Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިސްކިތްތައް މަރާމާތު ކުރުން

ބަޖެޓް ނެތީ މިސްކިތްތައް މަރާމާތު ކުރަންވީމަ އެކަނި؟

ސަރުކާރުން ދަނީ ކޮންމެ ކައުންސިލަކަށް ވެސް ގްރާންޓުގެ ގޮތުގައި ފައިސާ ދެމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2023 | ހުކުރު 11:46
މިސްކިތެއް

މިސްކިތެއް

ރަމަޟާން މަސް ފެށުމާއި ދިމާކޮށް ސަރުކާރާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަ މަސައްކަތްތަކާ އެކި އެކި ޕްރޮގްރާމުތައް ހިންގައެވެ. އަދި ޚާއްސަކޮށް މިސްކިތްތައް މަރާމާތު ކުރުމާއި ދީނީ ދަރުސްތައް ދިނުން ފަދަ ކަންތައްތައް ކުރިއަށް ގެންދެއެވެ. މިފަހަރު ސިޓީ ކައުންސިލުން ވެސް މިވަނީ ރަމަޟާން މަހާ ދިމާކޮށް މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ފަށާފައެވެ. މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ސިޓީ ކައުންސިލުން ވަނީ ތުހުމަތުކޮށްފައެވެ. މިސްކިތްތަކުގެ މެއިންޓެނަންސް މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުންދާއިރު ސަރުކާރުން ދަނީ ކޮންމެ ކައުންސިލަކަށް ވެސް ގްރާންޓުގެ ގޮތުގައި ފައިސާ ދެމުންނެވެ. އަދި އެ ފައިސާއިން ކައުންސިލްތަކުގެ ޚަރަދުތައް ބަލަހައްޓަން ޖެހެއެވެ. ސިޓީ ކައުންސިލުން ފަންޑު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތްތައް މަރާމާރު ކުރުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން މިނިސްޓްރީއާ އެއްވެސް ވާހަކައެއް ނުވަތަ ކަންބޮޑުވުމެއް ހިއްސާކޮށްފައިނުވާނެ ކަމަށެވެ. ކައުންސިލުން އެކަންބޮޑުވުން ހިއްސާކުރިނަމަ މިނިސްޓްރީން ކައުންސިލަށް އެކަމުގައި އެހީތެރިވެދީނީސް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލްގެ ބަޖެޓް ނެތްކަމަށް ބުނާއިރު މިދިޔަ އަހަރު ވެސް އެ ކައުންސިލުން ވަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މިދިޔަ އަހަރު ހެންވޭރު ދަނޑުގައި މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ވަރަށް ބޮޑުކޮށް ބާއްވާފައިވެއެވެ. މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ސްޓާފް ނައިޓެއް ބޭއްވިއިރު މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އަގުހުރި އިނާމްތަކެއް ވެސް ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޕާކް ވޮލީބޯޅަ މުބާރާތް ސިޓީކައުންސިލުން ވަނީ ބާއްވާފައެވެ. އަދި މުބާރާތުގައި އަގުހުރި ފައިސާގެ އިނާމު ވެސް ވަނީ ދީފައެވެ. ކޮންމެ ޑިވިޝަނެއްގެ އެއް ވަނަ ޓީމަށް 45،000 ރުފިޔާ ދީފައިވާއިރު، ދެ ވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ދީފައެވެ. ތިން ވަނަ އަށް 15،000 ރުފިޔާ ދީފައިވާއިރު ހަތަރު ވަނަ ޓީމަށް 10،000 ރުފިޔާ ދީފައިވެއެވެ. އަދި ފަސް ވަނަ ހޯދި ޓީމަށް 5000 ރުފިޔާ ވެސް ދީފައިވެއެވެ. މިދިޔަ ރޯދަ މަހު މި މުބާރާތް ނުބާއްވާ އެ ފައިސާ މިސްކިތްތައް މަރާމާތު ކުރުމަށް ޚަރަދު ކުރިނަމަ މާ ރަނގަޅުވީސް ކަން ޔަޤީނެވެ.

މީގެއިތުރުން މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ވެސް ވަނީ ހުޅުވާފައެވެ. "މާލެ ފެހި"ގެ ނަމުގައި މި ފިހާރަ ހުޅުވާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. "މާލެ ފެހި" ފިހާރަ ހުޅުވިއިރު މިހާރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންހުރިކަން މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ތަނެއް ތައްޔާރު ކުރުމަށްވެސް ބޮޑެތި ޚަރަދު ތަކެއް ހިނގާނެއެވެ. ހިތުގައި އުފެދޭ ސުވާލަކީ ކައުންސިލްގެ ބެޖުޓުގައި ފައިސާ ނެތީ ހަމައެކަނި މިސްކިތްތައް މަރާމާރު ކުރަންވީމަތޯއެވެ.

ކައުންސިލުން ހަމަ ހަޤީޤަތުގައި ވެސް މިސްކިތްތައް މަރާމާތު ކުރުމަށް ބަޖެޓް ނެތްނަމަ އެކަން ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއި ހިއްސާނުކޮށް ރައްޔިތުންނާއި ހަމައަށް ދާން ޖެހުނީ ކީއްވެގެންތޯއެވެ. މިގޮތަށް ފަންޑު ހޯދަން ނުކުތުމުން ރައްޔިތުންގެ ވިސްނުމަށް އަންނާނީ މި ސަރުކާރުން މިސްކިތްތަކަށް އަހައްމިއްޔަތު ނުދޭކަމަށެވެ. ނުވަތަ މިސްކިތްތައް މަރާމާތު ކުރުމަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭ ކަމަށެވެ. މިސްކިތް ތައް މަރާމާތު ކުރުމަށް ފަންޑު ހުޅުވުމުގެ ހަގީގީ ބޭނުމަކީ އެއީ ކަމަށްވެސް ވެދާނެއެވެ. މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭ ކަމަށް އާންމުންނަށް ދެއްކުމެވެ.

ސިޔާސީ ފައިދާ ހޯދުމަށް، ސަރުކާރުން ކަމެއް ނުކުރާކަން ދެއްކުމަށް މިފަދަ ކަންތައްތައް ކުރުމަކީ ވަރަށް ދެރަ ކަމެކެވެ. ރަނގަޅު ކަމެއް ވެސް ނުބައި މަޤްސަދެއް އޮވެގެން ކުރަންޏާ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ނެތީބާ!؟

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ނެތީބާ!؟

16 ޖޫން 2019
ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

11 މެއި 2019
މި ރައްޔިތުންނަށް އެހެން ގޮތެއް ނެތީތަ؟

މި ރައްޔިތުންނަށް އެހެން ގޮތެއް ނެތީތަ؟

01 މާރިޗު 2019
ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

04 ޖުލައި 2018
ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

24 މެއި 2018

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު