Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ލިވަޕޫލް ބަލިކޮށް ބްރެންޓްފޯޑަށް ތާރީޚީ މޮޅެއް

ހޯމަ ދުވަހުގެ ރޭ ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 02:32
ލިވަޕޫލް އަދި ބްރެންޓްފޯޑު ކުޅުނު މެޗުގެ ތެރެއިން

ލިވަޕޫލް އަދި ބްރެންޓްފޯޑު ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑު އަތުން ބަލިވެ ގަދަ ފަހަކަށް ޖެހިލަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-1 އިންނެވެ. މިއީ 1938 ވަނަ އަހަރުގެ ފަހުން ބްރެންޓްފޯޑު އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. މެޗުގައި އެ ޓީމަށް ލީޑު ލިބުނީ ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭގެ އަތުން 19 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ ފޯވާޑު ޔޯން ވިސާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް ލަނޑު ޖެހި ވަގުތު އޭނާ އޮފްސައިޑުގައި ހުރުމުން ރެފްރީ ވަނީ ލަނޑު ބަަލައިނުގަތުމަށް ނިންމާފަ އެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ މިޑްފީލްޑަރު މަތިއަސް ޖެންސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުން ބްރެންޓްފޯޑު ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފަށް ނުކުމެ ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑު ބަލައިނުގަންނަން ވީއޭއާރުން ވަނީ ނިންމާފަ އެވެ. މި މެޗުގައި ވެސް ނޫނޭޒް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ދެ މިނެޓު ފަހުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައި، އުންމީދު ހޯދައިދިނީ އެލެކްސް އޮކްސްލެޑް ޗެމްބަލިން އެވެ. އެ ލަނޑު އޭނާ ޖެހީ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން ދަނިކޮށް، ބްރެންޓްފޯޑުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ލަނޑު ޖެހީ ބްރަޔަން އެމްބެއުމޯ އެވެ.

މެޗުން ބަލިވެ ލިވަޕޫލް އޮތީ ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ ކުޅުނު 17 މެޗުން 28 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 30 ޕޮއިންޓެވެ. ލިވަޕޫލް އަތުން މޮޅުވި ބްރެންޓްފޯޑު އޮތީ 18 މެޗުން 26 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު