Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް

ރައީސް ނަޝީދު ޖަލުގައި ބަންދުކުރުމަކީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން: ޝިފާޒް

26 ޖޫން 2017 | ހޯމަ 19:07

އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހާސިލް ކޮށްފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖޫން 2017 | ހޯމަ 19:07
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީ ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނަ ޖެހުނު ދުވަސްވަރު ދިމާވި ކަންކަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމުން އެމްޑީޕީގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށާއި، އެހެން ނަމަވެސް، އާއްމު މެންބަރުންގެ ބުރަ މަސައްކަތުން އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވުނުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެމްޑީޕީން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި މަސައްކަތްކޮށް ކާމިޔާބު ހާސިލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިތުރުވެއްޖެކަމަށް ޝިފާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީ ފެށިގެން އައިއިރު ޕާޓީ "ދުއްވާލުމަށް" މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވި ކަަމަށާއި، އެފަދަ ގޮންޖެހުންތަކާއި ކުރިމަތި ލެވޭނެ ވަރަށް މިހާރު އެމްޑީޕީ ކުރި ހޯދާފައިވާ ކަަމަށް ޝިފާޒު ވިދާޅުވިއެެވެ.

ޝިފާޒް ވިދާޅުވީ، މި ސަރުކާރުން ޑިމޮކްރަސީ ނެތިކޮށްލުމަށް ކުރަމުންދާ ކަންކަން ބަދަލުކޮށް، ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫރަވުމަށް ކުރާ މަސައްކަތްތަކީ އެމްޑީޕީއަށް ކުރިމަތިވާނެ ޗެލެންޖެއް ކަަމަށެވެ.

"މިހުރިހާ އުނދަގޫއެއްގެ ތެރެއިން އަޅުގަނޑުމެން ފުރާވަރަށް މިއެރީ. ދެނެއް އަޅުގަނޑު މެންނަކަށް އެ ބޭފުޅުންގެ ފަރާތުން އެޗެލެންޖެއް ކުރިމައްޗެއް ނުވާނެ. އެއަށްވުރެ އެމްޑީޕީ މާ ވަރުގަަދަ ވާނެ." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ މިހާރުގެ ވެރިކަން ބަދަލުވާނެ ދުވަހެއް އައުން ކަމަށާއި، އެމްޑީޕީގެ މަސައްކަތުން އެކަން ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް މިހާރު ކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ހާސިލް ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަަމަށް ޝިފާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އޮތް އުންމީދަކީ އެމްޑީޕީ ކަމަށާއި، ޕާޓީގެ މެންބަރުންގެ ބޭނުންތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕާޓީން ހުއްޓުމެންނެތި ކުރާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

" އެމްޑީޕީއަށް 12 އަހަރު ވީ އިރު މިވަނީ ވެރިކަންވެސް ކޮށްފަ. އިދިކޮޅު ޕާޓީގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ. އެހެން ކަމުން 12 އަަހަރު ވީ އިރު މި ލިބުނު ކާމިޔާބީ އަކީ ވަރަށް ބުރަ މަސައްކަތް" ޝިފާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް