Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގެ މުހިންމު ހަތަރު ކުޅުންތެރިޔެއްގެ އެއްބަސްވުން އައު ކުރަނީ

އެއްބަސްވުން އައު ކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ހަތަރު ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑާއި، ލޫކް ޝޯއާއި، ޑިއެގޯ ޑެލޮޓްގެ އިތުރުން ފްރެޑްގެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2022 | އާދީއްތަ 02:13
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓާ ޔުނައިޓެޑުގެ މުހިންމު ހަތަރު ކުޅުންތެރިއެއްގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް ނިންމާފައިވާކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އެއްބަސްވުން އައު ކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ހަތަރު ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑާއި، ލޫކް ޝޯއާއި، ޑިއެގޯ ޑެލޮޓްގެ އިތުރުން ފްރެޑެވެ. މި ހަތަރު ކުޅުންތެރިންގެ އެއްބަސްވުންވެސް ހަމަވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށެވެ. ހަތަރު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރާ ވާހަކަ ޓެން ހާގް ބުނެފައިވަނީ ވޯލްޑް ކަޕަށްފަހު ކުޅޭ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓެން ހާގް ބުނެފައިވަނީ ޓީމު މިހާރު ދަނީ ރަނގަޅު މިސްރާބަކަށްކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑު އެ މިސްރާބަށް ދިޔުމުގައި އެ ހަތަރު ކުޅުންތެރިންގެ ވެސް ހިއްސާ ބޮޑުކަމަށެވެ. އަދި ޓެން ހާގްގެ ޕްލޭންގައި އެ ހަތަރު ކުޅުންތެރިން ހިމެނޭކަމަށެވެ.

ވޯލްޑް ކަޕަށް ދިއުމުގެ ކުރިން ހަތަރު ކުޅުންތެރިންވެސް ވަނީ މެންޗެސްޓަރ ޔުނައިޓެޑުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ވޯލްޑް ކަޕަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ފުރަތަމަ ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 01:00ގަ އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އަންނަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މިހާތަނަށް ކުޅުނު 14 މެޗުން 26 ޕޮއިންޓު ހޯދާފައެވެ. އެ ޓީމުން އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.  

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު