Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަފްސާނީ ދުޅަހެޔޮކަން

މިއީ ނަފްސާނީ ސިއްހަތުގެ މުހިންމުކަން ގަބޫލުކުރާ ސަރުކާރެއް

ނަފްސާނީ ދުޅަހެޔޮކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކުނީ މި ސަރުކާރުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2022 | އާދީއްތަ 09:43
ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް

ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް

އިންސާނެއްގެ ދިރިހުރުމަށް ޖިސްމާނީ ސިއްހަތު މުހިންމުވާ ފަދައިން ނަފްސާނީ ގޮތުން ދުޅަހެޔޮ ވުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ޖިސްމާނީ ގޮތުން ދުޅަހެޔޮ ނުވުމާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ނުވުމަކީ އިންސާނާ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެއީ މި ދެކަމަކީވެސް ކޮންމެވެސް ހިސާބަކުން މީހާގެ ފުރާނައާ ގުޅޭ ކަމަކަށް ވާތީއެވެ. ޖިސްމާނީ ގޮތުން މީހާ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭނެ ހުރިހާ ކަމެއްހެން މިއަދު ވަނީ ފަހިވެފައެވެ. އެހެންނަމަވެސް ނަފްސާނީ ސިއްހަތަށް ބަލާއިރު އަދި މިކަން މިއޮތީ ވަރަށް ޅަކޮށެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ގިނަ މީހުން ބަލާ ކަމެކެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ ނުވުމަކީ މުޅި މީހާ ބަލިކަށިކޮށްލައި މުޅި ދިރިއުޅުން ހަލާކުވާ ކަމަކަށް ވާތީއެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮކަންމަތީ ދެމިހުރުމަށް އެމީހަކު އަމިއްލައަށް ކުރެވޭނެ ކަންތައްތަކެއް ހުރެއެވެ. އެހެންނަމަވެސް ބަލީގައި ބޮޑުވަރުވާ މީހަކަށް އަމިއްލަ މަސައްކަތުން މިކަމުން އަރައިގަތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މިއީ ކޮންމެވެސް މީހެއްގެ އެހީ ބޭނުންވާ ހިސާބެވެ. ނުވަތަ މިކަމުގެ ސްޕެޝަލިސްޓެއްގެ އެހީ ބޭނުންވާ ހިސާބެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުމާއި އެތައް ބަޔަކު ހަލާކުގެ ތެރެއަށް ދާތީއެވެ. އެތަންތަނުގައި މިފަދަ ސްޕެޝަލިސްޓުންގެ އެހީ ފަސޭހައިން ލިބެއެވެ. އަދި މި އެހީ ހޯދާ މީހާގެ ޖީބަށް ލުއިކޮށް މިކަން ކުރެވެއެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. ޒަމާންތަކެއްވަންދެން މިކަން ދެމިގެންދާއިރު، ފަސޭހަކަމާއެކު ރާއްޖެއިން މި ފަރުވާ ހޯދުމަކީ އަދިވެސް އުނދަގޫ ކަމަކަށް ވެއެވެ. ސަބަބަކީ އެކަށީގެންވާ މިންވަރަކަށް މި ޚިދުމަތް ނުދެވުމެވެ.

ސަރުކާރުން އިސްނަގައިގެން މި ޚިދުމަތަކީ މުހިންމު ޚިދުމަތެއް ކަމުގައި ދެކިގެން މީގެ ކުރިން މިކަން ފަށާފައެއް ނެތެވެ. އަމިއްލަ ބައެއް ފަރާތްތަކުން މި ފަރުވާ ފޯރުކޮށްދެމުންދިޔަނަމަވެސް ފަރުވާ ހޯދަން ފަށައި ވަކި ހިސާބަކުން ޖެހެނީ ހުއްޓާލާށެވެ. ސަބަބަކީ ރައްޔިތުމީހާގެ ޖީބަށް ކެތްނުވާވަރަށް ޚިދުމަތަށް އަގުނަގަން ފެށުމެވެ. މިކަން މިހެން އޮއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ޚާއްސަ އިސްކަމެއް ދެއްވައިގެން މި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ. ހަމަގައިމުވެސް މި ޚަބަރު ވެގެންދިޔައީ އެތައް ބަޔަކަށް ލިބުނު ވަރަށްވެސް އުފާވެރި ޚަބަރަކަށެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވަނީ "ސެންޓަރ ފޮރ މެންޓަލް ހެލްތު"ގެ ނަމުގައި އައިޖީއެމްއެޗްގައި ސެންޓަރެއް ހުޅުވައިދެއްވާފައެވެ. މިއާއެކު އާސަންދައިގެ ދަށުން މި ޚިދުމަތް ހޯދޭނެ ގޮތް މަގުފަހިވިއެވެ. އެހެންނަމަވެސް މިއާއެކު އައި ކަންބޮޑުވުމަކީ ކިއު ދިގުވެ، އެޕޮއިންޓްމެންޓް ލިބުން ލަސްވެ، އެތައް ދުވަހެއް ވަންދެން ޚިދުމަތް ނުލިބި މަޑުކުރަންޖެހުމެވެ. މިއާއެކު ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ވަނީ ހުޅުވައިދެއްވާފައެވެ. ޚިދުމަތް ދަނީ ފުޅާކުރައްވަމުންނެވެ.

މި ފަރުވާ މުޅި ރާއްޖެއަށް ފަތުރާލުމަށްވެސް މި ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒުގެ ދަށުން ރާއްޖޭގެ 5 ސަރައްހައްދެއްގައި ގާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލުތަކުން މި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މިއާއެކު އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ހޯދިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ހަމަ މިއާއެކު މި ޚިދުމަތް ފުޅާވަމުންދާ ވަރަކަށް މި ދާއިރާގެ ފަންނުވެރިން ބިނާކުރުމަކީ މުހިންމު ކަމަކަށްވާތީ މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސްކޮލަރޝިޕްތަކަށްވެސް އެކި ފަހަރު މަތިން ދަނީ ހުޅުވާލަމުންނެވެ.

ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ހުއްޓާނުލާ ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށްވެސް މުހިންމު ނިންމެވުމެއް ނިންމަވާފައެވެ. އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓު"ގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ. މިއީ މި މަސައްކަތްތަކަށް ހުއްޓުމެއްނެތި މާ ފުރިހަމަކޮށް ކުރިއަށްގެންދިއުމަށް މަގުކޮށިގެންދިޔަ ކަމެކެވެ.

މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅައި، ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް، ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކޮށް، ނަފްސާނީ ސިއްހަތާއި ގުޅުންހުރި މަސައްކަތްތައްކުރާ އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން ހިމެނެއެވެ.

މިއާއެކު މާ ހަރުދަނާ ކަންމަތީގައި މި ޚިދުމަތް ދިނުމަށް މިވަނީ މަގުފަހިވެފައެވެ. އަދި މިއީ ހުއްޓުމެއްނެތި ކުރިއަށްދާނެ ޚިދުމަތެއްކަން ވަނީ ޔަގީންވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު