Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ލައްކައެއްހާ ބިދޭސީންގެ ޒިންމާ ނަގާނެ ބަޔަކު ނެތް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 11 މެއި 2019 | ހޮނިހިރު 12:10
މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއް

މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއް

ބިދޭސީންގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެ ކުރިމަތިވެފައިވާ މައްސަލަތަކެއް ނޫނެވެ. ބޭރުގެ ބައެއް އެހެން ގައުމުތަކަށް ވެސް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. މެދުއިރުމަތީން ފެށިގެން ޔޫރަޕާއި އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ވެސް މިއީ ހައްލުކުރަން ދަތި މައްސަލައެކެވެ. ފިޖީ ފަދަ ބައެއް ގައުމުތަކަކީ ބިދޭސީން ގިނަ ވެސް އެ މީހުންގެ ދަރިފަސްކޮޅުގެ ތެރެއަށް ވަދެ އަމިއްލަ ގައުމުގެ ރައްޔިތުންނަށް ވުރެ ބާރުގަދަ ބައެއްގެ ގޮތުގައި ވެސް ވެފައި އެބަހުއްޓެވެ. ރާއްޖޭގައި ވެސް މި ހާލަށް ގައުމު މިހާރު ވަނީ ދާން މިސްރާބު ޖަހާފައެވެ.

ބިދޭސީންގެ މައްސަލަ ގޯހުން ގޯހަށް ދިޔައީ ބައެއްގެ އިހުމާލުންނެވެ. ދިވެހިންގެ އިހުމާލުންނެވެ. ސަރުކާރުތަކުގެ އިހުމާލުންނެވެ. މަގާމުތަކުގައި ތިބި ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. ލިބޭ މަންފާތަކަށްޓަކައި ބިދޭސީން ބޭނުންކުރީއެވެ.

ރާއްޖެ އަށް ބިދޭސީން އެތެރެކުރުމަކީ އެތައް މިލއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެ ފިޔަފާރިން މުއްސަނދިވި އެތައް ބަޔަކު އެބަ ތިއްބެވެ. މައްސަލަ ގޯސްވެގެން ދިޔައީ ވެސް މި ބުނި މަންފާ ހޯދުމަށްޓަކައި ރެކްރޫޓް އެޖެންސީތަކާއި އިމިގްރޭޝަންގެ ތެރެއިން ކޮރަޕްޓް އޮފިސަރުން ގުޅިގެން ހިންގި މިފަދަ ޖަރީމާތަކުގެ ސަބަބުންނެވެ. މިއީ ބަޔަކަށް ނޭނގި ހިނގި ކަންތައްތަކެއް ވެސް ނޫނެވެ. އަދި މިއީ ވެރިންނަށް ވެސް ނޭނގި ހިނގި ކަންކަމެއް ވެސް ނޫނެވެ. ބިދޭސީންގެ ޑިޕޮސިޓް ފައިސާތަކަށް ވީ ގޮތް ކުރީގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާހަށް މައްޗަށް ދިޔައީ ކޯޓާ ދޫކުރުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނެވެ. ބިދޭސީން އެތެރެކޮށްފައި ފިލީ ކަމަށް ބުނެ މަގުމައްޗަށް ދޫކޮށްލީ ކިތައް އެޖެންސީން ހެއްޔެވެ. ބޮޑު އަގުގައި ވަގު ކޯޓާތައް ވިއްކީ ކިތައް އޮފިސަރުން ހެއްޔެވެ. ފާޅުގައި ވަކި އޮފިސަރެއް ނުވަތަ ވަކި އޮފިސަރުންތަކެއް ދިޔައީ ގަވާއިދާ ހިލާފަށް ސިސްޓަމްގެ ތެރެއިން ވައްކަން ކުރަމުންނެވެ. އެކަންކަން އެތައް ފަހަރަކު މީޑިއާ އަށް ވެސް ތިލަވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ނުވަނީ އިހްލާސްތެރިކަމެއް ވެސް ނެތީމަށެވެ. ނުވަތަ ސަރުކާރަށް ވެސް މިހާރު ދެން އިތުރަށް ކުރެވޭނެ ކަމެއް ވެސް ނެތީއެވެ. މިސާލަކަށް ޕާސްޕޯޓެއް އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއަކު އަލުން ގައުމަށް ފޮނުވާ ނަމަ އެ މީހާގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ކޮން ސަރުކާރަކުން ހެއްޔެވެ؟ ހައްޔަރު ކޮށްގެން ގެންނަ އެތައް ހާސް ބިދޭސީން އެ މީހުންގެ ގައުމުތަކަށް ދެވެންދެން ބަންދުގައި ތިބޭ ތިބުމުގައި ހަރަދުތައް ބަލަހައްޓާނީ ކޮން ބައެއް ހެއްޔެވެ؟ އެހާ ގިނަ ބަޔަކު ބައިތިއްބާނީ ކޮންތާކު ހެއްޔެވެ؟ އެ މީހުން އެތެރެކުރި ކަން އެނގޭ އެޖެންސީއެއް ނެތެވެ. އެ މީހުން އެތެރެކުރަން ބެހެއްޓި ފައިސާއެއް ނެތެވެ. އެ މީހުން އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތެވެ. އެމީހުން ނިސްބަތްވާ ގައުމު ސާބިތު ކޮށްދޭނެ ލިޔެކިޔުމެއް އެ މީހުންގެ އަތުގައި ނެތެވެ. މި ދައްކަނީ އެންމެ މީހެއް ދެ މީހެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ގަވާއިދާ ހިލާފަށް އުޅޭ ލައްކައެއްހާ މީހުންގެ ވާހަކައެވެ.

ކިރިޔާ ތިން ލައްކަ ހަމަވާ މި އާބާދީގައި ސައްހަ ގޮތުގައި އުޅޭ ބިދޭސީންގެ އަދަދު ވެސް ލައްކައަކަށް ވުރެ ގިނައެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވެސް ލައްކައަކަށް އަރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ވަގުތު ސަރުކާރެއް ބަދަލު ކޮށްލުމާއި ގައުމުގައި ހަމަނުޖެހުން ހިންގުމުގެ ބާރު އެމީހުން އަތުގައި އެބަ އޮތޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. އެކަން ނުވާނެއެކޭ ވެސް ބުނެވޭކަށް ނެތެވެ. ހަމައެކަނި ބަންގްލަދޭޝް މީހުން މަގުތަކަށް ނުކުތަސް ސަރުކާރެއް ބަދަލު ކޮށްލެވޭހާ އެ މީހުން އާބާދީ ގިނައެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ އެ މީހުންނަކީ ކޮން ބައެއް، ކޮން ގައުމެއްގެ ބައެއްކަން އެނގޭނެ އެއްވެސް ހެއްކެއް ވެސް ނެތެވެ. އެނގެން އޮތީ އެ މީހުން ބުނާ އެއްޗެކެވެ. ނޭނގެނީ އެފަދަ ކަމެއް ދިމާވާނެ އިރެކެވެ

ބިދޭސީން މައްސަލަ ހައްލުކުރަން މި ސަރުކާރަކަށް ވެސް މާ ބޮޑު ކަންތައްތަކެއް ކުރެވޭ ކަމަކަށް ނުބެލެވެއެވެ. އެއީ މި ސަރުކާރުގެ ވެސް ކުށެއް ނޫނެވެ. ލައްކައަކަށް ވުރެ ގިނަ މީހުން ޑިޕޯޓް ކުރުމާއި އެކަން ކަމަށް ދާ ޚަރަދު މި ސަރުކާރަށް ވެސް އުފުލޭނެ ކަމަކަށް ނުބެލެވެއެވެ. އަނެއްކޮޅުން އެއްވެސް ލިޔެކިޔުމެއް ނެތް ލައްކައެއްހާ މީހުން އެއް ގައުމުން އަނެއް ގައުމަށް ފޮނުވުމަކީ ކުޑަ ކަމެއް ވެސް ނޫނެވެ، ފަސޭހަ ކަމެއް ވެސް ނޫނެވެ. ދެން ވެސް ބަލަންވީ އިހްލާސްތެރިކަމާ އެކު އިތުރަށް އެ މައްސަލަ ގޯސްވިޔަ ނުދިނުމެވެ. ބިދޭސީއަކު އެތެރެކުރުމަށް ފަހު އޭނާގެ ހުރިހާ ޒިންމާއެއް އެ އެތެރެކުރާ މީހަކު ނަގަންޖެހޭނެ ކަމަށް މިހާރު ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކުގައި ލިޔެވިފައި ވެއެވެ. އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައެޅިފައި ވެއެވެ. ނަމަވެސް މައްސަލަ ދިމާވެފައި ވަނީ ތަންފީޒުކުރާ ހިސާބުންނެވެ. އެފަދަ އެޖެންސީތަކާއި އެފަދަ އާންމު ފަރުދުންނާ މެދު ހަރުކަށި ފިޔަވަޅު ނޭޅޭހާ ހިނދަކު މި މައްލަ ދާނީ ދުވަހުން ދުވަހަށް ގޯހަށެވެ. ގަވާއިދާ ހިލާފަށް ކޯޓާތައް ދޫކުރާ އަދި ކުރިން ދޫކޮށްގެން އޭގެ މަންފާ ހޯދާފައިވާ އިމިގްރޭޝަންގައި ތިބި އެފަދަ ކޮރަޕްޓް މީހުން ބޭރު ނުކުރާ ނަމަ އަދިވެސް މައްސަލަ ހައްލެއް ނުލިބޭނެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ގަވާއިދުން އެކަން ނުބެލެހެއްޓޭ ނަމަ ހިތާމެވެރި ދުވަހެއް އައުން އޮތީ ދުރަކު ނޫނެވެ. ބައެއް ވިޔަފާރިތައް މިހާރު ވެސް ހުރީ އެ މީހުންގެ ބާރުގެ ދަށުގައެވެ. މުޅި ގައުމު އެ މީހުންގެ ބާރުގެ ދަށަށް ދިއުމުގެ ކުރިން ފިޔަވަޅު އަޅާށެވެ. އެކަން ކުރެވޭނީ ހިތްވަރެއް ހުރެގެންނެވެ. ބޮލަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު