Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނިޒުވޭލާ

ވެނެޒުވޭލާގެ ސްޕްރީމް ކޯޓުގެ އިމާރާތަށް ހަމަލާ ދީފި

އެއްވެސް ބަޔަކު މަރުވި ކަމެއް އަދި ޒަޚަމްވި ކަަމެއް އަދި ނޭނގޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 06:33
ވެނިޒުވޭލާ

ވެނިޒުވޭލާ

ވަގަށް ނަގާފައިވާ ފުލުހުންގެ ހެލިކޮޕްޓަރަކުން ވެނެޒުވޭލާގެ ސްޕްރީމް ކޯޓުގެ އިމާރާތަށް ހަަމަލާ ދީފިއެވެ.

އޮފިޝަލުން ބުނެފައިވަނީ ސްްޕްރީމް ކޯޓުގެ އިމާރާތަށް ހަމަލާ ދިނީ އަތު ބޮން ބޭނުންކޮށްގެން ކަމަށާއި އެގޮތުން ހަމަލާ ދިނީ ހެލިކޮޕްޓަރުން ހަތަރު ބޮން އެއްލައިގެން ކަމަށެވެ. މީގެ އިތުރުން ވެނެޒުވޭލާގެ އިންޓީރިއާ މިނިސްޓްރީގެ އިމާރާތަށް ވެސް ހެލިކޮޕްޓަރުން ބަޑި ޖަހާފައި ވެއެވެ.

ސްޕްރީމް ކޯޓަަށާއި އަދި އިންޓީރިއާ މިނިސްޓްރީއަށް ދިން ހަމަލާއާ ބެހޭ ގޮތުން ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެފައި ވަނީ އެއީ "ޓެރަރިސްޓް" ހަމަލާއެއް ކަަމަށެވެ.

ހަމަލާއާ ބެހޭ ގޮތުން އިންފޮމޭޝަން މިނިސްޓަރު އާރނެސްޓޯ ވިލެގަސް ވިދާޅުވީ ވަގަަށް ނަގާފައިވާ ހެލިކޮޕްޓަރުން ފުރަތަމަ ހަމަލާ ދިނީ އިންޓީރިއާ މިނިސްޓްރީ އަށް ކަމަށާއި އެގޮތުން އެ މިނިސްޓްރީގައި ރަސްމިއްޔާތެއް ކުރިއަށް ދަނިކޮށް ބަޑި ޖެހީ ކަމަށެވެ. އަދި އެއަށްފަހު އެ އިމާރާތާ ގާތުގައި ހުންނަ ސްޕްރީމް ކޯޓަށް ހަަމަލާ ދިނީ ކަމަށެވެ.

އަންގާރަ ދުވަހު ވެރިރަށް ކަރަކަސްގައި މިހާދިސާ ހިނގިއިރު ރައީސް މަޑޫރޯ ގެންދެވީ ގަނޑުވަރުކޮޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އަދި އެ ބައްދަލު ކުރެއްވުން ދިޔައީ ދައުލަތުގެ ޓީވީން ދުރަށްދައްކަމުންނެވެ. މަޑޫރޯ ވިދާޅުވީ ހަމަލާތަކުގައި އެއްވެސް މީހަކު ޒަޚަމްނުވާ ކަަމަށެވެ. އަދި ސްޕްރީމް ކޯޓަށް އެއްލި ބޮން ގޮވާފައި ނުވާ ކަމަށެވެ.

މަަޑޫރޯ އަށް ފާޑުކިޔަމުން އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މަޑޫރޯ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަަމަށާއި އޭގެ ބޭނުމަކީ ގާނޫނު އަސާސީ އަލުން ލިޔުމާ ދެކޮޅަށް ނިކުންނަ ފަރާތްތަކަށް އަނިޔާވެރިކޮށް އަމަލު ކުރުން ކަމަށެވެ.

އޭޕީގެ ރިޕޯޓަރަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ ވެރިރަށް ކަރަކަސްގެ ޑައުންޓައުން އިން ހެލިކޮޕްޓަރުގެ އަޑު އިވުނު ކަމަށާއި އެހެންނަމަވެސް ބަޑިޖެހީ ކޮންތަނަކުން ކަން ކަށަވަރު ނުކުރެވޭ ކަަމަށެވެ.

ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު