Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޑީސީ އޮޑިޓް ރިޕޯޓު

ކުރީ ސަރުކާރުގައި އެޗްޑީސީ ތެރެއިން އުސޫލުތަކާ ޚިލާފު އެތައް ކަމެއް ހިންގާފައިވޭ: އޮޑިޓް

އުސޫލާ ޚިލާފަށް މުވައްޒަފުންނަށް ވަޒީފާ ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 07:29
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ނިމިދިޔަ ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން އުސޫލުތަކާ ޚިލާފަށް އެތައް ކަމެއް ހިންގާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައެވެ. މި އޮޑިޓުގައި 2017 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް އެޗްޑީސީން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާއި، އެ މުއްދަތުގައި ކުންފުނީގެ ކޭޝް ފްލޯ ދަށްވުމަށް މެދުވެރިވި ސަބަބުތައް ބަލާފައިވެއެވެ. މިގޮތުން މި އޮޑިޓުގައި މުދަލާއި ޚިދުމަތް ހޯދުމުގައި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އަމަލުކޮށްފައިވޭތޯއާއި، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްފައިވަނީ ކުންފުނީގެ މަގުސަދުތައް ހާސިލްކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، ކުންފުންޏަށް ދިމާވެފައިވާ ކޭޝް ފްލޯގެ މައްސަލަތައް މެދުވެރިވާން ދިމާވި ސަބަބުތައް ދެނެގަތުން ހިމެނެއެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެޗްޑީސީއަށް މުވައްޒަފުން ހޯދުމުގައި އެކުންފުނިން އާންމުގޮތެއްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށް 2018 ވަނަ އަހަރުގެ ތެރޭގައި އާންމުކޮށް އިއުލާނު ނުކޮށް 131 މީހުންނަށް ވަޒީފާ ދީފައިވެއެވެ. އެ މީހުންނަސް ވަޒީފާ ދިނުމުގައި ކުންފުނީގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ބެކްގްރައުންށް ޗެކާއި ރިފަރެންސް ޗެކް ހަދާފައިނުވާކަމަށާއި، މުވައްޒަފުން ހޮވުމުގައި އިންޓަރވިއު ޕްރޮސެސް ހަރުދަނާގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި އެޗްޑީސީގެ ބޯޑުން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް މުވައްޒަފުން ނަގާފައިވުމާއި، މުވައްޒަފުން އިތުރުކުރުމަށް އެޗްޑީސީގެ އެއްވެސް ޑިޕާޓްމެންޓަކުން އެދިފައިވާކަމުގެ ލިޔެކިޔުން ނެތި މުވައްޒަފުން ނަގާފައިވާކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީން ކުރިއަށްގެންގޮސްފައިވާ ހިޔާވަހި މަޝްރޫއަށް ކުންފުނީގެ ކޭޝް ފްލޯއިން ޖުމްލަ 193.7 މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ކުންފުނީގެ ކޭޝަން ފްލޯއަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. މީގެ ސަބަބުން އެ ކުންފުނިން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަނީ ދަތިވެފައެވެ.

2018 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ހުޅުމާލޭ ޔޫތިު ސިޓީ ޕްރޮމޯޓުކުރުމުގެ ނަމުގައި އެޗްޑިސީން ޚަރަދުކޮށްގެން ހަދާފައިވާ ޕޯސްޓަރުތަކަކީ ހުޅުމާލޭ ޔޫތު ސިޓީ ޕްރޮމޯޓްކުރުމަށް ކޮށްފައިވާ ޚަރަދަކަށްވުރެ ބޮޑަށް އެޗްޑީސީގެ މަސައްކަތްކަކާ ގުޅުމެއް ނެތް ހަރަކާތްތަކަކަށް ކޮށްފައިވާ ޚަރަދެއްކަމަސް ފާހަގަވެފައިވާކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި މުހައްމަދު ގާސިމް ޕްރީސްކޫލްގެ ބެލެހެއްޓުން 2 ޖުލައި 2018 އިން 1 ނޮވެމްބަރު 2018 ގެ ނިޔަލަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މުއްދަތުގައި އެތަނުގައި ހިންގި ބައެއް ހަރަކާތްތަކުގައި އެވްޑީސީގެ މުވައްޒަފުންނާއި އެ ކުންފުނީގެ ބައެއް ވަސީލަތް  ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ބުނީ ހުޅުމާލޭގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް އެތަކެތި ސަޕްލައިކުރާ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ 26.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެންނެއް ނޫން ކަމަށެވެ. މަގުބައްތި ހަރުކުރުމަށް ބޭނުންވާ ތަކެތި ގަންނަން ވެފައިވާ އެއްބަސްވުމުގައިވެސް މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅޭ އެއްވެސް މާއްދާއެއް ހިމަނާފައިނުވާކަމަށާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ސިންގަލް ސޯސް އުސޫލުން ހަވާލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް މެދުވެރިވެގެން ނޫންކަން ފާހަގަވެފައިވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

ހުޅުމާލޭގައި ވޯޓަރ ތީމް ޕާކު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކޮށް ހުސްކުރުމަށް ސިންގަލް ސޯސް އުސޫލުން އެޗްޑީސީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި 18.04 މިލިއަން ރުފިޔާ ދީފައިވާކަމަށް ފާހަގަވިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި މަސައްކަތް ނިންމަން ދިން މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާފައި ނުވާތީ އިތުރު މުއްދަތު ދީ، އިތުރަށް 6.87 މިލިއަން ރުފިޔާ ދީފައިވާކަން ހާމަވެފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ މިކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޑީސީއަށް ލަފާދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު