Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޖީއެސްޓީ ރޭޓަށް ބަދަލު ގެނައުން

1 ޖެނުއަރީން ފެށިގެން އަގުތައް ހުންނަންވާނީ ޖީއެސްޓީގެ އައު ރޭޓުގައި: މީރާ

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް %16 އަށް ބޮޑުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2022 | ހުކުރު 02:54
މީރާ

މީރާ

1 ޖެނުއަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެސްޓީގެ އައު ރޭޓު ހިމަނައިގެން ކަަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

1 ޖެނުއަަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް %16 އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް %8 އަށް ބަދަލުވާނެއެވެ. މިއާއެކު މިކަމަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަން ދޭންވީ ކަންކަން ހިމެނޭ ފެކްޓް ޝީޓެއް މީރާއިން ވަނީ އާންމުކޮށްފައެވެ.

މީރާއިން ބުނީ 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޮރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތައް 1 ޖެނުއަރީ ވަނަ ދުވަހު ހުޅުވާ ވަގުތުން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށަންޖެހޭނެ ކަމަށެވެ. އެ ނޫން ހުރިހައި ފަރާތްތަކަކުން 1 ޖެނުވަރީ 2023 ގެ 00:00 ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނަގަން ފަށަން ޖެހެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 1 ޖެނުއަރީ 2023 އިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެސްޓީގެ އައު ރޭޓު ހިމަނައިގެންނެވެ. އެހެން ނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، 1 ޖެނުއަރީގެ ކުރިން ނަގާނެ އަގާއި އޭގެ ފަހުން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ބަދަލައް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، 1 ޖެނުއަރީ 2023 ގައި ޖީއެސްޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެހެންކަމުން، 1 ޖެނުއަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި

ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި

25 އެޕްރީލު 2019
ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވަރކްޝޮޕް ރާއްޖޭގައި ފެށިގެން ކުރިއަށް

ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވަރކްޝޮޕް ރާއްޖޭގައި ފެށިގެން ކުރިއަށް

20 އެޕްރީލު 2019
މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން

މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން

03 ފެބުރުއަރީ 2019
މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

09 ޖެނުއަރީ 2019
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

19 ޖުލައި 2018

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު