Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން

އަހަރުގެ ފުރަތަމަ ދެ ދުވަސް، އިންޑިއާ ވައްޓާލައި އިޓަލީ ކުރިއަށް ޖެހިލައިފި

ފުރަތަމަ ދެ ދުވަހު ރާއްޖެއަށް 11،112 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 12:33
 ފަތުރުވެރިން، ރާއްޖޭގައި

ފަތުރުވެރިން، ރާއްޖޭގައި

އައު އަހަރު ފެށިގެން ދެ ދުވަސް ފާއިތުވެފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ އެންމެކުރި އިޓަލީ އިން ހޯދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް 11،112 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދޔަ އަހަރުގެ ފުރަތަމަ ދެ ދުވަހާ އަޅާ ބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ ދުވަހު ރާއްޖެ އައީ 10،250 ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ ދުވަހު 4،625 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އިރު ދެވަނަ ދުވަހު 6،487 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

އަހަރުގެ ފުރަތަމަ ދެ ދުވަހުގެ ފަތުރުވެރިންގެ ތަފާސްހިސާުތައް ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާއިރު ރާއްޖެއަށް މި ދެ ދުވަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ޤައުމުން އެންމެ ދެ ދުވަހުގެ ތެރޭގައި 2،343 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. ފާއިތުވި ދެ އަހަރު ރާއްޖޭގެ އެންމެ މަގުބޫލު މާކެޓުގެ ގޮތުގައި އޮތް އިންޑިއާ އޮތީ ތިންވަނައިގައެވެ. އެ ޤައުމުން އައީ އެންމެ 753 ފަތުރުވެރިންނެވެ.

ދެ ދުވަހުގެ ތެރޭގައި ރާއްޖްެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ ތެރޭގައި އިޓަލީ އާއި އިންޑިއާގެ އިތުރުން ދެވަނައިގައި އޮތް ރަޝިއާ އާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އެމެރިކާ އާއި ކަޒަކިސްތާނާއި ސްޕެއިން އާއި ސްވިޒަލެންޑާއި ފްރާންސް ހިމެނެއެވެ.

ކޮވިޑ-19ގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން 2020 ވަނަ އަހަރު ދަށްވި ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ރަނގަޅުވަމުން އައިސް މިދިޔަ އަހަރު ވަނީ އެއްކޮށް ރިކަވަރ ކުރެވިފައެވެ. އެގޮތުން، އަހަރު ނިމުނުއިރު 1.67 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރި އަދަދަށްވުރެ އިތުރުވުމެކެވެ.

މިއަހަރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ. އެގޮތުން މިއަހަރުގެ އައު ޓާގެޓެއްގެ ގޮތުގައި 1.9 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މިގޮތަށް ލަފާ ކޮށްފައިވަނީ އައު މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެ، ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމު ކަމަށްވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލުމުން އެ ޤައުމުން ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބަލާފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މިއަހަރުގެ ފުރަތަމަ ދެ ދުވަހުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައި އިޓަލީ އިން ރާއްޖޭގެ މަގުބޫލު މާކެޓުގެ ލިސްޓުގެ އެއްވަނަ ހޯދާފައިވާތީ މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ މަގުބޫލު މާކެޓަށްވުމަކީ މިހާރު ކޮންމެ ޤައުމަކުން ވެސް ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު