Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕަށް އައީ ދުނިޔޭގެ މޮޅެތި ޓީމުތަކާ ދެކޮޅަށް ކުޅެން: މާޓިނޭޒް

ކްރޮއޭޝިއާ މެޗުން ބަލިވެގެން ނުވާނެ، ބަލިވުމަށް އުއްމީދު ވެސް ނުކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:12
ބެލްޖިއަމްގެ ކޯޗު މާޓިނޭޒް

ބެލްޖިއަމްގެ ކޯޗު މާޓިނޭޒް

ފީފާ ވޯލްޑް ކަޕަށް އައީ ދުނިޔޭގެ މޮޅެތި ޓީމުތަކާ ދެކޮޅަށް ކުޅެން ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މާޓިނޭޒް މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު މުބާރާތުގައި ކުރިއަށް ދާން ބޭނުންވާނަމަ ބެލްޖިއަމަށް ޖެހޭނީ މޮޅުވާށެވެ. އެ މެޗުން މޮޅުވުން ނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ބެލްޖިއަމަށް މުބާރާތުން ކަޓާނެއެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ މުބާރާތަށް އައުމުގެ ބޭނުމަކީ ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ކަމަށާއި، އެކަން ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި އެންމެން އެކުވެގެން ކަމަށެވެ. އަދި މެޗަށް ނުކުންނަން ޖެހޭނީ ކޮންމެ ކުޅުންތެރިޔަކު ވެސް ވަރަށް ބޮޑު ޒިންމާތަކެއް ކޮނޑު އަޅައިގެން ކަމަށެވެ. މާޓިނޭޒް ބުނީ، ކްރޮއޭޝިއާ މެޗުން ބަލިވެގެން ނުވާނެ ކަމަށާއި، ބަލިވުމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ. އޭނާ ބުނީ ކުޅެން ޖެހޭނީ އެންމެ ވަރުގަދަ ކުޅުން ކަމަށާއި، މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ. އެއްވަރުވި ނަމަވެސް މުބާރާތުން ބޭރުވާން ޖެހޭނެކަން މާޓިނޭޒް ވަނީ ފާހަގަކޮށްފައެވެ.

މި ޕްރެސްގައި ވާހަކަ ދައްކަމުން ބެލްޖިއަމްގެ މިޑްފީލްޑަރު ޓިމޯތީ ބުނީ، ކްރޮއޭޝިއާ މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދެވޭނެ ކަމަށެވެ. އަދި ފުރަތަމަ ދެ މެޗުގެ ވެސް ނަތީޖާ ލިބުނީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އޭނާ ބުނީ ބެލްޖިއަމް ޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން ދައްކާލެވިފައި ނުވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބެލްޖިއަމް އޮތީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޯސް ހާލަތެއްގައި ނޫން ކަމަށެވެ.

އޭނާ ބުނީ ބެލްޖިއަމްގައި އުމުރުން ދުވަސްވީ ކުޅުންތެރިން ތިބުމުން މުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނީ ނެގެޓިވް ގޮތެއްގައި ކަމަށް ނުދެކޭ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް އިޓަލީން ކާމިޔާބުކުރީ ޗިއެލިނީ އާއި ބޮނޫޗީއާއެކު ކަމަށާއި، އުމުރުން ދުވަސްވުމާ އެކަމާ ގުޅުމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. ހަމައެއާއެކު އޭނާ ބުނީ ފުރަތަމަ ދެ މެޗުގައި ދަށް ކުޅުމެއް ފެނުނު ނަމަވެސް ދެ ކުޅުންތެރިޔަކު ނުވަތަ ތިން ކުޅުންތެރިޔަކަށް ޓޭގެޓުކޮށް ބަސް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މުބާރާތުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އަދި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު