Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޮޅިވަރަންފަރުގައި ސިހުރުގެ މައްސަލައެއް

ނޮޅިވަރަންފަރުގައި ސިހުރުގެ ބިރުވެރިކަން - ގަބުރުސްތާނާއި އެހެން ތަންތަން ކޮންނަނީ

ނޮޅިވަރަންފަރު ގައި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 23:30 އެހާކަންހާއިރު ސަހަރާ ކޮނުނު މައްސަލަ އެއް ފެންމަތިވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޑިސެމްބަރު 2022 | ބުރާސްފަތި 15:30
ހދ.ނޮޅިވަރަންފަރު

ހދ.ނޮޅިވަރަންފަރު

ހދ.ނޮޅިވަރަންފަރުގައި ހަރާ ތެރޭގައި މަހާނަ އެއް ކައިރި ކޮންނަ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވާން ފެށި ހިސާބުން އެތައް ބަޔަކު އެކަން ހިނގައި ދިޔަ ގޮތް ބަލަން ބޭނުންވިއެވެ. މީސްމީޑިއާގައި ފެނުނު ސުރުހީތަކުން އެ ރަށުގައި ސަރަހާ ކޮނުނީ ސިހުރުގެ މައްސަލައަކާއި ގުޅިގެންކަން އެނގުނެވެ. އަދި ސަހަރާކޮނެގެން ނަގާފައިވަނީ ސިހުރު ހަދާފައިވާ ހިރި ގަލެއް ކަމަށް ނޮޅިވަރަންފަރު ކައުންސިލުގެ ފަރާތުން މީޑިއާއަށް އެނގުނެވެ.

ހަމައެހެންމެ އެ ހިރިގާ ނެގުމުން ސިހުރު ޖެހިފައިވާ ކުއްޖާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާއިލާ އާއި ހަވާލާދީ ކައުންސިލުން ވަނީ ބުނެފައެވެ. ސަހަރާ ކޮނުނީ ފުލުހުން ތިބެގެންނެވެ. އެެކަން ކުރީ ކައުންސިލުގެ ހުއްދައަކާއި ނުލާ ކަމަށް ކައުންސިލުން ބުނުމާއެކު ސަހަރާ ކޮނުމުގައި އުސޫލާއި ޚިލާފަށް ކަންކަން ކޮށްފައިވާ ކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް އެ ވާހަކަ އިހަށް ބާއްވާނަމެވެ.

ސަހަރާއިން ތަނެއް ކޮނުނު މަންޒަރު ފެންނަ ފެނުމަކީ ނޮޅިވަރަންފަރުގައި ހިނގާ ސިހުރުގެ ބިރުވެރިކަމުގެ މަލަމައްޗެވެ. އެ ރަށު އަންހެނަކަަށް ސިހުރުގެ އުނދަގޫ ޖެހި އެކަމުގެ ވޭނުގައި އެތައް ދުވަހެއް ތަހައްމަލުކުރަމުންދާއިރު އެ ސިހުރުން އޭނާ ސަލާމަތްކުރުމަށް އާއިލާ އިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ނޮޅިވަރަންފަރުގެ އެހެން ބައެއް ސަރަހައްދުތައް ވެސް ކޮނެގެން ސިހުރުން ފަސޭހަކޮށް ރުގްޔާކުރަން ދަނީ މަސައްކަތްކުރަމުންނެވެ.

އެ ރަށު މީހަކު ކިޔާދިން ގޮތުގައި މިއީ ސިހުރުގެ މައްސަލަ އެއް އެ ރަށުގައި ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ފަހަކަށް އައިސް މިފަދަ އެހެން މައްސަލަތައް ވެސް ފެންމަތިވަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން އެ ރަށުގެ އަންހެނަކަށް ސިހުރުގެ އުނދަނގޫ ޖެހުމުގެ ސަބަބުން އޭނާގެ ބަލި ހާލަތު އިންތިހާ އަށް ގޯސްވި މައްސަލަ އެއް ފެންމަތިވެފައިވާ ކަަމަށް އޭނާ ވަނީ ބުނެފައެވެ. އެ ސިހުރު ހެދީ ކާކުކަން ސީދާ ނޭނގުނު ނަމަވެސް ރަށުގެ އެކި ހިސާބުތަކުގައި ސިހުރުހެދުމަށް ފަހު އެތަކެތި ވަޅުލާފައިވާ ކަމަށް އެ ވާހަކަތައް ކިޔާދިން މީހާ ބުންޏެވެ. އިތުރު މީހަކު ކިޔާދިން ގޮތުގައި ނޮޅިވަރަންފަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ބައެއް ރަށްރަށުގައި ވެސް ސިހުރު ހެދުމަށް ފަހު ތަކެތި ވަޅުލާފައި ހުރިކަމަށް ޝައްކުކުރެވޭތީ އެތަކެތި ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ބުނީ އޭނާގެ އާއިލާގެ ގާތް މީހަކަށް ވެސް ސިހުރުގެ މިފަދަ ކަމެއް ކުރިމަތިވެފައިވާ ކަަމަށެވެ. އެފަހަރު ވެސް ސިހުރު ހެދުމަށް ފަހު ގޯއްޗާއި މަގުމަތީގައި ތަކެތި ވަޅުލާފައި ހުރި ކަމަށާއި ރުގްޔާކޮށް އެތަކެތި ނަގަން އެތައް ދުވަހެއް ހޭދަވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ސިހުރު ބާތިލުކުރަން ނަމަވެސް އެގޮތަށް ތަންތަން ކޮންނަތަން ފެނުމުން އާއްމުން ކަންބޮޑުވާ ކަަމަށެވެ. އަދި ކުޑަ މުޖުތަމައުއެއްގައި އެފަދަ ކަންކަން ހިނގުމުން އާއްމުންގެ ހިތުގައި ބިރުވެރިކަން އިންތިހާ އަށް އުފެދޭ ކަަމަށެވެ.

ހދ.ނޮޅިވަރަމްފަރުގެ ސަހަރާ ބަލާ ފާސްކޮށްފައިވަނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސަހަރާ ކޮނުމަށްފަހު، މިހާރު ކޮނުނު ވަޅަށް ވެލި އަޅާފައިވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ހދ. ނޮޅިވަރަންފަރުސިހުރު

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2024

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި

22 ސެޕްޓެމްބަރު 2024
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި
17 ޖުލައި 2023

ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައެއް ތަހުގީގު ކުރަނީ

17 ޖުލައި 2023
ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައެއް ތަހުގީގު ކުރަނީ
23 މެއި 2023

ނޮޅިވަރަންފަރު ފެނާއި ނަރުދަމާ ނިމި 100 ހައުސިންގ ޔުނިޓްވެސް ނިމެނީ - ކައުންސިލް

23 މެއި 2023
ނޮޅިވަރަންފަރު ފެނާއި ނަރުދަމާ ނިމި 100 ހައުސިންގ ޔުނިޓްވެސް ނިމެނީ - ކައުންސިލް
14 ޑިސެމްބަރު 2022

ނޮޅިވަރަމްފަރުގައި ސަހަރާ ބަލާފާސްކުރީ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން: ފުލުހުން

14 ޑިސެމްބަރު 2022
ނޮޅިވަރަމްފަރުގައި ސަހަރާ ބަލާފާސްކުރީ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން: ފުލުހުން
13 ޑިސެމްބަރު 2022

ސަހަރާ ކޮނުނީ ބަޔަކު ރުގްޔާކުރަން، ފުލުހުންނަށް ކައުންސިލުން ހުއްދައެއް ނުދެން - ނޮޅިވަރަންފަރު ކައުންސިލް

13 ޑިސެމްބަރު 2022
ސަހަރާ ކޮނުނީ ބަޔަކު ރުގްޔާކުރަން، ފުލުހުންނަށް ކައުންސިލުން ހުއްދައެއް ނުދެން - ނޮޅިވަރަންފަރު ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު