Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ބަދަލުތައް

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ނުރައްކާ މިންވަރަށް އިތުރުވަނީ

މޫސުމީ ބަދަލުތަކުގެ އަސަރު ކަނޑުގެ ދިރުންތަކާއި އެއްގަމު ދިރުންތަކަށް ކުރާ މިންވަރު ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 09:14
ހިމާޔަތްކޮށްފައިވާ ދިރުމެއް

ހިމާޔަތްކޮށްފައިވާ ދިރުމެއް

މޫސުމީ ބަދަލުތަކުގެ މައްސަލައަކީ މިވަގުތު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ބޮޑެތި ފޯރަމްތަކުގައާއި, ބައްދަލުވުންތަކުގައިވެސް މިއަދު އެންމެ ބާރަށް ދެކެވޭ ވާހަކައަކީވެސް މިއީއެވެ. މީގެ ނުރައްކާ ބޮޑުކަމުންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އަހަރުމެން އިންސާނުންނަށް ކޮންމެ ދުވަހަކުވެސް އެތައް ކަމަކާ ކުރިމަތިލާންޖެހެއެވެ. މިއީ އިންސާނުންގެ ފުރާނައާ ގުޅިފައި އޮތް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން މިކަމުން ސަލާމަތްވާން ކުރެވޭނެ ކަންކަމާއި, މި ވާހަކަތަކަކީ އަބަދުވެސް ދައްކަމުންދާ ވާހަކަތަކެވެ.

އެހެންނަމަވެސް އަހަރުމެންނަށް އަބަދުހެން އަޑު ނީވޭ ވާހަކަތަކެއް ވެއެވެ. އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުން ނޫން އެހެނިހެން ދިރުންތަކަށް ކުރަމުންދާ އަސަރެވެ. ބައެއް ދިރުންތަކަކީ ވަކި ކަހަލަ މާހައުލެއްގައި ދިރިއުޅެވޭ ދިރުންތަކަކަށް ވާއިރު މޫސުމީ ބަދަލުތަކުގެ ސަބަބުން އެމީހުން ދިރިއުޅޭ މާހައުލު ނުވަތަ އެމީހުން ދިރިއުޅޭ ގެ ހަލާކުކޮށްލައެވެ. އެއްގަމުގައި އުޅޭ ދިރުންތަކާއި ކަނޑުގައި އުޅޭ ދިރުންތަކަށް މީގެ އަސަރު ކުރާއިރު, މިހާތަނަށް ބައެއް ހޯދުންތަކުން ދައްކާގޮތުގައި މިކަމުން ކަނޑުގައި އުޅޭ ދިރުންތަކަށް ކުރާ އަސަރު ބޮޑެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ދުވަހެއް ދުވަހަކަށް ރެކޯޑު މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އިން ވަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ކަނޑުގެ ދިރުންތައް ހިމެނޭ "ރެޑް ލިސްޓް"އިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ފާހަގަކޮށްފައެވެ. މިއަހަރު އެ ޔޫނިއަނުން ވަނީ އެފްރިކާގެ އިރުމަތިން ޕެސިފިކް ކަނޑުގެ ހުޅަނގާ ދެމެދުގައި ދިރިއުޅެމުންދާ ދިރުމެއް ކަމަށްވާ "ޑުގޮނގް" ނުވަތަ ކަނޑު ގެރި ނެތިދިއުމުގެ ބިރު ހީވެފައިވާތީ އެކަން ސަމާލުކަމަށް ގެނެސްފައެވެ.

އެ ސަރަހައްދުގައި ދިރުއުޅެމުންދާ މި ބާވަތުގެ ދިރުންތައް މިވަނީ އިންތިހާ ދަރަޖައަށް މަދުވެފައެވެ. އައިޔޫސީއެންއިން ބުނާގޮތުގައި އިރުމަތި އެފްރިކާ ސަރަހައްދުގައި އުޅޭ މިފަދަ ދިރުންތައް މިހާރު 250 އަށްވުރެވެސް މަދެވެ. އަދި ނިއު ކެލެޑޯނިއާ ސަރަހައްދުގައި އުޅޭ މިފަދަ ދިރުންތައް 900 އަށްވުރެ މަދެވެ. އެހެންކަމުން ނިއު ކެލެޑޯނިއާ ސަރަހައްދުގައި ކަނޑު ގެރި އަކީ މިހާރު ހިމާޔަތްކޮށްފައިވާ ދިރުމެކެވެ.

އަހަރުތަކެއް ވަންދެން މިކަމުގެ މާހިރުން ގެންދިޔައީ, މޫސުމި ބަދަލުތަކުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް ނެތިގޮސްފައިނުވާ މިންވަރަށް ޖަނަވާރުންނާއި, ގަސްގަހާގެއްސާއި އަދިވެސް މިނޫން ދިރުންތައް ނެތިގޮސް އަހަރުމެންގެ ގުދުރަތީ މާހައުލަށް އޭގެ ސަބަބުން އެތައް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

މިހާތަނަށް އައިއިރު އައިޔޫސީއެންގެ ރެޑް ލިސްޓުގައި ޖުމްލަ 150,000 ދިރުން ހިމެނެއެވެ. މީގެ ތެރެއިން 42,000 އަށްވުރެ ގިނަ ދިރުމަކީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކެވެ. އައިޔޫސީއެންގެ ރެޑް ލިސްޓަށް އިތުރުވާ ދިރުންތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެ. ފާއިތުވި ހަފްތާ ތެރޭގައި މި ލިސްޓަށް 3,000 ދިރުން އިތުރުވެފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ކްލައިމެޓް ޗޭންޖްތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު