Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނިކަހާ މީހުން

ސިޓީ ކައުންސިލުން ވެމްކޯގެ އެއްބަސްވުން އުވާލީ ޕާޓީ ކުދިންނަށް ވަޒީފާ ނުދެވިގެން - އަލީ ސޯލިހު

15 ޑިސެމްބަރު 2022 | ބުރާސްފަތި 16:58

މައިދާންތަކާއި މާލެ ސާފުކޮށް މިހާރުވެސް ބެހެއްޓެނީ ވެމްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން

މަޚްތޫމް
މަޚްތޫމް | 15 ޑިސެމްބަރު 2022 | ބުރާސްފަތި 16:58
ވިލިމާލޭގައި މަގު ސާފުކުރާ މުވައްޒަފުންތަކެއް

ވިލިމާލޭގައި މަގު ސާފުކުރާ މުވައްޒަފުންތަކެއް

މާލޭގެ މަގުތަކާއި މައިދާންތައް ފޮޅައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އުވާލީ އިދިކޮޅު ޕާޓީގެ ކުދިންކޮޅަށް ވަޒީފާ ނުދެވިގެން ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މަގުތައް ފޮޅައި ސާފުކުރުމަށް ސިޓީ ކައުންސިލާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ދެމެދު ވެފައިވާ އެއްބަސްވުން އާނުކުރަން ނިންމިކަން ރަސްމީކޮށް އަދިވެސް ނާންގާކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މި މަހުގެ 26ގެ ފަހުން މާލެއާއި ވިލިމާލޭގެ އާންމު ތަންތަނުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނަގަން ނިންމައި، ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައުނުކުރުމަށް އެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. މިކަމާގުޅިގެން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އަލީ ސޯލިހު ވިދާޅުވީ، މާލޭގެ މަގުތަކާއި މައިދާންތައް ސާފުކުރުމާއި ކުނި އުކުމުގެ މަސައްކަތް ކުރިންވެސް ވެމްކޯއިން ކުރަމުން ގެންދިޔައީ މާލެ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެއްބަސްވުން އައުނުކުރާ ވާހަކަ ދައްކަނީ މީޑިއާތަކުގައިކަމަށާއި، ރަސްމީ މުއާމަލާތްތަކެއް ސިޓީ ކައުންސިލުން ނުކުރާކަމަށެވެ.

Advertisement - newsAdvertisement

އަލީ ސޯލިހު ވިދާޅުވީ، މިއީ ސިޔާސީގޮތުން ކުރާކަމެއް ކަމަށާއި، މާލެ ސިޓީ ކައުންސިލް ހިންގަވަން ތިއްބެވި ބޭފުޅުންނަކީ ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީއަށް ނިސްބަތްވާ މެންބަރުން ތިބި ތަނެއް ކަމުން، އެގޮތަށް ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އަދި އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު، އަދި މާލެ ސިޓީ ކައުންސިލުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްއިރު މަސައްކަތެއް ކުރެވޭނެ އެއްވެސް މަގެއް އޭރުވެސް ނުދައްކާކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ މިއަދު ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ހިންގަމުންދާ މިންވަރު ފެންނަމުން އެބަ ދާކަމަށާއި، ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ހުރަސްނާޅާކަމަށެވެ. އެހެންނަމަވެސް މިއީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކަމަށާއި، މަޝްވަރާކޮށްގެން މިކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، މާލޭގެ މަގުތަކަށް އަޅާފައި ހުންނަ ކުނި ނުނަގާކަމަށް ބުނެ ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލްކުރާނެކަމަށް މީގެ ކުރިން އެތައްފަހަރަކު ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް މާލެ ފޮޅައި ސާފުކުރާ މީހުންނަކީ ގޭގެއިން މަގުތަކަށް ނެރޭ އަދި އުކާލާ ކުނި ނަގާ މީހުން ނޫންކަމަށާއި، ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގައި އޮންނާނީ މާލޭގެ މަގުތަކާއި އާންމު ތަންތަން ފޮޅައި ސާފުކުރުން ކަމަށެވެ.

އަދި އެއްބަސްވުން ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމީ ސިޔާސީ ބޭނުމަކަށް ކަމަށާއި، ސިޓީ ކައުންސިލުން މިހާތަނަށް އައިއިރުވެސް އެއްބަސްވުން އައުނުކުރާނެކަން ރަސްމީ ސިފައެއްގައި އަންގާފައި ނުވާކަމަށެވެ. އަދި އެ މައުލޫމާތު ލިބިފައިވަނީ ނޫސްތަކުން ކަމަށާއި، 200 އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާއިރު މިއީ ސިޓީ ކައުންސިލުން ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ 200 އެއްހާ މުވައްޒަފުން ނަގައިގެން މާލެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު، އެ މުވައްޒަފުން ސިޓީ ކައުންސިލުން ބޭނުންކުރާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް އަންގާފައި ނުވެއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ ފޮޅައި ސާފުކުރާނީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. ސިޓީ ކައުންސިލުން މާލޭގެ ބައެއް އާންމު ތަންތަން ސާފުކުރަނީ ބިދޭސީން ލައްވައެވެ. ނަމަވެސް ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ވެމްކޯއިން ގެންގުޅެނީ މި މަސައްކަތް ކުރުމަށް 100 އިންސައްތަ ދިވެހިންނެވެ.

ސިރާޖު ވިދާޅުވީ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާތީ ކަންބޮޑުވާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެކަމުގައި ވާހަކަދައްކަން ބޭނުން ނުވާ ކަމަށެވެ. ވެމްކޯއިން އެ ހުރިހާ މުވައްޒަފުންނަށް ދާއިމީ ވަޒީފާއެއް ނުދެވޭނެކަމަށާއި، އެހެންކަމުން މި މައްސަލާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގޮތެއް ނިންމަންޖެހޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ވެމްކޯމާލޭ ސިޓީ ކައުންސިލްއެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

04 އޯގަސްޓު 2026
ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
30 ޖުލައި 2026

ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ

30 ޖުލައި 2026
ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ
30 ޖުލައި 2026

މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު

30 ޖުލައި 2026
މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
27 ޖުލައި 2026

ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!

27 ޖުލައި 2026
ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!
23 ޖުލައި 2026

ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި

23 ޖުލައި 2026
ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
27 ޖޫން 2026

ބުރަފަތި ގާޑު ނެތި ސަމްޕާ ސަރަހައްދަށް ވަނުން މިމަހުގެ 30 އިން ފެށިގެން މަނާވާނެ

27 ޖޫން 2026
ބުރަފަތި ގާޑު ނެތި ސަމްޕާ ސަރަހައްދަށް ވަނުން މިމަހުގެ 30 އިން ފެށިގެން މަނާވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް