Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2022

ފުރަތަމަ ހާފުގެ ލަނޑުތަކުން ބްރެޒިލް ކުއާޓަރ ފައިނަލަށް

ބްރެޒިލް މޮޅުވީ 4-1ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޑިސެމްބަރު 2022 | ހޯމަ 21:32
ލަނޑު ޖެހުމަށްފަހު ބްރެޒިލް ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ބްރެޒިލް ކުޅުންތެރިން އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސައުތު ކޮރެއާ ކޮޅަށް ފުރަތަމަ ހާފުގައި ޖެހި ހަތަރު ލަނޑުން މޮޅުވެ، މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ބްރެޒިލުން ކަށަވަރު ކޮށްފިއެވެ.

ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބުކުރީ 4-1ންނެވެ. ބްރެޒިލްގެ ހަތަރު ލަނޑުވެސް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއަރއެވެ. މިއީ ނޭމާ ދިން ޕާހެއް ވަރަށް ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން ލިބުން ޕެނަލްޓީއަކުން ބްރެޒިލްއަށް ފުޅާކޮށްދިނީ ނޭމާއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ރިޗާލިސަން ބްރެޒިލްއަށް ލީޑު ފުޅާކޮށްދިންއިރު، ވިނީޝިއަސްގެ އެހީތެރިކަމާއެކު ހަތަރު ވަނަ ލަނޑު ޖެހީ ލޫކަސް ޕަކޭޓާއެވެ.

ދެވަނަ ހާފުގައި ކޮރެއާއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ހްވަންގ ހީ-ޗަން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއެވެ. ސައުތު ކޮރެއާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިއުންގ ހޯ-ޕައިކްއެވެ. މިއީ އޭރިއާ ބޭރުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗާއެކު ބްރެޒިލް ވަނީ ޓީމުގެ ސްކޮޑުގައި ތިބި 26 ކުޅުންތެރިންނަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު ދީފައެވެ. ޓީމުގެ ތިންވަނަ ކީޕަރު ވެވަޓަންއަށްވެސް މި މެޗުގައި ކުޅުމުގެ ފުރުސަތު ކޯޗު ޓީޓޭ ދިނެވެ. މި މޮޅާއެކު ބްރެޒިލް ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ކުއާޓާގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ކްރޮއޭޝިޔާއާއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ބްރެޒިލްދެކުނު ކޮރެއާ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު