Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަޅުތެރެއަށް އެޅުނު ތެޔޮ ސާފުކުރުން

މިވަގުތަށް އޮޕަރޭޝަން ނިންމާލިނަމަވެސް އެސަރަހައްދުގައި ތެޔޮ ހުރިތޯ އަދިވެސް ބަލާނެ: އެމްއެންޑީއެފް

3 ޖެނުއަރީ 2023 | އަންގާރަ 17:52

ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ސާފުކުރުމަށް ފެށި އޮޕަރޭޝަން މިވަގުތަށް ވަނީ ނިންމާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2023 | އަންގާރަ 17:52
ފަޅުތެރެއަށް އެޅުނު ތެޔޮ ނެގުމުގެ މަސައްކަތްކުރަނީ

ފަޅުތެރެއަށް އެޅުނު ތެޔޮ ނެގުމުގެ މަސައްކަތްކުރަނީ

އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލޭ އޭރިއާ ސިފައިން ގުޅިގެން, ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ އެސަރަހައްދުން ނަގައި ނިންމާލިނަމަވެސް، އަދިވެސް އެސަރަހައްދުގައި ތެޔޮ ހުރިތޯ ބަލަމުންދާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެސަރަހައްދަށް އެޅުނު ތެޔޮ ނަގައި އެއްކޮށް ނިންމާލީ އަންގާރަ ދުވަހުގެ މެންދުރު 13:35 ހާއިރުކަމަށެވެ. އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ"ން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ސާފުކުރުމަށް ފެށި އޮޕަރޭޝަން މިވަގުތަށް ނިމުނީކަމަށެވެ. ނަމަވެސް އަދިވެސް އެސަރަހައްދަށް ތެޔޮ ވަދޭތޯ ބަލަމުން ދާނެކަމަށާއި، އެގޮތުން ބުދަ ދުވަހުވެސް ތެޔޮ ނެގުމުގެ ކަންކަން ކުރިޔަށްގެންދާނެކަމަށެވެ.

Advertisement - newsAdvertisement

އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 09:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ކުރިން ލަފާކޮށްފައިވަނީ އެސަރަހައްދަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާކަމަށެވެ. އެމްއެންޑީއެފުން ކުރި ޓްވީޓްގައި ބުނެފައިވަނީ މިހާތަނަށް 15 ފީފާ ތެޔޮ ނެގިފައިވާކަމަށެވެ.

ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލޭ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ އެ ސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ޖޫން 2017

ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި

23 ޖޫން 2017
ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި
19 މެއި 2017

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

19 މެއި 2017
ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް
29 އެޕްރީލު 2017

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
25 އެޕްރީލު 2017

ފުލުހުން ހިންގާ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

25 އެޕްރީލު 2017
ފުލުހުން ހިންގާ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
18 އެޕްރީލު 2017

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
05 އެޕްރީލު 2017

ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

05 އެޕްރީލު 2017
ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި
22 މާރިޗު 2017

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި

22 މާރިޗު 2017
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް