Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮންލައިން ފުރައްސާރަ

އޮންލައިންކޮށް މުސްލިމް އަންހެނުން "ވިއްކި" މީހެއްގެ މައްސަލަ ކޯޓަށް

އައުމްކަރެޝްވަރު ތާކޫރު ހެއްދި އެޕް މެދުވެރިކޮށް 100 އަށް ވުރެގިނަ މުސްލިމް އަންހެނުންގެ ފޮޓޯ އަޕްލޯޑް ކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 08:11
އައުމްކަރެޝްވަރު ތާކޫރު

އައުމްކަރެޝްވަރު ތާކޫރު

އިންޑިޔާގައި އޮންލައިންކޮށް މުސްލިމް އަންހެނުން "ވިއްކުމަށް" މަސައްކަތް ކުރަމުން ދިޔަ ފިރިހެނަކާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދަން އިންޑިޔާގެ ފުލުހުން ނިންމައިފިއެވެ. މިގޮތުން ޑެއްލީގެ ލެފްޓިނެންޓް ގަވަރުނަރު ވީއާރު ސަކްސެނާ ވަނީ އެމީހާ، 25 އަހަރުގެ އައުމްކަރެޝްވަރު ތާކޫރުގެ މައްސަލަ ޝަރީއަތަށް ފޮނުވުމުގެ ހުއްދަ ދެއްވާފައެވެ.

އޮންލައިންކޮށް އަންހެނުން "ވިއްކުމަށް" މަސައްކަތް ކުރަމުން އައި ތާކޫރު ވަނީ މިކަމަށްޓަކައި "ސުއްލި ޑީލްސް" ކިޔާ ޚާއްސަ އެޕެއް ހަދައި، ޖުލައި 2021 ގައި ވަކި ޕްލެޓްފޯމެއްގައި ޝެއާކޮށްފައެވެ. އޭނަ މިކަން ކުރާކަން ހާމަވެ މިއަހަރުގެ ޖެނުއަރީ މަހު ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް މާރޗް މަހު ވަނީ ކަފާލާތު އުސޫލުގެ ދަށުން މިނިވަން ވެފައެވެ.

އައުމްކަރެޝްވަރު ތާކޫރު އަކީ ކޮމްޕިއުޓަރު އެޕްލިކޭޝަން އިން ޑިގްރީއެއް އޮންނަ މީހެއް ކަމަށް ވެއެވެ. އޭނާ ހިންގާފައިވާ ޖަރީމާތަކަށް އަދަބު ދޭން ބަލާއިރު އިންޑިޔާގެ ޕީޏަލް ކޯޑުގެ އެތައް ގާނޫނަކަށް ފެތޭކަމަށް ވެއެވެ. މިގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ އެކްޓް، ކްރިމިނަލް ޕްރޮސީޖަރު ކޯޑް، އަދި ދައުލަތާ ދެކޮޅަށް ހިންގާ ޖަރީމާތައް، މި ބައިގެ ދަށުންވެސް އޭނާ ކުށްވެރިވާކަމަށް ވެއެވެ.

އައުމްކަރެޝްވަރު ތާކޫރު ހަދާފައިވާ އެޕް "ސުއްލި ޑީލްސް" އިން އެކި އެކި މުސްލިމް އަންހެނުންގެ، އާންމުކޮން ސޯޝަލްމީޑިޔާއިން ލިބެން ހުންނަ ފޮޓޯތައް ނަގާ ޕްރޮފައިލްތައް ހަދާކަމަށް ވެއެވެ. އަދި "ޑިލްސް އޮފް ދަޑޭ" ނުވަތަ ދުވަހުގެ ޚާއްސަ ހުށައެޅުމުގެ ގޮތުގައި އިޝްތިހާރު ކުރެއެވެ.

ތާކޫރް އާއެކު ނީރަޖް ބިޝްނޯއީ ކިޔާ އުމުރުން ވިހި އަހަރުގެ މީހަކުވެސް ހައްޔަރު ކުރިއެވެ. މީނާއަކީ އެޕް އުފެއްދި މީހާކަމަށް ވެއެވެ. މިދެމީހުން ވެގެން 100 އަށް ވުރެގިނަ މުސްލިމް އަންހެނުންގެ ފޮޓޯ އަޕްލޯޑުކޮށްފައިވާ ކަމަށް ވެއެވެ.

މި މަސައްކަތުން އެއްވެސް އަންހެނަކު ހަގީގަތުގައި ވިއްކިފައި ނުވާކަމަށް ވެއެވެ. މިމީހުންގެ ހަގީގީ ބޭނުމަކީ މުސްލިމް އަންހެނުންގެ އަގު ވައްޓާލާ ލަދު ގަންނަވާލުން ކަމަށް ވެއެވެ. މީގެ ތެރެއިން ގިނަ އަންހެނުންނަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގެ ދަށުން އިންޑިޔާގައި ހިންދޫ ދީން އަދި ހިންދޫ ފިކުރު ފަތުރަމުން ދާކަމަށް ބުނެ އެކަމާ ފާޅުގައި އަޑު އުފުލަމުން އައި އަންހެނުންނެވެ. ނަމަވެސް ހިންދޫ ދީން ފަތުރަމުން ދާކަމަށް ބުނެ އިވޭ އަޑުތައް ވެރިކަން ކުރާ ޕާޓީ އަދި ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިޔާގައި އޮންލައިންކޮށް މުސްލިމް އަންހެނުންނަށް ޖެއްސުންކޮށް ފުރައްސާރަ ކުރުން ފަހަކަށް އައިސް އިތުރު ވެފައިވަނީ ސިޔާސީ އޮއިވަރަށް އަންނަން ފަށާފައިވާ ބަދަލެއްގެ ސަބަބުން ކަމަށެވެ.   

އިންޑިޔާގައި އޮންލައިންކޮށް އަންހެނުންނަށް ޖެއްސުން ކުރުމާބެހޭ ގޮތުން 2018 ވަނަ އަހަރު އެމްނެސްޓީ އިންޓަރނޭޝަނަލް އިން ހަދާފައިވާ ރިޕޯޓެއް ބުނާ ގޮތުން ވަކިކަމަކާ ބެހޭ ގޮތުން އަޑު އުފުލުން ގިނަވި ވަރަކަށް އެމީހަކަށް ހަމަލާ އައުން ގާތެވެ. މިގޮތުން މުސްލިމުންފަދަ މައިނޯރިޓީ ގްރޫޕްތަކައި އަދި ދަށް ފަންތީގެ މީހުންނަށް ހަމަލާތައް އަންނަލެއް ފަސޭހަކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ތާކޫރް އާއި ނީރަޖް ބިޝްނޯއީ ހެދި އެޕުގައި ޖަހާފައިވާ ހުރިހާ އަންހެނުންނަކީ ވެސް ކަންކަމާ އަޑުއުފުލުމުގައި ހަރަކާތްތެރި މުސްލިމް އަންހެނުންނެވެ. މީގެ ތެރޭގައި ޖަރނަލިސްޓުންނާއި އެކްޓިވިސްޓުން އާޓީސްޓުންނާއި އަދި ރިސަރޗް މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ހިމެނެއެވެ.

ސުއްލި ޑީލްސްގައި ފޮޓޯ ޖަހާފައިވާ އިންޑިޔާގެ އަންހެން ކޮމާޝަލް ޕައިލެޓެއް ބީބީސީ އަށް ބުނީ ސުއްލި ޑީލްސް އެޕްގެ ވާހަކަ އަޑުއިވުމުން އޭނާ އަށް ކުއްލި ބިރުވެރި އިހުސާސެއް ކުރެވުނު ކަމަށެވެ.

މާރޗް މަހު ތާކޫރު އަށް ކަފާލާތު ހަމަޖައްސަމުން ފަޑިޔާރު ބުނެފައިވަނީ އޭނަ ކޯޓަށް ފިލުމުގެ ނުރައްކަލެއް ނެތް ކަމުގައެވެ. އަދި އޭނާ ހުރީ ތަހުގީގަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ނޫން ކަމަށެވެ.

މައުލޫމާތު : ބީބީސީ

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު