Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ސަންޖޫގެ ކާމިޔާބީ: ހަފްތާއެއްގެ ތެރޭގައި 200 ކްރޯޑަށް އަރައިފި

މިހާ ބޮޑު އާމްދަނީއެއް ލިބިފައިމިވަނީ  ރިލީޒް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ދުވަހެއް ނުހިމަނާ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 7 ޖުލައި 2018 | ހޮނިހިރު 07:51
ސަންޖޫގެ ޕޯސްޓަރު

ސަންޖޫގެ ޕޯސްޓަރު

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި 200 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

މިދިޔަ މަހު 29 ގައި ރިލީޒްކުރި މި ފިލްމަށް މިހާ ބޮޑު އާމްދަނީއެއް ލިބިފައި މިވަނީ ރިލީޒްކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ދުވަހެއް ވެސް އޭގެ ތެރޭގައި ނުހިމެނި އެވެ.

އެހެން ކަމުން "ސަންޖޫ" ވެފައި ވަނީ ބަންދު ދުވަހެއް ވެސް ނުލައި 200 ކްރޯޑް ހަމަކުރި ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.

ރާޖް ކުމާރް ހިރާނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ހުކުރު ދުވަހާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 284.68 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރާފައެވެ.

އަދި "ސަންޖޫ" ވެފައި މިވަނީ ރަންބީރްގެ ފުރަތަމަ 200 ކްރޯޑް ފިލްމެވެ. ރަންބީރްގެ ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބުން ކުރިން ޖާގަ ހޯދާފައިވާ ފިލްމްތަކަކީ 2016 ގައި ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" (112.48 ކްރޯޑް)، 2013 ގައި ރިލީޒް ކުރި "ޔެ ޖަވާނީ ހޭ ދީވާނީ" (188.57 ކްރޯޑް) އަދި 2012 ގައި ރިލީޒްކުރި "ބަރްފީ" (112.15 ކްރޯޑް) އެވެ.

"ސަންޖޫ" 100 ކްރޯޑްގެ ކްލަބަށް ވަދެފައިވަނީ ފިލްމް ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައެވެ.

މީގެ ކުރިން ބޮކްސް އޮފީހުގައި އެންމެ އަވަހަށް 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބާހްބަލީ: ދަ ކޮންކްލޫޝަން" އެވެ. މި ފިލްމް 200 ކްރޯޑަށް އަރާފައިވަނީ އެންމެ ހަ ދުވަހުގެ ތެރޭގަ އެވެ. "ސަންޖޫ" އާ އެއްގޮތަށް ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑްގެ އާމްދަނީއެއް ހޯދި ފިލްމްގެ ރިކޯޑް ދެން އޮތީ މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމް "ޓައިގާ ޒިންދާ ހޭ" އަތުގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ބުނި ގޮތުގައި "ސަންޖޫ" ގެ ވިޔަފާރި މިހާރު ދާ ސްޕީޑަށް ބަލާ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމަށް ވެދާނެ އެވެ.

ބެލުންތެރިން ފިލްމްގެ ޖާދޫގައި ވަރަށް ގަދައަށް ޖެހިފައިވާ ކަމަށާއި މި ފިލްމް ދަނީ ހިފެހެއްޓުމެއް ނެތި ކުރިއަށް ކަމަށެވެ.

"ސަންޖޫ" މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު