Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އޮސްޓްރޭލިޔާއަކީ ވަރަށް ރޭވުންތެރި ޓީމެއް، މެޗު ވަރަށް ވާން ވާނެ: ހުލްމަޑް

އޮސްޓްރޭލިޔާ ޓީމަކީ ރޭވުންތެރި ޓީމެއް، އެޓޭކް ކުރަނީ ވެސް އެކުގައި، ޑިފެންސް ކުރަނީ ވެސް އެކުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 02:34
ޑެންމާކުގެ ކޯޗު ހުލްމަޑް

ޑެންމާކުގެ ކޯޗު ހުލްމަޑް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ވަރަށް ރޭވުންތެރި ޓީމެއް ކަމަށް ޑެންމާކުގެ ކޯޗު ކެސްޕާ ހުލްމަޑް ބުނެފިއެވެ.

ހުލްމަޑް މިހެން ބުނީ އޮސްޓްރޭލިޔާ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. މި މެޗަށް ދެ ޓީމު ކުރިމަތިލާއިރު ދެ ޓީމަށް ވެސް ދެ ވަނަ ބުރުގެ ޖާގައެއް ހޯދެން އެބަ އޮތެވެ. ނަމަވެސް އެކަން ޔަގީން ވާނީ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ހުލްމަޑް ބުނީ، އޮސްޓްރޭލިޔާ ޓީމަކީ ކޮލެޓީ ސްކޮޑެއް އޮތް ޓީމެއް ކަމަށެވެ. އަދި އެ ޓީމުގައި ވަރަށް ވަރުގަދަ ރޫހެއް އޮންނަ މަންޒަރު ފެންނަ ކަަމަށާއި، ޓީމެއްގެ ގޮތުގައްޔާއި ވަކި ވަކި ކުޅުންތެރިންނަށް ބެލި ނަމަވެސް އެކަން ސާފުވާ ކަމަށެވެ. ހުލްމަޑް ބުނީ ޑެންމާކަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އޭނާ އަށް ފެނުނު ތަނުގައި ޓީމުގެ ކުޅުންތެރިން ވަރަށް ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. ހުލްމަޑް ބުނީ އޮސްޓްރޭލިޔާ ޓީމަކީ ރޭވުންތެރި ޓީމެއް ކަމަށާއި، އެ މީހުން އެޓޭކް ކުރަނީ ވެސް އެކުގައި ކަމަށާއި، ޑިފެންސް ކުރަނީ ވެސް އެކުގައި ކަމަށެވެ. އަދި ޑެންމާކުގައި ތިބި ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާ ހުރި ކުޅުންތެރިންނާއެކު އެ ކަންކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ހުލްމަޑް ބުނީ މީގެ ހަތަރު އަހަރު ކުރިން ވެސް ޑެންމާކުން އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުނު ކަމަށާއި، އެ މެޗު ވެސް ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށެވެ. އޭނާ ބުނީ އެ މެޗުގެ ނަތީޖާ އެއްވަރުވީ ނަމަވެސް މިފަހަރު ބޭނުންވަނީ ޑެންމާކު މޮޅުވާން ކަމަށެވެ. ނަމަވެސް ހުލްމަޑް ބުނީ އެމެޗާއި އެއް ގޮތަށް މިފަހަރުގެ މެޗު ވެސް ވަރަށް ވާދަވެރިވާނެ ކަމަށެވެ.

މީގެ އިތުރުން ހުލްމަޑް ބުނީ ކޮންމެ ގޮތެއް ވިޔަސް އުއްމީދުތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު އުއްމީދާ އެއް ގޮތަށް ކަންކަން ނުދާނެ ކަމަށެވެ. ހުލްމަޑު ބުނީ އެއީ ވަރަށް ޕްރެޝަރު ބޮޑު މެޗަކަށް ވާނެ ކަމަށެވެ. އަދި ކުރިން ވެސް ބުނެފައިވާ ގޮތަށް އެންމެން ގުޅިގެން އެކުގައ ކުރެވޭ މަސައްކަތުގެ ޕްރެޝަރު ނައްތާލެވޭނެ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ބަލަންވީ އެކަނި ކަންކަން ނުކުރުމަށެވެ.

މުބާރާތުގެ ގްރޫޕް ޑީ ގައި ޑެންމާކު އަދި އޮސްޓްރޭލިޔާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު