Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއަލިފާން ނިއްވާ ބޯޅަ

އަލިފާން ނިއްވާ "ބޯޅަ"އެއް ރެޑީ މޯލްޑިވްސްއިން ތައާރަފުކޮށްފި

މިއީ އިންޑިއާގެ ޕްރޮޑަކްޓެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޑިސެމްބަރު 2022 | ހޮނިހިރު 11:22
އަލިފާން ނިއްވާ ބޯޅަ

އަލިފާން ނިއްވާ ބޯޅަ

އަލިފާން ނިއްވާ "ބޯޅަ"އެއް, ރެޑީ މޯލްޑިވްސް ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އެ ކުންފުނިން މި ޕްރޮޑަކްޓް ތައާރަފުކޮށްފައިވަނީ އިންޑިއާގެ ބްރޭންޑްސް ޑެޑީ ކުންފުންޏާ ގުޅިގެންނެވެ. މި ޕްރޮޑަކްޓަކީ ބޭނުންކުރަން ފަސޭހަ ޕްރޮޑަކްޓެކެވެ.

މި ޕްރޮޑަކްޓް ރަސްމީކޮށް ތައާރަފުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މުހައްމަދު މާނިއުއެވެ.

މި ޕްރޮޑަކްޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުންފުނީގެ ޑިރެކްޓަރު މޫސާ ގާސިމް ވިދާޅުވީ، އަލިފާންގަނޑު ފެތުރުމުގެ ކުރިން މި ޕްރޮޑަކްޓް ބޭނުންކޮށްގެން އަލިފާން ނިއްވާލެވޭނެ ކަމަށެވެ. ރާއްޖޭގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާއިރު، ކުންފުނީގެ މަގުސަދަކީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށެވެ.

ބްރޭންޑްސް ޑެޑީގެ ފައުންޑަރ އަދި ޗެއަރމަން ރޯޝަން މިޝްރާ ވިދާޅުވީ، އަލިފާން ނިއްވާ ފުޅި ގިނަ މީހުންނަށް ބޭނުންކުރަން ނޭނގޭކަމަށާއި، އެނގުނު ނަމަވެސް އަލިފާން ނިއްވުމަށް އަލިފާންގަނޑާ ކައިރިވާންޖެހޭ ކަމަށެވެ. އަދި އެއީ ނުރައްކާތެރި ކަމަކަށް ވާއިރު ކުޑަކުދިންނަށްވެސް މި ޕްރޮޑަކްޓް ބޭނުންކޮށްލެވޭނެ ކަމަށެވެ.

ރޯޝަން ވިދާޅުވީ އަލިފާން ނިއްވާ ބޯޅައަކީ ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާ އެއްޗަކަށްވާއިރު، އެއްވެސް ކަހަލަ މެއިންޓެނަންސެއް މި ޕްރޮޑަކްޓަށް ބޭނުންނުވާނެ ކަމަށެވެ.

މި ޕްރޮޑަކްޓްގެ އަގަކީ 999.99 ރުފިޔާއެވެ. އަދި ޕްރޮޑަކްޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 7827179 އަށް ގުޅައިގެން ޕްރޮޑަކްޓް ގަނެވޭނެއެވެ.

މިހާރު ބާޒާރުގައި ހުރި އަލިފާން ނިއްވާ އާލާތްތަކަކީ އެތައް އަހަރެއް ކުރިން އުފައްދާފައިވާ ޕްރޮޑަކްޓްތަކަށްވާއިރު، މި ބޯޅައަކީ ތިމާވެއްޓާއި ރައްޓެހި، އިންސާނުންނަށް ގެއްލުންދޭ ޒާތުގެ ކެމިކަލް އެކުލެވިގެންނުވާ ޕްރޮޑަކްޓެއްކަމަށް، ރެޑީ މޯލްޑިވްސްއިން ބުންޏެވެ. އަދި މިއީ އޮޓޮމެޓިކް އެކްޓިވޭޝަން ފީޗަރވެސް ހުންނަ ޕްރޮޑަކްޓެކެވެ.

މި ރަސްމިއްޔާތުގައި ރެޑީ މޯލްޑިވްސް ކުންފުނިން ވަނީ، ގިޔަރ ހެޑް މޮޓޯސް ކުންފުނީގެ އިލެކްޓްރިކް ބައިސްކަލެއްވެސް ތައާރަފުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގިޔަރ ހެޑް މޮޓޯސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނިކިލް ވިދާޅުވީ، ބައިސްކަލު އެންމެ ފަހަރަކު ޗާޖުކޮށްގެން 60 ކިލޯމީޓަރަށް ދުއްވޭނެ ކަމަށެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި ބައިސްކަލެއް ކަމަށްވެސް ވިދާޅުވިއެވެ.

އަލިފާން ނިއްވާ ބޯޅައަކީ ކަމާގުޅޭ ހުރިހާ އިދާރާތަކުން ސެޓިފައިކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް ރެޑީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
08 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި

08 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި
26 ސެޕްޓެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

26 ސެޕްޓެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
27 އޯގަސްޓު 2025

ބޭންކް އޮފް މޯލްޑިވްސްއިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

27 އޯގަސްޓު 2025
ބޭންކް އޮފް މޯލްޑިވްސްއިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
26 އޯގަސްޓު 2025

ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައިފި

26 އޯގަސްޓު 2025
ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައިފި
29 އެޕްރީލު 2025

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

29 އެޕްރީލު 2025
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
29 އޯގަސްޓު 2022

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ގަރލްސް އިން ޑޭޓާ" ނިންމާލައިފި

29 އޯގަސްޓު 2022
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ގަރލްސް އިން ޑޭޓާ" ނިންމާލައިފި
23 އޯގަސްޓު 2020

އުރީދޫ މޯލްޑިވްސްއިން އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމާއެކު ޕާޓްނާޝިޕް ހަދައިފި

23 އޯގަސްޓު 2020
އުރީދޫ މޯލްޑިވްސްއިން އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމާއެކު ޕާޓްނާޝިޕް ހަދައިފި
05 ޑިސެމްބަރު 2017

އާރްއޯއެލް އިން "އާރްއޯއެލް ފައިބަރ ރެޑީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

05 ޑިސެމްބަރު 2017
އާރްއޯއެލް އިން "އާރްއޯއެލް ފައިބަރ ރެޑީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު