Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފުލުހުންގެ ހިދުމަތް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ޕްރޮގްރާމެއް ފުވައްމުލަކާއި އައްޑޫގައި ހިންގައިފި

އައްޑޫ ސިޓީގެ 25 ފުލުހުންނާއި ފުވައްމުލައް ސިޓީގެ 19 ފުލުހުން މި ޕްރޮގްރާމުގައި ބައިވެރިވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 10:52
އަައްޑޫގައި ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމުގެ ބައިވެރިން

އަައްޑޫގައި ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމުގެ ބައިވެރިން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ "ޓްރެއިނިންގ އޮން ޗައިލްޑް ސެންޓަރޑް އެޕްރޯޗް ޓު އިންވެސްޓިގޭޝަން" ޕްރޮގްރާމް، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ހިންގައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި، ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޓްރެއިނިންގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 4ން 7 އަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ފުލުހުންގެ ދައުރާއި، ޝަރީއަތުގެ ކުރީ މަރުހަލާގައި ކުދިންނަށް ލިބިދޭ ހައްގުތަކާއި، ތަހުގީގު މަރުހަލާގައި ކުޑަކުދިންނަށް ފިޔަވަޅު އެޅުމުގައި ފުލުހުންނަށް ލިބިދޭ އިހުތިޔާރުތަކުގެ އިތުރުން، ޑައިވަރޝަން ޕްރޮސެސް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ހުއްޓުވުމާއި ހިފެހެއްޓުމާއި ހައްޔަރުކުރުމުގައި އަމަލުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތަކާއި، ކުޑަކުދިން ހައްޔަރުކުރެވޭ ހާލަތްތަކާއި، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރަމުންދާ މަރުހަލާގައި ސަމާލުކަންދޭންވީ ކަންތައްތަކުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކުދިންނާމެދު އަމަލުކުރާނެގޮތުގެ މައުލޫމާތުވެސް މި ޕްރޮގްރާމުގައި ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، އަލަށް ބޭނުންކުރަންފަށާފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއެކު "ގައިޑިންގ ޕްރިންސިޕަލްސް ފޮރ ޕޮލިސިންގ އެންޑް ޗައިލްޑް ޕްރޮޓެކްޝަން"އާއި، "ވިކްޓިމް ސެންޓަރޑް އެޕްރޯޗް ޓު ޗައިލްޑް އެކްސްޕްލޮއިޓޭޝަން އިންވެސްޓިގޭޝަން"އާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާއިރު، ގެވެށި އަނިޔާއާއި އެފަދަ މައްސަލަ ހުށަހެޅިއްޖެނަމަ އަމަލުކުރާނެގޮތުގެ އިތުރުން، އަނިޔާލިބޭ ކުދިން ދެނެގަންނާނެ ގޮތާއި އެފަދަ ކުދިންނާއެކު މަސައްކަތްކުރާނެގޮތް މި ޓްރެއިނިންގގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.

"ޓްރެއިނިންގ އޮން ޗައިލްޑްސެންޓަރޑް އެޕްރޯޗް ޓު އިންވެސްޓިގޭޝަން" ޕްރޮގްރާމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާއި އަދި ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތާއި ކުޑަކުދިންގެ މައްސަލަތައް ރެކޯޑުކޮށް، ގޮތް ނިންމުމަށް ހާއްސަކުރެވިފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރި ބަޔަކަށްހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގެ ފުރަތަަމަ ޕްރޮގްރާމް، އައްޑޫ ސިޓީގެ 25 ފުލުހުންނާއި ފުވައްމުލައް ސިޓީގެ 19 ފުލުހުން ހިމެނޭހެން، 44 ފުލުހުން ފުރިހަމަކުރިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއައްްޑޫ ސިޓީފުވައްމުލައް ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު