Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޔެކްސް

އާޖެންޓީނާގެ ގޯލް ކީޕަރު ރޫލީ ހޯދުމަށް އަޔެކްސްއިން މަސައްކަތްކުރަނީ

އެކަމުގެ މަޝްވަރާތައް، ރޫލީއާއި ވިލަރެއާލާއެކު އަޔެކްސްއިން މިހާރު އަންނަނީ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2023 | ބުދަ 11:54
އާޖެންޓީނާގެ ގޯލް ކީޕަރު، ރޫލީ

އާޖެންޓީނާގެ ގޯލް ކީޕަރު، ރޫލީ

އާޖެންޓީނާގެ ގޯލް ކީޕަރު ޖެރޮނިމޯ ރޫލީ ހޯދުމަށް އަޔެކްސްއިން މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ރޫލީ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ވިލަރެއާލަށެވެ. މޮންޓްޕެލިއާ ދޫކޮށް ރޫލީ ވިލަރެއާލަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ. ރޫލީ ވަނީ ވިލަރެއާލަށް 79 މެޗުގައި ގޯލު ބަލަހައްޓައިދީފައެވެ.

އައު އަހަރާއެކު އަޔެކްސްއިން ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ރޫލީކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އަޔެކްސްއިން މަސައްކަތް ކުރަމުން އަންނަނީ މި ޖެނުއަރީ މަހު ރޫލީގެ ސޮއި ހޯދުމަށް ކަމަށާއި، އެކަމަށް ވިލަރެއާލަށް ދައްކަންޖެހޭ އަދަދު ދެއްކުމަށް އަޔެކްސް އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމުގެ މަޝްވަރާތައް ރޫލީއާއި ވިލަރެއާލާއެކު އަޔެކްސްއިން މިހާރު އަންނަނީ ކުރަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ވިލަރެއާލާއެކު ރޫލީ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ރޫލީ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ. ރޫލީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު