Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަމާސް އިން ހުޅުމާލޭގައި ޕާކިންއަށް ޚާއްސަ އިމާރާތ

ދަމާސް އިން ހުޅުމާލޭގައި ޕާކިންއަށް ޚާއްސަ އިމާރާތެއް ހަދަނީ

7 ޑިސެމްބަރު 2022 | ބުދަ 15:35

މި ޕާކިން އިމާރާތުގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރުމުގެ ޖާގަ ހުންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޑިސެމްބަރު 2022 | ބުދަ 15:35
ޕާކިންގ ބިލްޑިންގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ޕާކިންގ ބިލްޑިންގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ދަމާސް އިން ހުޅުމާލޭގައި ޕާކިން އަށް ހާއްސަ އިމާރާތެއް ހަދަން ނިންމައި "ވަން ޕާކް" ޕްރޮޖެކްޓް ތައާރަފުކޮށްފިއެވެ.

މި ޕްރޮޖެކްޓް ތައާރަފުކޮށްފައިވަނީ ބުދަ ދުވަހު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮޖެކްޓް ތައާރަފުކޮށްދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ދަމާސް އިން ވަނީ އެ ބިލްޑިން އިމާރާތް ކުރަން ޓްރަސްޓް އިންޖިނިއަރިންނާ ހަވާލުކޮށްފަ އެވެ. އެކަމުގެ އެއްބަސްވުމުގައި ޓްރަސްޓް އިންޖިއަރިންގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު ހާދީއެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހުއެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާ މި ޕާކިން އިމާރާތުގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރުމުގެ ޖާގަ ހުންނާނެއެވެ. އޭގެ ތެރެއިން 227 ޖާގަ ހާއްސަކޮށްފައި ވަނީ ކާރަށެވެ. އަދި 150 ސައިކަލަށް ޕާކު ކުރެވޭނެ ޖާގަ ހުންނާނެއެވެ.

ހަތް ފްލޯއަށް ހަދާ މި އިމާރާތުގެ ގްރައުންޑާއި އެއް ވަނަ ފްލޯ ހާއްސަކޮށްފައި ވަނީ ޝޮޕިން މޯލަށެވެ. އެ ތަނުގައި ރީޓެއިލް ފިހާރަތަކާއި ސެލޫނާއި އެނޫން ވެސް ކޮމާޝަލް ބޭނުންތަކަށް ދޫކުރާނެއެވެ. އަދި ރޫފްޓޮޕް ހާއްސަ ކުރަނީ އިވެންޓްތައް ބޭއްވުމަށާއި ފުޓް ކޯޓުތަކަށް ކަމަށް ދަމާސް އިން މައުލޫމާތު ދެއެވެ. ބާކީ ހުރިހާ ފްލޯއެއްގައި ހުންނާނީ ޕާކިންއަށް ހާއްސަ ޖާގަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދަމާސްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސޯލިހު ވިދާޅުވީ އެފަދަ ޕްރޮޖެކްޓެއް ކުރިއަށްގެންދަނީ މާލީ ގޮތުން މަންފާ ނެރެވޭގޮތްތައް ބަލައިގެން ކަމަށެވެ. އެގޮތުން، އެ އިމާރާތުގައި ޝޮޕިން މޯލެއް ހެދުމަށް ނިންމާފައިވަނީ ވެސް އެ ބޭނުމުގައި ކަމަށާް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބިލްޑިންއިން ޕާކިން ސްޕޭސް ނަގާ ފަރާތްތަކަށް ކާރު ރަޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖު ސިޓީވެސް ލިބޭނެ ކަމަށް އަބްދުﷲ ސޯލިހު ވިދާޅުވިއެވެ.

މި ޕާކިން ބިލްޑިންގައި ފަސް ގޮތަކަށް ޕާކިން ސްޕޭސް ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ގަޑިއިރަށް ޗާޖު ކުރާ ގޮތަށާއި ޕްރިމިއަމް ޕާކިން އާއި ވެލޭ ޕާކިން އާއި ލޯންގް ޓާމް ޕާކިން އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ޕާކިންއެވެ.

މި ބިލްޑިންގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ތާވަލު ކޮށްފައިވާއިރު މިތަން ހަދަން ނިންމާފައިވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ދަމާސްގެ މި ޕްރޮޖެކްޓުގެ ސަބަބުން މާލޭގައި ވެހިކަލްގެ ތޮއްޖެހުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ދަމާސް އިން މީގެ ކުރިން ވެސް ވަރަށް ފުރިހަމަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށާއި އެހެންވެ، އަލަށް ހަދާ ޕާކިން ބިލްޑިން ވެސް އެހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް