Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ނަޝީދު ހުށަހެޅުއްވި 4 ޝަކުވާ އާއި ކޮމިޓީގެ ޖަވާބު

2 ޖެނުއަރީ 2023 | ހޯމަ 16:26

މާފަހުން އެކުލަވާލާ ޝަރުތުތަކެއް މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެމްބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ އަދި ގާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޖެނުއަރީ 2023 | ހޯމަ 16:26
ރައީސް މުހައްމަދު ނަޝިދު

ރައީސް މުހައްމަދު ނަޝިދު

މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާ ގުޅޭގޮތުން ޕްރައިމަރީގައި ވާދަކުރައްވާ އެއް ކެންޑިޑޭޓްކަމުގައިވާ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މައިގަނޑު ހަތަރު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ އިނގިލީގެ ނިޝާންޖެހި މެމްބަރޝިޕް ފޯމެއް ނެތިގެންކަމަށާއި އެހެން ޕާޓީއެއްގައި ނަން އޮވެގެންކަމަށް ބުނެ އެމްޑީޕީގެ 39،398 މެމްބަރުން (ޕާޓީގެ ދަފްތަރުގެ %42) މެމްބަރުން ޕާޓީގެ ދަފުތަރުން އުނިކޮށްފައި އޮތުމެވެ. މިއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއްކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މިނިވަން އިންސާފުވެރި ރިޔާސީ ޕްރައިމަރީއަކަށް ގޮވާލާ ނަޝީދު ހުށަހެޅުއްވި މިބަޔާނުގައި ވަނީ މާފަހުން އެކުލަވާލާ ޝަރުތުތަކެއް މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެމްބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް އަދި ގާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެހެންކަމުން ގަނޑުކޮށް އުނިކުރި މެމްބަރުންގެ މެމްބަރޝިޕް އިޔާދަކޮށް އެމެމްބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް ޕާޓީގެ ޗެއާ ޕާސަން އާއި އިސް އޮފިޝަލުންގެ މައްޗަށް ގޮވާލާކަމަށެވެ.

ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލާފައިވާ 5 މެމްބަރުންގެ އިންތިޚާބީ ކޮމިޓީން ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރުން އިބްރާހީމް ވަހީދު (އިބުރޭ)ވިދާޅުވީ ނަޝީދުގެ ގާތް ބޭފުޅުންނާއި ނަޝީދަށް ތާއީދުކުރާ މެމްބަރުން ޕާޓީން ވަކިކުރިކަމަށް ގަބޫލުނުކުރައްވާކަމަށެވެ. 39،000 މެމްބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުންވެސް ހިމެނޭކަމަށާއި އެބޭފުޅުން ޕާޓީން ކެނޑިފައި އޮތުމުން އަލުން ޕާޓީއަށް ރަޖިސްޓްރީވީ ކަމަށް އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުން އީސީގެ އެމްޑީޕީގެ ދަފުތަރުގައި ނެތް މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށް ނިންމި ހިސާބުންނެވެ. އެއާއެކު އެމްޑީޕީން ގެންގުޅުނު ޕާޓީގެ ލިސްޓުން 39000ށް ވުރެ ގިނަ މެމްބަރުން ވަނީ އުނިވެފައެވެ. އިބުރޭ ވިދާޅުވީ އޭގެތެރެއިން 18،000ށް ވުރެ ގިނަ މެމްބަރުންނަކީ އެހެން ޕާޓީތަކުގެ ދަފުތަރުގައި ތިބި މެމްބަރުންކަމަށެވެ.

ޕާޓީގެ ދަފުތަރަށް މިބަދަލު ގެނައީ އެންމެ ޞައްހަ ވޯޓާސް ލިސްޓެއް ބޭއްވުމަށްކަމަށާއި އޭރު އެބަދަލު ގެނެސް ޕާޓީއަށް ވަނުމަށް ތިންމަސް ދުވަސް މެމްބަރުންނަށް ދިންކަމަށް ކޮމިޓީ މެމްބަރުން ވިދާޅުވިއެވެ. އެމުއްދަތުގެ ތެރޭގައި 5500 މެމްބަރުން އަލުން ޕާޓީއާ ގުޅުނުކަމަށް ވިދާޅުވިއެވެ. މިއީ ނޭންގި ހިނގާފައިވާކަމެއް ނޫންކަމަށާއި ކުއްލިއަކަށް ހިނގާފައިވާކަމެއްވެސް ނޫންކަމަށް އިބުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެވަނަ އަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ރިޔާސީ ޕްރައިމަރީގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ ޒިންމާ އަސާސީ ގަވާއިދުން ހަވާލުކޮށްފައިވާ ކޮމިޓީ، އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ގައުމީ މަޖިލީހުން އިންތިޚާބު ކުރުމުގެ ކުރިން ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުންކޮށް، ޕާޓީން އެކަން އިއުލާނުކޮށް ކުރިޔަށް ގެންދިޔުމެވެ. ރައީސް ނަޝީދުގެ ކެމްޕެއިނުން ދެކޭގޮތުގައި އެއީ އަސާސީ ގަވާއިދާ ޚިލާފުކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އިބުރޭ ވިދާޅުވީ ކޮމިޓީ އެކުލަވާލެވުމާއެކު ކޮމިޓީ ބައްދަލުވުން ބާއްވާ އެންމެ ފުރަތަމަކަމަކަށްވެސް ބެލީ މީގެކުރިން ޕާޓީން އަމަލުކޮށްފައިވާ ގޮތްކަމަށެވެ. 5 މެމްބަރުންގެ ކޮމިޓީއެއް ނަގައިގެން ރިޔާސީ ޕްރައިމަރީއެއްގެ ކަންކަން ކޮށްފައިވަނީ 2013 އަދި 2018 ވަނަ އަހަރުކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ބޭއްވިއިރު 5 މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް އަސާސީ ގަވާއިދުގައި ނެތްކަމަށެވެ.

2013 ވަނަ އަހަރު ރިޔާސީ ޕްރައިމަރީ އަށް އިއުލާންކުރެއްވީ އޭރުގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ކަމަށާއި ޕްރައިމަރީ އޮންނާނެކަމާއި އޮންނާނެ ދުވަސް އިއުލާންކުރެއްވީ މާރިޔާ ކަމަށެވެ. އޭގެފަހުން އޮތް ގައުމީ މަޖިލީހެއްގައި ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ފާސްވިކަމަށާއި ނަމަވެސް އޭރު އޮންނަނީ ޕްރައިމަރީ ބާއްވާނެ ދުވަސް އިއުލާންކޮށްފައި ކަމަށެވެ.

އޭގެފަހުން 2018 ވަނަ އަހަރު ޕްރައިމަރީ ބާއްވަން އިއުލާންކުރެއްވީ އޭރު ޗެއާޕާސަން އަކަށް ހުންނެވި ހަސަން ލަތީފުކަމަށް އިބުރޭ ވިދާޅުވިއެވެ.

ތިން ވަނަ މައްސަލައެއްގެ ގޮތުގައި ނަޝީދުގެ ކެމްޕެއިން ޓީމުން ފާހަގަކުރައްވާފައިވަނީ 18 ޑިސެމްބަރ 2022 ގައި ރިޔާސީ ޕްރައިމަރީ އިއުލާންކޮށްފައިވާއިރު، "ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފުރަންޖެހޭ ފޯމު" އެތާރީޚުގެ މާކުރިން ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޓީމަށް ލިބި އެމުއްދަތުގައި ތާއީދު ފޯމުތައް ފުރަމުން ގެންގޮސްފައިވުމެވެ. އެގޮތުން 5 ޑިސެމްބަރ 2022ގެ މާ ކުރިއްސުރެ ކެމްޕެއިން އިސް ހަރަކާތްތެރިން ތާއީދު ފޯމުފުރާކަމުގެ ސޯޝަލް މީޑިޔާ ޕޯސްޓެއް ފޮޓޯއާއެކު އާންމުކޮށްފައިވެއެވެ.

މިކަން މިހައި ހާމަކަން ބޮޑުކޮށް ކުރުމުންވެސް، އެކަން ހިންގާފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން އެނގެނީ، ހިނގަމުންދާ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރުކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބުރޭ ވިދާޅުވީ ދެ ކެންޑިޑޭޓުންނަށްވެސް ތާއީދު ފޯމު ޑިސެމްބަރ 1 ވަނަ ދުވަހު ދީފައިވާކަމަށެވެ. އެހެންކަމުން ޑިސެމްބަރ 5 ވަނަ ދުވަހު ފޯމު ފުރަން އުޅުން އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭކަމަށެވެ.

ހަތަރު ވަނަ މައްސަލައެއްގެ ގޮތުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ފާހަގަކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ހިމެނޭ ޕާޓީގެ މެމްބަރުން އެކަނި ކަމަށެވެ. އެގޮތުން ޕާޓީގެ ނިންމުމަކީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ތާރީޚުކަމުގައިވާ 18 ޑިސެމްވަރ 2022 އާ ހަމައަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށްކަމަށެވެ.

އެހެންނަމަވެސް އެތާރީޚުގައި އީސީގެ ދަފުތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައިވާކަމަށާއި އެހެންކަމުން ގަބޫލުކުރެވެނީ އެމީސް މީހުން ދަފުތަރުގައި ހިމަނާފައިވަނީ ވާދަވެރި ކެންޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދާ ދިނުމުގެ ބޭނުމުގައި ކަމަށެވެ.

މިކަމަށް ޖަވާބު ދެއްވަމުން އިބުރޭ ވިދާޅުވީ މިމައްސަލައަށް ރިއާޔަތްކުރުމަށްފަހު ނިންމާފައިވަނީ ޑިސެމްބަރ 18 ވަނަ ދުވަހާ ހަމައަށް އީސީގެ ދަފުތަރުގައިނެތް މީހުން ދާއިމީ ލިސްޓަށް ނުލާ ގޮތަށްކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ލިބުނު މުއްދަތު ކުޑަކަން ވެސް މީގެކުރިން ފާހަގަކޮށްފައެވެ. އެމްޑީޕީން ހާމަކުރި ވޯޓަރސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިން ދައްކާ ގޮތުން ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް