Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޑިކަލް ކޯރ

"ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް މެޑިކަލް ކޯރގެ ދައުރު ބޮޑު"

1991ގައި މި ޚިދުމަތް ފެށުނީ ކުޑަ ކްލިނިކެއްގެގޮތުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ނޮވެމްބަރު 2022 | ހޯމަ 11:07
ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ރައްޔިތުންނާ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާކަމާއެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ، އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ކޯރއަކީ މެޑިކަލް ކޯރ ކަމުގައި, ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 27 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަމާލް ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި ހަތް ކޯރ އެކުލެވިގެންވާއިރު، މެޑިކަލް ކޯރއަކީ އިސް ކޯރއެއްގެ ގޮތުގައި ސްޓޭޓަސް ދެވިފައިވާ ކޯރއެއް ކަމަށާއި، އެ ކޯރގެ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި އަބަދުމެ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ، 1991 ވަނަ އަހަރު އެ ކޯރގެ ޚިދުމަތްތައް ފެށުނީ ޔުނިޓެއްގެ ދަށުން، އާންމު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ކުޑަކުޑަ ކުލިނިކެއް ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު، ވަރަށް ވަރުގަދަ ކޯރއަކަށް އެ ކޯރ ވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރުންވެސް، ރަށްރަށުގައި މެޑިކަލް ކޭމްޕުތައް ބޭއްވުމަށް ދާދި ފަހުންވެސް ސެނަހިޔާގެ "ލަޝްކަރެއް" ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ރައްޔިތުންގެ ލޯބި އެޓީމުން ހޯދާފައިވާކަން ޗީފް އޮފް ޑިފެންސް ފޯރސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މެޑިކަލް ކޯރގެ ތަަސައްވުރަށް އަލިއަޅުއްވާލައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ސެނަހިޔާގެ މުސްތަގުބަލު ފެންނަމުން ދަނީ އުޖާލާކޮށް ކަމަށާއި، މެޑިކަލްގެ ހުރިހާ ދާއިރާއަކުން މީހުން ގުޅި، އެ ޚިދުމަތް ފުޅާކުރެވިގެން ދިޔުމަކީ މިއަދުގެ ލީޑަރޝިޕްގެ ސްޓްރެޓެޖިކް ވިޝަންއެއް، އަދި ސްޓްރެޓެޖިކް އޮބްޖެކްޓެއް ކަމުގައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު