Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ތަރައްގީ

ސަރުކާރުން ކަމެއް ނުކޮށްދޭކަމަށް ދައްކާ ވާހަކަތަކަށް ރައީސް ޖަވާބު ދެއްވީ ނަންބަރުތަކުން

47 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވެސް ނިމިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 08:34
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީގެ މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ނަންބަރުތަކުން އެމަނިކުފާނު ޖަވާބު ދެއްވައިފިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތަކުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ސަރުކާރުން ކުރިއަށްގެންދާ ކަމުގައެވެ. މި ގޮތުން ކުރިއަށްދާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 141 މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމަށް 144 ރަށެއްގައި 313 ޖަނަރޭޓަރު ސެޓު ބެހެއްޓިފައިވާ ކަމުގައެވެ. އަދި، 76 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 47 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށާއި، އިތުރު 36 ރަށެއްގައި އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. އަދި 31 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތާއި، 7 ރަށެއްގެ ބިން އިތުރު ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 8 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމުގައެވެ.

ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ދާއިރާއިން 31 މަޝްރޫޢެއްގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށާއި، ރަށްރަށުގައި ހުރި ޓަރޝަރީ ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރުމަށް ތަފާތު 40 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމުގައެވެ.

ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ޒަމާންވީ އެންމެ ބޮޑު އެއް ތަކުލީފު ކަމުގައިވާ ދަތުރުފަތުރު ކުރުމަށް އޮތް ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ހިއްސާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅައިލުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މާލެ ސިޓީގެ އިތުރުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ތަޢާރުފުކޮށް، އެ ސަރަޙައްދުތަކުގެ ރައްޔިތުން އެ ޚިދުމަތުގެ މަންފާ ހޯދަމުންދާ ކަމުގައެވެ.

އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މި ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ހިލޭ ޑިގްރީ ޕުރޮގުރާމުގައި މިހާތަނަށް 16,000 އަށްވުރެ ގިނަ މީހުން މަތީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ޤާނޫނީ ގޮތުން ކަށަވަރު ކޮށްދެއްވާފައިވާނެ ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ 10,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި، ލާމަރުކަޒީ ބޮޑެތި ބަދަލުތަކެއް ގެންނަވައި، ކުރިން މާލެއަށް ޖަމާކޮށްފައި އޮތް ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައްވާފައިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު