Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންވަރު އިބްރާހީމް

އަންވަރު އިބްރާހީމް "މޯޝަން އޮފް ކޮންފިޑަންސް ވޯޓު" ކާމިޔާބުކުރައްވައިފި

19 ޑިސެމްބަރު 2022 | ހޯމަ 16:15

އަންވަރަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި ތާއީދުކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ޑިސެމްބަރު 2022 | ހޯމަ 16:15
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

މެލޭޝިޔާގެ އައު ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހޯމަ ދުވަހު މަޖިލީހުގައި ނެގުނު މޯޝަން އޮފް ކޮންފިޑަންސް ވޯޓު، އޭނާ ކާމިޔާބުކުރައްވައިފިއެވެ. މިފަދަ ވޯޓެއް ނެގުމަށް ކުރިން ނިންމާފައިވަނީ މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި، ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބި، ފުރަތަމަ ފަހަރަށް ވަކި ކޮޅަކަށް ބުރަނުވާ ސަރުކާރެއް އޮންނަން ދިމާވުމުންނެވެ.

ސަރުކާރު އެކުލަވާލާނެ ޕާޓީއެއް ވޯޓުން ޔަގީން ނުވުމުން ރަސްގެފާނު ނިންމެވީ ޕާޓީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ގިނަ މީހުން ތާއީދުކުރާ ބޭފުޅަކު މަގާމަށް އައްޔަން ކުރެއްވުމަށެވެ. އެގޮތުން މަގާމަށް އައްޔަންކުރެވިފައިވަނީ އަންވަރު އިބްރާހީމެވެ. އެއީ ފަހުން އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގާގޮތަށެވެ.

އަންވަރަށް މެޖޯރިޓީ އޮތްކަން ސާބިތުކޮށްދެއްވުމަށް ހޯމަދުވަހު މަޖިލީސް ހުޅުވާދެއްވާފައިވެއެވެ. އޭގެ ކުރިން، ވާދަވެރި، ކުރީގެ ރައީސް މުހްޔިއްދީން ޔާސީން ވަނީ އަންވަރަށް މެޖޯރިޓީ ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ޝައްކު އުފައްދަވާފައެވެ.

މިއަދުގެ ކޮންފިޑަންސް ވޯޓު ނަގާފައިވަނީ އަނގަބަހުން "އާނ" ނުވަތަ "ނޫން" ވިދާޅުވެގެންނެވެ. ވޯޓަށްފަހު، ކޮމިޔުނިކޭޝަންސް އެންޑް ޑިގިޓަލް މިނިސްޓަރ ފަހުމީ ފަޒީލް ވިދާޅުވީ "އާނ" ވޯޓުގެ ތިންބައިކުޅަ ދެބައި ލިބިފައިވާ ކަމަށެވެ. އެހެންކަމުން އަޣުލަބިއްޔަތު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ވަރުގަދަ އެއްބާރުލުމާއެކު މެލޭޝިޔާގެ ޔުނިޓީ ސަރުކާރު މިވަގުތު އޮތީ ވަރުގަދަކޮށް ކަމަށާއި، ސަރުކާރުން ދެން ފޯކަސްކުރަމުން ގެންދާނީ ރައްޔިތުންގެ ވެލްފެއަރއަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މެލޭޝިޔާގެ ޕާރލިމެންޓްގައި 222 މެމްބަރުން ހިމެނޭއިރު، އިދިކޮޅުން ގެންދިޔައީ އަންވަރަށް ތާއީދުކުރީ ކޮންބައެއްކަން ސާފުނުވާކަމަށް ބުނަމުންނެވެ.

އަންވަރު މިދިޔަމަހު ވަނީ މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައެވެ.

މެލޭޝިއާދުނިޔެ

އިތުރަށް ކިޔާލަން

17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
04 އޮކްޓޯބަރު 2024

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި
18 ސެޕްޓެމްބަރު 2024

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި
20 ޖުލައި 2024

މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި

20 ޖުލައި 2024
މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
03 ޖުލައި 2024

ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި

03 ޖުލައި 2024
ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް