Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖުކުރުމުގެ ބިލް

ކުނި މެނޭޖުކުރުމުގެ ބިލް މިހާރު އޮތް ގޮތަކަށް ސަރުކާރުގެ ތައީދެއް ނެތް: މިއުވާން

ރާއްޖޭގެ ތިމަވެށި މިހާރު އޮތް ގޮތަށް ބަލައި ސަރުކާރުން މިކަމަށް ތާއީދެއް ނުކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޑިސެމްބަރު 2022 | ހުކުރު 05:56
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ކުނި މެނޭޖުކުރުމުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ނިންމައި ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަކަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން މިފަދައިން ވިދާޅުވީ ކުނި ނައްތާލުމަށް ބޭރު ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބިދޭ އިސްލާހަށް އިޝާރަތްކުރައްވައެވެ.

މިއުވާން ވިދާޅުވީ ކުންޏަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޭނުންތެރި އެއްޗެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ތިމާވެށި މިހާރު އޮތް ގޮތަށް ބަލާފައި ސަރުކާރުން މިކަމަށް ތާއީދެއް ނުކުރާކަމަށް މިއުވާން ވިދާޅުވިއެވެ.

މިވަގުތު މަޖިލިސް އޮތީ ރިސެސްގައިކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ މި ބިލަށް އިތުރު އިސްލާހެއް ގެންނަން މަޖިލީހަށް ހުށަހެޅިނަމަވެސް މަސައްކަތް ނިންމަން އަނެއްކާވެސް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ބިލުގައި މިވަގުތަށް މުހިންމު ބައެއް ކަންކަން ހުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ކުނި މެނޭޖުކުރުމުގެ ބިލް ފާސްކޮށްފައެވެ. 54 މެންބަރުންގެ ވޯޓާއެކު މި ބިލް ފާސްކޮށްފައިވާއިރު، ބިލުގެ 44 ވަނަ މާއްދާގައި ވާގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ކުނި ނައްތާލުމަށް ބޭރު ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރެވޭނެއެވެ.

މި އިސްލާހާ ގުޅިގެން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބިލަށް އިސްލާހު ގެނައުމަށް ދަނީ ގޮވާލަމުންނެވެ. އަދި ބިލް ފާސްކުރުމުގެ ކުރިން ތިމާވެއްޓާ ގުޅުންހުރި އެއްވެސް ޖަމިއްޔާއެއްގެ މަޝްވަރާ ހޮދާފައިނުވާކަމުގެ ކަންބޮޑުވުންވެސް އެ ޖަމިއްޔާތަކުން ގެންދަނީ ފާޅުކުރަމުންނެވެ.

ކުނި މެނޭޖްކުރުންރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު