Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ކާމިޔާބު ވޯލްޑް ކަޕަކަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ދެ ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2022 | އާދީއްތަ 02:19
ފީފާގެ ރައީސް އިންފަންޓީނޯ ޤަތަރުގައި

ފީފާގެ ރައީސް އިންފަންޓީނޯ ޤަތަރުގައި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ އާއިލާއާ ވެސް އެކުގައެވެ. ޗުއްޓީ ހޭދަކުރެއްވުމަށް އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހުއެވެ. މިއަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ތާރީޚުގައި ވެސް މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ވޯލްޑް ކަޕް މުބާރާތް ކަަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ. އަދި ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް ބައްލަވާލެއްވުމަށް ވެސް އިންފަންޓީނޯ ވަނީ ސްޓޭޑިއަމްތަކަށް ވަޑައިގެންފައެވެ.

މިއަހަރުގެ ވޯލްޑް ކަޕް މުބާރާތާ ގުޅިގެން ހުޅަނގުގެ ބައެއް ޤައުމުތަކުގެ ނުރުހުމާއި ފާޑުކިޔުން ޤަތަރަށް އަމާޒުވަމުން ދިޔަ ވަގުތެއްގައި، އިންފަންޓީނޯ ވަނީ ޤަތަރުގެ ދިފާއުގައި ނުކުންނަވާފައެވެ. އެކަމާ ގުޅިގެން އިންފަންޓީނޯ ވަނީ ދޮޅު ގަޑިއިރަކަށް ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫރަޕުގެ ޤައުމުތަކަށް ބަހުގެ ހަމަލާތަކެއް ވެސް ފޮނުއްވާފައެވެ. އިންފަންޓީނޯ ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ.

ޤަތަރުގައި ނިމުނު ވޯލްޑް ކަަޕަށް ފަހު އެކި ޤައުމުތަކުގެ ކުޅުންތެރިން އަންނަނީ ރާއްޖެ އަންނަމުންނެވެ. އެގޮތުން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗާއި، ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާގެ އިތުރުން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައިވާއިރު، މިއީ އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. ކުރިން ފީފާގެ ރައީސްކަމުގައި ހުންނެވި ސެޓް ބްލެޓާ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު