:04
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެވަރޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ޖެހިޖެހިގެން ހަތް ވަނަ މޮޅު ހޯދައި، ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1ންނެވެ. އެންމެ ފަހުން ވާދަވެރި މެޗެއްގައި ޔުނައިޓެޑު ބަލިވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެސްޓަން ވިލާ އަތުން ލީގުގައި ބަލިވި މެޗަށްފަހު، ޖެހިޖެހިގެން ކުޅުނު ވާދަވެރި ހަތް މެޗުވެސް ޔުނައިޓެޑުން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެންޓޮނީއެވެ. އެއީ އެވަޓަންގެ ގޯލު އޭރިޔާ ތެރެއަށް ވަދެ، ތިރި ތިރިން ރަޝްފޯޑު ތަނަވަސްކޮށްދިން ބޯޅައެއް މަޑު މަޑުން ފައިން ޖަހަައި ގޯލަށް ވައްދާލައިގެންނެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި އެވަރޓަންގެ ކޯނޯ ކޯޑީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ޔުނައިޓެޑުގެ އޭރިޔާ ތެރެއިން ނީލް މައުޕޭ ފޮނުވާލި ބޯޅަ ގޯލް ކީޕަރު ޑޭވިޑް ޑެހެއާގެ ފައިގައި ޖެހި ލިބުނު ވަގުތު ގޯލަށް ފޮނުވާލައިގެން ކޯޑީ ޖެހި ލަނޑެކެވެ.

ޔުނައިޓެޑަށް މެޗުގައި އަލުން ލީޑު ލިބުނީ ކޯޑީ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގައި ރަޝްފޯޑު ހުރަސްކުރި ބޯޅައަކަށް ކުޅެން އުޅުމުގެ ތެރޭގައި ކޯޑީގެ ފައިގައި ޖެހި ބޯޅަ ގޯލަށް ވަނީއެވެ. މެޗުގައި ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖެހީ، މި ފަހަކަށް އައިސް މޮޅަށް ކުޅެމުން އަންނަ ރަޝްފޯޑެވެ. އެއީ ޔުނައިޓެޑުގެ އެލެހާންޑްރޯ ގަނާޗޯއަށް އެވަޓަންގެ ގޮޑްފްރޭ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގައި ރަޝްފޯޑު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުނައިޓެޑުން އަންނަނީ ޕްރިމިއަރ ލީގުގައިވެސް މޮޅަށް ކުޅެމުންނެވެ. މިވަގުތު އެ ޓީމު އޮތީ ލީގު ތާވަލްގެ ހަތަރުވަނާގައެވެ. އެއީ ތިން ވަނާގައި އޮތް ނިއުކާސަލަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ. ދެ ޓީމަށްވެސް 35 ޕޮއިންޓު ލިބޭއިރު، ނިއުކާސަލް ކުރިހޯދަނީ ފައިދާ ގޯލުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު