Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ޓައިވާން

ޗައިނާއަށް ކޮވިޑުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުކަމަށް ޓައިވާނުން ބުނެފި

ސައި ވިދާޅުވި ގޮތުގައި ޓައިވާނުން ޗައިނާއަށް އެެހީތެރިކަން ފޯރުކޮށްދޭން ނިންމި ނަމަވެސް ޗައިނާއިން އެ ޤައުމާ ކައިރީގައި ހިންގާ މިލިޓަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެއްވެސް ބަޔަކަށް ފައިދާއެއް ނުވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖެނުއަރީ 2023 | އާދީއްތަ 04:31
ޓައިވާންގެ ރައީސް ސައި އިންގ-ވެން

ޓައިވާންގެ ރައީސް ސައި އިންގ-ވެން

ޗައިނާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ބަލިމަޑުކަމުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޓައިވާނުގެ ރައީސް ސައި އިންގްވެން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ އައު އަހަރާ ގުޅުވައިގެން ޤައުމާ މުޚާތަބު ކުރައްވައި ރިޔާސީ ގަނޑުވަރުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، މި އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ އިންސާނިއްޔަތު ކަމަށްޓަކައި ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ސައި ވިދާޅުވި ގޮތުގައި ޓައިވާނުން ޗައިނާއަށް އެެހީތެރިކަން ފޯރުކޮށްދޭން ނިންމި ނަމަވެސް ޗައިނާއިން އެ ޤައުމާ ކައިރީގައި ހިންގާ މިލިޓަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެއްވެސް ބަޔަކަށް ފައިދާއެއް ނުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ދަރަހައްދުގެ ހަމަޖެހުމަށް ވެސް އަސަރު ކުރާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އައު އަރަހާއި ދިމާކޮށް ހޮނިހިރު ދުވަހު ދެއްވި ޚިތާބުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޓައިވާނާ ގުޅޭގޮތުން މާގިނަ ވާހަކަތަކެއް ނުދައްކަވައެވެ. އެމަނިކުފާނު ހަމައެކަނި ވިދާޅުވީ ޓައިވާނުގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅުނު ނަމަވެސް އެ ޤައުމުގެ ރައްޔިތުންނާއި ޗައިނާ ރައްޔިތުންނަކީ އެއް އާއިލާއެއްގެ ބައެއް ކަމަށެވެ.

މި ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައި ވިދާޅުވީ ޝީގެ އެ ވާހަކަފުޅުތައް ރަނގަޅު ނަމަވެސް ޓައިވާނާ ކައިރީގައި ހިންގާ އޮޕަރޭޝަންތަކުން އެއްބައިވަންތަކަމަށް އެއްވެސް ވަރަކަށް އެހީތެރިކަން ނުލިބޭނެ ކަމަށެވެ. އަދި ޓައިވާނުން ބޭނުންވަނީ ޗައިނާއާއެކު ސުލްހައިގެ މަޝްވަރާތައް ކުރަން ކަމަށް ވެސް އެކަމަނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ސައި ވިދާޅުވީ ޓައިވާނަށް އަންނަ ކޮންމެ ހަމަލާއެއް ދިފާއު ކުރުމަށް އެ ޤައުމު ތައްޔާރަށް އޮތް ކަމަށެވެ. އަދި އެ ޤައުމުގެ ކުރިމަގު ނިންމާނީ އެ ޤައުމުގެ 23 މިލިއަން މީހުންގެ އާބާދީ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޗައިނާއިން ދެކޭ ގޮތުގައި ސައި އަކީ ވަކިވެގަތުމުގެ ޚިޔާލު ގެންގުޅުއްވާ ބޭކަނބަލެކެވެ. އެހެންކަމުން އެ ޤައުމުން އެކަމަނާއާ ސުލްހައިގެ މަޝްވަރާތައް ކުރަން ބޭނުން ނުވެއެވެ. އަދި ސައި ޤައުމާ މުޚާތަބު ކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޗައިނާގެ މިލިޓަރީ 12 އެއަރކްރާފްޓެއް އެ ޤައުމުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2018

ރަޝިއާގެ ހަތިޔާރު ގަތުމުން އެމެރިކާ އިން ޗައިނާއަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

21 ސެޕްޓެމްބަރު 2018
ރަޝިއާގެ ހަތިޔާރު ގަތުމުން އެމެރިކާ އިން ޗައިނާއަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި
17 ސެޕްޓެމްބަރު 2018

ބާރުގަދަ ތޫފާން މަންޚޫތު ޗައިނާއަށް އަރައިފި

17 ސެޕްޓެމްބަރު 2018
ބާރުގަދަ ތޫފާން މަންޚޫތު ޗައިނާއަށް އަރައިފި
12 އެޕްރީލު 2018

ނަރވް އެޖެންޓް ހަމަލާ: ރަޝިއާގެ އެހީތެރިކަން ޔޫލިއާ ބޭނުމެއް ނުވި

12 އެޕްރީލު 2018
ނަރވް އެޖެންޓް ހަމަލާ: ރަޝިއާގެ އެހީތެރިކަން ޔޫލިއާ ބޭނުމެއް ނުވި
27 ޖެނުއަރީ 2018

ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް

27 ޖެނުއަރީ 2018
ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް
08 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި

08 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި
30 ސެޕްޓެމްބަރު 2017

ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!

30 ސެޕްޓެމްބަރު 2017
ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!
14 ސެޕްޓެމްބަރު 2017

އިތުރު ރޮހިންޖާ މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!

14 ސެޕްޓެމްބަރު 2017
އިތުރު ރޮހިންޖާ  މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!
03 ޖޫން 2017

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު