Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބުރިޖުގެ މަސައްކަތް

ބުރިޖުގެ މަސައްކަތަށް ބަދަލެއް ނާދޭ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުރާނެ އަސަރު ދަނީ ބަލަމުން - ޕްލޭނިންގ މިނިސްޓްރީ

މިހާރުވެސް އެކި މަރުހަލާތަކުގައި މަސައްކަތްތައް ކުރިއަށްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޑިސެމްބަރު 2022 | ހޯމަ 11:32
ބްރިޖް މަސައްކަތް ހިނގާގޮތް ޖޮއިންޓް ކޮމިޓީން ބަލަނީ

ބްރިޖް މަސައްކަތް ހިނގާގޮތް ޖޮއިންޓް ކޮމިޓީން ބަލަނީ

ބުރިޖުގެ މަސައްކަތް ކުރާ މުވައްޒަފުންގެ ގުޅީފަޅުގައި ހުންނަ އެކަމަޑޭޝަންގައި ރޯވި ނަމަވެސް، ބުރިޖުގެ މަސައްކަތަށް ބަދަލެއް ނާންނަ ކަމަށާއި، ނަމަވެސް ހާދިސައާއި ގުޅިގެން އަންނާނެ އިމްޕެކްޓް ބަލަމުން އަންނަ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ބުރިޖުގެ މަސައްކަތާއި ގުޅޭގޮތުން، ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލަކު ވިދާުޅުވީ ބުރިޖުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. މިހާރުވެސް އެކި މަރުހަލާތަކުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ގުޅިފަޅުގައި ހުންނަ އެފްކޮންސްގެ މުވައްޒަފުންގެ އެކޮމަޑޭޝަންގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން މަސައްކަތަށް އެއްވެސް ކަހަލަ އަސަރެއް ކުރާނެތޯ ބަލަމުން އަންނަ ކަމަށާއި، މި ހަފްތާ ތެރޭގައި އެކަން ދެނެގަނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންގެ އެކަމަޑޭޝަންގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސަމުން ދާކަމަށެވެ. އެގޮތުން ހުޅުމާލެއިންނާއި، އަދި އެޗްޑީސީގެ ފަރާތުން ގުޅިފަޅުން ވެސް އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.

ބްރިޖުގެ ތަނބުތަކުގެ ތެރެއިން އެއްގަމުގައި ޖަހާ ފުރަތަމަ ތަނބު ވަނީ ޖަހާފައެވެ. މިތަނބު ޖެހީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައެވެ. ތިލަމާލެ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ކޮޅުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގުޅާލާނީ މާލެ އާއި ވިލިމާލެ އެވެ. އެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2024 ގައި ކަމަށް ސަރުކާރުން ބުނެއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިމާލެ ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން އެ މަޝްރޫއެއްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފައިފައިވާ މި ބިޔަބޮޑު މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.

ތިލަމާލެ ބްރިޖްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއެފްކޮންސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
01 އޮކްޓޯބަރު 2024

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
20 މާރިޗު 2024

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
15 ޖެނުއަރީ 2024

އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު

15 ޖެނުއަރީ 2024
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
23 ނޮވެމްބަރު 2023

ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

23 ނޮވެމްބަރު 2023
ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު
23 ނޮވެމްބަރު 2023

ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

23 ނޮވެމްބަރު 2023
ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު