Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލަންޑް އަދި ފިންލަންޑެގެ ވެރިން

ނިއުޒިލަންޑް އަދި ފިންލަންޑުގެ ބޮޑުވަޒީރުން ބައްދަލުކުރައްވައިފި

ދެ ބޭފުޅުން ބައްދަލުކުރެއްވީ ޒުވާން އަންހެން ލީޑަރުންނަށް ވާތީ ނޫން ކަމަށް ދެބޭފުޅުން ވިދާޅުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 08:42
ޖެސިންދާ އާޑަން އަދި ސަނާ މެރިން

ޖެސިންދާ އާޑަން އަދި ސަނާ މެރިން

މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފިންލަންޑުގެ ބޮޑުވަޒީރު ސަނާ މެރިން ނިއުޒިލަންޑަށް ވަޑައިގެންފިއެވެ. މިއީ ފިންލަންޑުގެ ޕްރައިމް މިނިސްޓަރަކު ނިއުޒިލަންޑަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަމަށް ވެއެވެ.

ނިއުޒިލަންޑުގެ ވެރިރަށް އޯކްލަންޑަށް ވަޑައިގެންނެވުމަށް ފަހު ބޮޑުވަޒީރު ޖެސިންދާ އާޑަންއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ބޭފުޅުންވެސް ވަނީ، އެ ދެބޭފުޅުން ބައްދަލުކުރެއްވީ ޒުވާން އަންހެން ލީޑަރުންނަށް ވާތީތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަށް އެއީ ތެދެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ދެ ބޭފުޅުން ވެސް ވިދާޅުވީ ދެ ބޭފުޅުން ބައްދަލުކުރެއްވީ މަގާމުގެ ހައިސިއްޔަތުން ކަމަށާއި ފިރިހެން ދެ ލީޑަރުން ބައްދަލުކުރައްވާއިރު އެގޮތަށް ސުވާލު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. ދާދި އެއް އުމުރެއްގެ ދެބޭފުޅުން ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ނިއުޒިލަންޑުގެ ކުރީގެ ބޮޑުވަޒީރު ޖޯން ކޭ ބައްދަލުކުރެއްވި އިރު، އެކަން ހިނގީ ދެ ބޭފުޅުން އުމުރުގެ ގޮތުން ގާތްވީމަ ކަމަށް އެކަކުވެސް ސުވާލު ނުކުރާ ކަމަށް ޖެސިންދާ އާޑަން ވިދާޅުވި އެވެ.

އުމުރުފުޅުން 37 އަހަރުފުޅުގެ ސަނާ މެރިން އާއި އުމުރުފުޅުން 42 އަހަރުފުޅުގެ ޖެސިންދާ އާޑަން ބައްދަލްވެވަޑައިގެންނެވުމަށް ފަހު ވަނީ ބައިލެޓަރަލް ވާހަކަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން އިގްތިސާދީ ގޮތުންނާއި އެހެންވެސް ދާއިރާތަކުން ދެގައުމުގެ ދެމެދު އެއްބާރުލުން އިތުރު ކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝަވަރާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ މުދަލުގެ އަގުބޮޑުވަމުންދާ ދިއުންފަދަ މުހިންމު މައުލޫއު ތަކަށް ދެލީޑަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ތާއީދުކުރުން މަތީ ތިއްބަވާނެ ކަމަށް ދެ ލީޑަރުން ވެސް ވިދާޅުވެފައިވެއެވެ. އަދި އީރާނުގައި މިވަގުތު ކުރިޔަށްދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އީރާންގައި އަންހެނުންގެ ހައްގުތަކަށް ގޮވާލާ މުޒާހަރާ ކުރަމުންދާ ހިއްވަރުގަދަ އަންހެނުންގެ ހާލަތާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދެލީޑަރުން ވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ކަންކަމާ ގައުމުތަކުން ގުޅިގެން ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ލަގަބު ލިބިވަޑައިގެންފައިވާ ސަނާ މެރިން ފިންލަންޑުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފައިވަނީ 2019 ވަނަ އަހަރު އުމުރު ފުޅުން 34 އަހަރުފުޅުގައެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

މޯދީ އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

މޯދީ އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

28 ޖޫން 2019
އެމެރިކާ ސަފީރާއި އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި

އެމެރިކާ ސަފީރާއި އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި

09 ޖެނުއަރީ 2019
ޓްރަމްޕާއި ކިމް ބައްދަލުކުރައްވައިފި

ޓްރަމްޕާއި ކިމް ބައްދަލުކުރައްވައިފި

12 ޖޫން 2018
އުތުރު ކޮރެއާގެ މަންދޫބު ޕޮމްޕެއޯއާ ބައްދަލުކުރައްވައިފި

އުތުރު ކޮރެއާގެ މަންދޫބު ޕޮމްޕެއޯއާ ބައްދަލުކުރައްވައިފި

31 މެއި 2018
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރާއި ބައްދަލުކުރައްވައިފި

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރާއި ބައްދަލުކުރައްވައިފި

19 މެއި 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު