Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގްރީން ފަންޑް ރިޕޯޓު

ނޮވެމްބަރު މަހު ގްރީން ފަންޑަށް އިތުރުވީ 24.9 މިލިއަން ރުފިޔާ

ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި 76،288،124.28 ރުފިޔާ ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2022 | ހުކުރު 07:13
2022 ވަނަ އަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ

2022 ވަނަ އަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ

2022 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ގްރީން ފަންޑަށް އިތުރުވީ 24،919،193.21 (ސައްވީސް މިލިއަން ނުވަލައްކަ ނަވާރަހާސް ސަތޭކަ ނުވަދިހަ ތިންރުފިޔާ އެކާވީސް ލާރި) ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ނޮވެމްބަރު މަހުގެ ގްރީން ފްންޑު ރިޕޯޓު އާންމުކޮށްފައެވެ. މި ފަންޑަށް ޖަމާވަނީ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއެވެ. މި ފަންޑަށް ޖަމާވާ ފައިސާއިން ހިންގާ މަޝްރޫއުތަކުގެ ތަފްސީލު މި ރިޕޯޓުގައި އާންމުކޮށްފައިވެއެވެ.

Advertisement - newsAdvertisement

ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި 76،288،124.28 (ހަތްދިހަ ހަތްމިލިއަން ދެލައްކަ އަށްޑިހަ އަށްހާސް ސަތޭކަ ސައްވީސް ރުފިޔާ އަށާވީސް ލާރި) ލިިބިފައިވެއެވެ. މިގޮތުން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓުތަކުންނެވެ.

ރިސޯޓުތަކުން 70،224،558.04 (ހަތްދިހަމިލިއަން ދެލައްކަ ސައްވީސްހާސް ފައްސަތޭކަ ފަންސާސް އަށްރުފިޔާ ހަތަރު ލާރި) ލިބިފައިވެއެވެ. ހޮޓާތަކުން 1،841،651.10 (އެއްމިލިއަން އަށްލައްލަ ސާޅީސްއެއްހާސް ހަސަތޭކަ ފަންސާސް އެއް ރުފިޔާ ދިހަ ލާރި) ލިބިފައިވެއެވެ. ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަތުން 2،137،394.16 (ދެމިލިއަން އެއްލައްކަ ތިރީސްހަތްހާސް ތިންސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ސޯޅަ ލާރި) ލިބިފައިވެއެވެ. ލިވަރބޯޑުތަކުން 2،082،170.90 (ދެމިލިއަން އަށްޑިހަ ދެހާސް ސަތޭކަ ހަތްދިހަ ރުފިޔާ ނުވަދިހަ ލާރި) ލިބިފައިވެއެވެ. އަދި ހޯމްސްޓޭތަކުން 2،350.08 ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއާއެކު ނޮވެމްބަރު މަހު ގްރީން ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 76،288،124.28 (ހަތްދިހަ ހަތްމިލިއަން ދެލައްކަ އަށްޑިހަ އަށްހާސް ސަތޭކަ ސައްވީސް ރުފިޔާ އަށާވީސް ލާރި) އަށް އަރާފައެވެ.

ގްރީން ފަންޑު ރިޕޯޓުން ބުނާގޮތުގައި ނޮވެމްބަރު އެ ފަންޑުން ވަނީ 51،368،931.07 (ފަންސާސް އެއްމިލިއަން ތިންސަތޭކަ ފަސްދޮޅަސް އަށްހާސް ނުވަސަތޭކަ ތިރީސްއެއް ރުފިޔާ ހަތް ލާރި) ގެ މަޝްރޫއު ހިންގާފައެވެ. މި ފަންޑުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ލ. ފޮނަދޫގައި ފެނުގެ ކޮލިޓީ ތަހުލީލުކުރާ ލެބެއް ގާއިމްކުރުމާއި، ނަރުދަމާ ނިޒާމު ގާއިމްކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމާއި، ވޯޓަރ ސަޕްލައި ގާއިމްކުރުމާއި އަދިވެސް އިތުރު ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވެއެވެ.

މިއާއެކު ނޮވެމްބަރު މަހު ގްރީން ފަންޑަށް އިތުރުވެފައިވަނީ 24،919،193.21 (ސައްވީސް މިލިއަން ނުވަލައްކަ ނަވާރަހާސް ސަތޭކަ ނުވަދިހަ ތިންރުފިޔާ އެކާވީސް ލާރި) ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއާއެކު މިހާރު ގްރީން ފަންޑުގައި ބާކީ ހުރީ 826،827،846.12 (އަށްސަތޭކަ ސައްބީސް މިލިއަން އަށްލައްކަ ހަތާވީސްހާސް އަށްސަތޭކަ ސާޅީސް ހަރުފިޔާ ބާރަ ލާރި) ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

2022 ވަނަ އަހަރު ފެށުނު އިރު މި ފަންޑުގައި ހުރީ 708،145،756.53 (ހަތްސަތޭކަ އަށްމިލިއަން އެއްލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ ފަންސާސް ހަރުފިޔާ ފަންސާސް ތިންލާރި) ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު